ޓްރާންސްފާގެ ކަންކަމުގައި މެގުއާ އާއި ޔުނައިޓެޑްގެ ކޯޅުމެއް: ރިޕޯޓް

Aug 16, 2023, 6:39 AM
ޓްރާންސްފާގެ ކަންކަމުގައި މެގުއާ އާއި ޔުނައިޓެޑްގެ ކޯޅުމެއް: ރިޕޯޓް

ލަންޑަން (އޮގަސްޓް 16) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ، ވެސްޓް ހޭމް އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވި ނަމަވެސް، ފައިސާގެ ކަންތައްތަކެއް ހަމަނުޖެހޭތީ އެ ޑީލް ހުއްޓުމަކަށް އައިސްފި އެވެ.

ވެސްޓް ހޭމް އިން، މެގުއާ، 30، ގަންނަން ކުރި 28 މިލިއަން ޑޮލަރުގެ ބިޑް، ޔުނައިޓެޑުން އަނބުރާ ފޮނުވާލީ އެވެ. އޭގެ ފަހުން، ވެސްޓް ހޭމް އިން މި ހުށަހެޅީ މެގުއާ އާއި ޔުނައިޓެޑްގެ ސްކޮޓްލެންޑް މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ ގަންނަން އެކުގައި 77 މިލިއަން ޑޮލަަރެވެ. އެކަމަކު، އޭގެ ފަހުން، ޔުނައިޓެޑުން ވަނީ މެގުއާ 38 މިލިއަން ޑޮލަރުގެ ޑީލެއްގައި ދޫކޮށްލަން އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެ ޑީލް ވެސް ނުހިނގި އެވެ. އެއީ މެގުއާގެ ރުހުން ނުލިބޭތީ އެވެ.

Advertisement

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2019 ވަނަ އަހަރު ލެސްޓާ ސިޓީ އިން 93 މިލިއަން ޑޮލަރަށް، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ޔުނައިޓެޑާ ގުޅުނު މެގުއާ އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ. ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ވެސް ދާދި ފަހުން މެގުއާ އަތުން ވަނީ ނަަގައިފަ އެވެ. އެކަމާ މެގުއާ ވަނީ މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މެގުއާ، ޔުނައިޓެޑް ދޫކޮށްލަން ބޭނުންނުވަނީ ކޮންޓްރެކްޓްގައިވާ ބާކީ މުއްދަތަށް ދޭން އެއްބަސްވާ ފައިސާ އެއްކޮށް ދޭން ޔުނައިޓެޑުން ދެކޮޅު ހަދާތީ އެވެ. އެ ގޮތުން، ކޮންޓްރެކްޓްގައިވާ މާއްދާ އަކަށް ބަލައި، ޔުނައިޓެޑް ދޫކޮށްލަން މެގުއާ އެދެނީ ބަދަލެއްގެ ގޮތުގައި 19 މިލިއަން ޑޮލަރެވެ. އެކަމަކު، ޔުނައިޓެޑުން ދޭން އެއްބަސްވަނީ އަށް މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox