ބަދިގެއަށް ވަދެ ކައްކައިދީ، ހޮޓަލުން ކައިއުޅޭ "އާދައިގެ މައްދިވެހި" ރިޔާސީ ކެންޑިޑޭޓުން

- އާޓްވޯކް: މުހައްމަދު ރައްޔާނު / އަދަދު

- އާޓްވޯކް: މުހައްމަދު ރައްޔާނު / އަދަދު

ވަސާޗޭ އެންމެ ފަހުގެ ފޭރާން ތުރުކުރައްވައިގެން، އަތުކުރީގައި އޮތް ވިއްސަކަށްހާސް ޑޮލަރުގެ އަގުހުރި ހުބްލޯ ގަޑި ހެޔޮވަރު ކުރައްވަމުން، ރަށެއްގެ ބަދިގޭގައި ރިހާކުރު ބޯކުރުމުގެ މަސައްކަތުގައި ދޭފަތުގައި ހިއްޕަވައިގެން އެ ހުންނެވީ މިއަހަރުގެ ރިޔާސީ ކެންޑިޑޭޓެކެވެ. އެ މަސައްކަތަށް ފަހު ވަޑައިގަންނަވާނީ މެންދުރުގެ ފަރިއްކޮޅަށެވެ. ފަރީއްކުޅުއްވަނީ ހޮޓަލު ރިހައާއި ރޮށްޓެވެ. ވަރަށްވެސް އާދައިގެ، މައްދިވެހި ދިރިއުޅުމެވެ.

މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީއާއެކު 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ހަމައަށް އައިއިރު ދައުލަތުގެ އިސްވެރިންނަކީ އާންމު ދިވެހި މީހާއަށް ފެންނަ ބައެއް ނޫނެވެ. އެ މީހުން ފެންނާނީ ޓީވީތަކުންނެވެ. އިވޭނީ އެމީހުންގެ ހަބަރު ތަކެވެ. އެވެނި ތަނަކަށް ވަޑައިގެންފި ވާހަކަ އާއި މިވެނި އެއްޗެއް ވިދާޅުވި ވާހަކަ އެވެ. ދިވެހިން ކާން އަރައިއުޅޭ ހޮޓަލަކުން އެ ބޭފުޅުންނެއް ނުފެންނާނެ އެވެ. އަމުދުން ރަށެއްގެ ބަދިގޭގެ ފުށްޑަނުން އަރާ ދިލަ ހޫނުގެ ތެރޭގައި މެކިގެން އެއިން ބޭފުޅަކު ނުހުންނަވާނެ އެވެ.

އެކަން ބަދަލުކޮށްލެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް މައުމޫނާ ވާދަކުރެއްވި، ނަޝީދެވެ. އެމަނިކުފާނަކީ ހޮޓާތަކަށާއި, ހޮޅުއަށިތަކާއި ގޭގޭގެ ބަދިގެތަކަށް ފަރިތަ ބޭފުޅެކެވެ. ކެމްޕޭނަށް ވަޑައިގަންނަވާއިރު ބަނދަރުމަތި ކުނިކަހަން އޮއްވައި ފެންނަ މީހާގެ އަތުން އިލޮށިފަތި އަތުލައްވައި އެމަސައްކަތާ އުޅުއްވަފާނެ އެވެ. ބަށި ކުޅޭން ތިބޭ އަންހެންވެރިންގެ ތެރެއަށް ވަންނަވައި އެމީހުންނާއެކު ބަށި ކުޅުއްވާނެ އެވެ. ބަދިގޭގައި ކައްކަން ހުންނަ މީހާ އަތުން ދޭފަތް އަތުލައި އެކަމުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ވިދާޅުވެދެއްވާނީ އެބަޔަކު ކުރާ ކަމެއް އެބަޔަކާ އެކީ ކުރައްވަމުންނެވެ. ރައީސްކަމަށް އިންތިހާބުވި ފަހުންވެސް އުޅުއްވީ އެފަދަ ގޮތަކަށެވެ.

މިއީ އޭރު ދިވެހިންނަށް ވަރަށް ކަމުދިޔަ މަންޒަރަކަށްވި އެވެ. ސިޔާސީ ކަންކަމާ އުޅޭ މީހުންނަށްވެސް މިފާޑު މާބޮޑަށް ކަމުދިޔައީ އެވެ. އޭގެ ފަހުން، ރަށެއްގެ ކައުންސިލްއަކަށް ކުރިމަތިލާ މީހާއިން ފެށިގެން ރިޔާސީ ކެންޑިޑޭޓުންނާ ހަމައަށް އުޅުއްވާ ތަން ފެންނަނީ މިހެންނެވެ. އެކަމަކު އެހެން އުޅުއްވަނީ ވަކި އިރުވަރެއްގަ އެވެ. އިންތިހާބު ބޯމަތިވީމަ އެވެ.

ޒަމާނާއެކު ހޭލުންތެރިވަމުން އަންނަ ދިވެހިން ސިޔާސީންގެ މި އުކުޅުތަކަށް ދޭ ނަމަކީ ދެއްކުންތެރިކަމެވެ. އިންތިހާބު ބޯމަތިވުމުން ފެންނަ މަންޒަރުތަކަކީ މިބޭފުޅުންގެ އާންމު ދިރިއުޅުއްވުން ނޫންކަން ރައްޔިތުން ރަނގަޅަށް ދަނެ އެވެ. ވީއިރު މިއީ ވޯޓެއް އިތުރުވެދާނޭ އުކުޅެއްކަމަކަށް މިހާރަކު ނުވެ އެވެ. އެހެން އުޅުއްވާ ބޭފުޅުން އަދިވެސް އެ ތިއްބެވީ 2008 ގައި ތާށިވެފަ އެވެ. ދިވެހިންގެ ވިސްނުމާ އެއްގޮތަށް ކެންޑިޑޭޓުންގެ ކެމްޕޭނު އުކުޅުތައް ވެސް ބަދަލުވާންޖެހެ އެވެ.

ޕާކިސްތާނުގެ، މައުލާނާ ވަހީދުއްދީންޚާން ލިޔުއްވި 'ރާޒް-އޭ-ހަޔާތު' ކިޔާ ފޮތުގެ ދިވެހި ތަރުޖަމާ، 'ކާމިޔާބުގެ ސިއްރު' ފޮތުގައި، 'މި ފެންނަ ރީތި އަހުލާގު' މި ސުރުހީގެ ދަށުން، ހަގީގީ ތަހުޒީބާއި ދެއްކުންތެރި އަހުލާގުގެ މައްޗަށް އަލިއަޅުވާލައި ލިޔެފައި އޮވެ އެވެ.

"ރިވެތި އަހުލާގުގެ އެންމެ ބޮޑަށް އާންމުވެފައިވާ އެއް ވައްތަރަކީ ހުލްގު ނުބައިކަމުގެ ވެސް އެންމެ ނުބައި ވައްތަރެވެ. ރީތި އަހުލާގުގެ މި ވައްތަރު ފެންނާނީ 'ބޮޑެތި' މީހުންގެ ތެރެއިންނެވެ. އެބައި މީހުންނަށްވުރެ ކުދިވެގެން އެބައިމީހުންނާ ބައްދަލުކުރާ މީހުންގެ ކުރިމަތީގައި އެބައިމީހުން ތިބޭނީ ހުލްގުހެޔޮ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް މިކަމަކީ އަހުލާގާ ކުޑަވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. މިފަދަ ބޮޑުން 'ރީތި ހުލްގު' ދައްކަމުން އާދައިގެ މީހުންނާ ބައްދަލުކުރަނީ ތިމާމެންގެ ކިބުރުވެރި ނަފްސިއްޔާތަށް ކާނާ ލިބޭފަދަ ގޮތެއްގައި 'ކުދިމީހުން' އަމަލުކުރާތީ އެވެ. އަޑި ހޯދައިލުމުން އެނގެނީ އެބައިމީހުންގެ މި ހުރިހާވެސް ކަމަކީ ދެއްކުންތެރިކަން ކަމެވެ. ރީތި ހުލްގުތަކަކީ ކަންދެއްކުމުގެ އަހުލާގު ކަމެވެ."

ރިޔާސީ އިންތިހާބަށް ނުުކުންނަ މީހާއަކީ ރައްޔިތުންގެ ވާހަކަ އަޑުއަހާ މީހަކަށް ވުމަކީ ބޭނުންތެރިކަމެކެވެ. އެކަމަކު ރައްޔިތުންނާ 'ގާތުން މަސައްކަތްކުރުމަށް' ކެންޑިޑޭޓުން ދީގެން މިއުޅެނީ ރަނގަޅު މާނައެއް ނޫނެވެ. ގޭގޭގެ ބަދިގެއަށްވަދެ، ކައްކަން ހުންނަ މީހާއަށް އެހީތެރިވުމުގެ ނަމުގައި، ވަށައިގެން ކެމެރާ ބަހައްޓައިގެން ކުރައްވާ ކަމަކީ މަކާރިމުލްއަހުލާގު ކަމަށް ރައްޔިތަކު ނުދެކޭނެ އެވެ. އެއީ 'ކާމިޔާބުގެ ސިއްރު' ގައި އެ ބުނާ ދެއްކުންތެރި އަހުލާގެވެ.

ރިޔާސީ ކެމްޕޭނެއްގައި ރައްޔިތުން އަޑުއަހަން ބޭނުންވާނީ އިންތިހާބަށް ކުރިމަތިލާ މީހާ އިންތިހާބުވެއްޖެނަމަ ރައްޔިތުންނަށް ކޮށްދޭނޭ ކަމެއްގެ ވާހަކަ އެވެ. އޭނާގެ ތަސައްވުރުގެ ވާހަކަ އެވެ. ގައުމަށް ގެނެސްދޭނޭ ތަރައްގީއާއި، އަންނާނޭ ބަދަލުތަކުގެ ވާހަކަ އެވެ. އެކަމަކު، ސިޔާސީ ކަންކަމަކީ 'ޝޯ ބިޒް' އެކެވެ. ކޮންމެ ޕާޓީއަކުން ވެސް ނެރޭ 'ޕްރޮޑަކްޓް' ގެ އެންމެ މޮޅު ސިފަތައް ދެއްކުމަކީ މި ވިޔަފާރީގައި އިޝްތިހާރު ކުރާ ގޮތެވެ. ޕާޓީތަކަށް އޮޅިފައި އޮތީ، އޮޅުވާލުމަކީ ދެން ކުރެވޭނޭ ކަމެއް ނޫންކަމެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ތިބި އެއްވެސް ބޭފުޅަކީ އާދައިގެ ރައްޔިތެއް ނޫނެވެ. އެ ބޭފުޅުންގެ ކިބައިގައި، އެންމެ އާދައިގެ ރައްޔިތުންގެ އާދަތައް ހުރުމަކީ ރައްޔިތުން ލާޒިމުކުރާ ކަމެއް ވެސް ނޫނެވެ. ބަދިގެތަކާއި ހޮޓާތަކަށް ވަންނަވައި ތިޔަ ދައްކަވާ، އާދައިގެ މައްދިވެހިކަމުގެ ދެއްކުންތެރި ސިފަ ދޫކޮށްލައްވާށެވެ. އެއީ އިރުވަރަށް ހާއްސަ ސިފައެއްކަން ދިވެހިން ދަންނައިރު އެ ސަބަބަށްޓަކައި ލިބޭނޭ ވޯޓެއް ވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox