ޝަރުތު ހަމަވާ އެންމެނަށް ދޭން 9001 ގޯތި ދޫކުރަނީ

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް; ގޯއްޗަށް ޝަރުތު ހަމަވާ މާލެ މީހުންނަށް 9001 ގޯތި ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: އިޝާން

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް; ގޯއްޗަށް ޝަރުތު ހަމަވާ މާލެ މީހުންނަށް 9001 ގޯތި ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: އިޝާން

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޫކުރުމަށް ޓަކައި 9001 ގޯތި ދޫކުރަން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ކޮމިޓީން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި, ގޯއްޗަށް އެދި ޝަރުތު ހަމަވި މީހުންގެ ތެރެއިން 97 ޕަސަންޓު މީހުންނަށް 9001 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ކޮމިޓީން ބުނި ގޮތުގައި, ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރާއިރު އެ ލިސްޓުގައި ޖުމްލަ 19,639 މީހުން ގޯއްޗަށް ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 18,955 މީހުންނަށް މި ބުރުގައި ގޯތި ދޫކުރާނެ އެވެ.

ޝަރުތު ހަމަވާ, ނަމަވެސް މި ބުރުގައި ގޯތި ނުލިބޭ ތިބީ 684 މީހުންނެވެ. އެއީ, އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ, ކައިވެނި ނުކުރާ އަދި ދަރިއަކުވެސް ނެތް މީހުންނެވެ. އެ މީހުން ގޯއްޗަށް އެދި ހުށަހަޅާފައި ވެސް ވަނީ ސިންގަލް އެޕްލިކަންޓުންގެ ގޮތުގަ އެވެ.

ގެދޮރުވެރިޔާ ކޮމިޓީން ބުނާ ގޮތުގައި ފުރަތަމަ ބުރުގައި ދޫކުރާ 9001 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 5432 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ދޫކުރާ 2218 ގޯއްޗެވެ.

ގޯތީގެ ބޮޑުމިނާއި, ދޫކުރާ ތަންތަން:

  • 1250 އަކަފޫޓު - 3551 ގޯތި (ހުޅުމާލެ 250, ގުޅީފަޅު 260, ގިރާވަރު 3041)
  • 1650 އަކަފޫޓޫ - 2802 ގޯތި (ހުޅުމާލެ 340, ގުޅީފަޅު 558, ގިރާވަރުފަޅު 1904)
  • 2050 އަކަފޫޓު - 1547 ގޯތި (ހުޅުމާލެ 370, ގުޅީފަޅު 690, ގިރާވަރުފަޅު 487)
  • 2450 އަކަފޫޓު - 656 ގޯތި (ހުޅުމާލެ 180, ގުޅީފަޅު 476)
  • 2850 އަކަފޫޓު - 254 ގޯތި (ހުޅުމާލެ 100, ގުޅީފަޅު 154)
  • 3250 އަކަފޫޓު - 109 ގޯތި (ހުޅުމާލެ 60, ގުޅީފަޅު 49)
  • 3650 އަކަފޫޓު - 53 ގޯތި (ހުޅުމާލެ 31, ގުޅީފަޅު 22)
  • 4000 އަކަފޫޓު - 29 ގޯތި (ހުޅުމާލެ 20, ގުޅީފަޅު 9)

1250 އަކަފޫޓުގެ 3551 ގޯއްޗަކީ, ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. 1650 އަކަފޫޓުގެ 2802 ގޯއްޗަކީ, ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ.

4000 އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރާއިރު, ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުން އޮންނާނީ އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކަމަށް ގެދޮރުވެރިޔާ ކޮމިޓީން ބުންޏެވެ. އެ ކޮމިޓީގެ ޗެއާ, އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި މިހިނގާ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ހުރިހާ ފަރާތްތަކަށް ގޯތި ދޫކޮށް ނިމޭނެ އެވެ.

"ދައުލަތުން ނިންމަވާ ކަމެއް [ގޯތި ދިނުން] ސަރުކާރު ބަދަލުވިޔަސް އެކަމަށް ބަދަލެއް އަންނާނެހެން ހިއެއް ނުވޭ. އަޅުގަނޑުމެން މި ދެނީ ރަޖިސްޓްރީއާއެކު ޕްލޮޓު ކަނޑައަޅާފައި. އޭގައި ގާނޫނާ ހިލާފު ކަމެއް ނެތް،" އަކްރަމް ވިދާޅުވި އެވެ.

ގޯތި ދޫކުރަން ފެށި ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތައް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެ އެވެ. ނަމަވެސް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ނޮވެމްބަރު 11 ގެ ކުރިން ގޯތި ދޭނެ ކަމަށާއި އެ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުން ހުށަހެޅި އިރު ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ގޯތި ލިބޭ މީހުންގެ ތެރޭގައި 18،955 މީހުން ހިމެނެ އެވެ. މިބުރުގައި ގޯތި ނުލިބޭ ތިބީ 684 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox