މަޝްހޫރު ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރު އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފި

އެސްޓީއޯ އިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު ރާއްޖެ ތާރަފްކުރުން--- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު ރާއްޖެ ތާރަފްކުރުން--- ފޮޓޯ: އެސްޓީއޯ

ސިއްހީދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ޖަޕާނުގެ އެއްވަނަ ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރާއި ޖީ ފައިވް މޮނިޓަރު އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ކްރޮސް ރޯޑްސްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީއެވެ. އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި، ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރު ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގެންނެވިއެވެ.

އެސް
އެސް

އެސްޓީއޯ އިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރު ރާއްޖެ ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ އަދި އެސްޓީއޯގެ އެމްޑީ، އަބްދުﷲ ސައީދު --- ފޮޓޯ: އެސްޓީއޯ

ނިހޯން ކޯޑެން ގެ ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ ޑިޕާޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ. އެގޮތުން އެސްޓީއޯއިން މިރޭ ތާރަފްކުރި ވެންޓިލޭޓަރަކީ އެކި އުމުރުފުރައިގެ ނިއޯނޭޓަލް ޕޭޝަންޓުން ވެންޓިލޭޓް ކުރުމަށް ސިއްހީ ހިދުމަތްދޭ މީހުން ބޭނުންވާ ހުރިހާ ގާބިލުކަމެއް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ވެންޓިލޭޓަރެކެވެ. އިންވޭސިވް އަދި ނޮން-އިންވޭސިވް ވެންޓިލޭޝަން އާއި ހައި ފްލޯ އޮކްސިޖަން ތެރަޕީގެ މެދުގައި މެދުކެނޑުމެއް ނެތި ބަދަލު ގެނައުމުގެ ގާބިލުކަން ލިބިފައިވާ މި ވެންޓިލޭޓަރުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންގެ ވޯކްފްލޯ އަވަސްވެ ބަލިމީހާ އަށް ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އެހީތެރިވެދެ އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖެއަށް އަލަށް ތައާރަފް ކުރި މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރ އާއި ޖީ ފައިވް މޮނިޓަރުގެ ފީޗާސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox