ހުޅުމާލޭގައި ފްލެޓު އަޅަން 15 ކުންފުންޏަކާ އެކީ ސޮއިކޮށްފި

ފްލެޓު ތަރައްގީކުރަން ސޮއިކުރި ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ އާއި ޑިވެލޮޕަރުން ފޮޓޮއަކަށް ހުއްޓިލައިގެން: ހުޅުމާލެ ފޭސް އެކަކާއި ދޭއްގެ 16 ބިމެއްގައި އިމާރާތްތައް ތަރައްގީކުރާނެ -- ފޮޓޯ/އާބަންކޯ

ފްލެޓު ތަރައްގީކުރަން ސޮއިކުރި ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ އާއި ޑިވެލޮޕަރުން ފޮޓޮއަކަށް ހުއްޓިލައިގެން: ހުޅުމާލެ ފޭސް އެކަކާއި ދޭއްގެ 16 ބިމެއްގައި އިމާރާތްތައް ތަރައްގީކުރާނެ -- ފޮޓޯ/އާބަންކޯ

ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ފްލެޓު ތަރައްގީކުރަން 15 ކުންފުންޏަކާ އެކީ އާބަންކޯއިން އިއްޔެ ސޮއިކޮށްފި އެވެ.

އާބަންކޯއިން މި ކުންފުނިތަކާ އެކީ ސޮއިކުރީ ދެ ވައްތަރެއްގެ ފްލެޓެއް އިމާރާތްކުރާށެވެ. އެއީ ކޮމާޝަލް ޔުނިޓުތައް ހިމެނޭ މިކްސްޑް ރެސިޑެންޝަލް ހަ އިމާރާތާއި ހަމައެކަނި މީހުން ދިރިއުޅޭ އެޕާޓްމަންޓުތައް ހުންނަ ޕިޔޯ ރެސިޑެންޝަލް 10 އިމާރާތެވެ.

އެގޮތުން މިކްސްޑް ރެސިޑެންޝަލް އިމާރާތްތައް އަޅަން ހަވާލުކުރި ކުންފުނިތަކަކީ:

Advertisement
  • އެފްޑަބްލިޔު ކޮންސްޓްރަކްޝަން
  • ކަނޑޫފާ ޕްރައިވެޓް ލިމިޓެޑް
  • ރެއިންބޯ ކޮންސްޓްރަކްޝަން
  • ރެނާޓަސް ޕްރޮޖެކްޓްސް
  • ސިންހާލް އިންޖިނިއަރިން

ޕިޔޯ ރެސިޑެންޝަލް އިމާރާތްތައް އަޅަން ހަވާލުކުރި ކުންފުނިތަކަކީ:

  • އަލާފް
  • އެންޓްރެކް ހޯލްޑިން
  • ބިގްހެޓް ލޮޖިސްޓިކްސް
  • ބިލްޓް ސްޕޭސަސް
  • އިޕޮކް އެސޯސިއޭޓްސް
  • ގްލޯރިއަސް ރެސިޑަންސް
  • އައިވްސް
  • ވެލިގާ ހާޑްވެއާ
  • ބްލޫ ސްޕޭން
  • ބިލްޑްއަޕް އިންޓަނޭޝަނަލް

މި އިމާރާތްތަކުގެ 60 ޕަސެންޓު ޔުނިޓުތައް ވިއްކަން ޖެހެނީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކުގަ އެވެ. އެއީ ދެ ކޮޓަރި އެޕާޓްމަންޓުތައް 1.5 މިލިއަން ރުފިޔާއަށް އަދި ތިން ކޮޓަރި އެޕާޓްމަންޓުތައް 2.5 މިލިއަން ރުފިޔާއަށެވެ.

މިކްސްޑް ރެސިޑެންޝަލް އިމާރާތްތައް

  • އިމާރާތް ކުރަނީ ފޭސް އެކެއްގައި
  • ބިންތަކުގެ ބޮޑުމިން 24,449-34،543 އަކަފޫޓާ ދެމެދު
  • އުސްމިނުގައި 14 ފަންގިފިލާ

ޕިޔޯ ރެސިޑެންޝަލް އިމާރާތްތައް

  • އިމާރާތް ކުރަނީ ފޭސް އެކަކާއި ދޭއްގައި
  • ބިންތަކުގެ ބޮޑުމިން 1،657-3،838 އަކަފޫޓާ ދެމެދު
  • އުސްމިނުގައި އަށް ފަންގިފިލާ

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox