ގިނަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކާއެކު ސިމްޑީގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި ފިހާރައިން ލިބެން ހުންނާނެ--- ފޮޓޯ:ސިމްޑީ

ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި ފިހާރައިން ލިބެން ހުންނާނެ--- ފޮޓޯ:ސިމްޑީ

ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ފިހާރައެއް އެ ކުންފުނިން ހުޅުމާލޭގައި ހުޅުވައިފި އެވެ.

"ސިމްޑީ ރެކްރިއާ" ނަމުގައި ހުޅުވި އެ ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅުމަގު ހަތްތަރި މާޓް ކައިރީގަ އެވެ. އެ ފިހާރަ ރޭ ހުޅުއްވައިދެއްވީ ސިމްޑީ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު ޔޫޝައު ހަސަން އެވެ.

ސިމްޑީން މައުލޫމާތު ބުނީ އެ ފިހާރަ ހުޅުވުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެކުންފުނީގެ ގިނަ ޕްރޮޑަކްޓުތަކެއް އެއް ތަނަކުން ފަސޭހައިން ގަނެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.

Advertisement

އެގޮތުން ދެ ފަންގިފިލައަށް ހުންނަ އެ ފިހާރައިން ޝޭމްޕޫ އާއި ޝަވާ ޖެލް ފަދަ ޕާސަނަލް ކެއާގެ އައިޓަމްތަކާއި އެކި ވައްތަރުގެ ބޭބީ ޕްރޮޑަކްޓްތުތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ދުނާރު ރައިސް، ނޫރު ސަންފްލާވާ އޮއިލް، ބޮން ކެފޭގެ އެކިވައްތަރުގެ ބުއިންތަކާއި މޮނިން ބްރޭންޑުގެ ސިރަޕާ ޑިލްމާ ބްރޭންޑުގެ ސައިފަތް ލިބެން އެބަ ހުއްޓެވެ.

ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި ފިހާރައިން ލިބެން ހުންނާނެ--- ފޮޓޯ:ސިމްޑީ
ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި ފިހާރައިން ލިބެން ހުންނާނެ--- ފޮޓޯ:ސިމްޑީ

ސިމްޑީން ވިއްކާ ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މި ފިހާރައިން ލިބެން ހުންނާނެ--- ފޮޓޯ:ސިމްޑީ

އޭގެ އިތުރުން، އެކުންފުނިން ވިއްކާ އިލެކްޓްރޯނިކްސް ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ޖޭބީއެލް ސްޕީކަރުތަކާއި ކެނޮން ޕްރިންޓަރާއި އިލޮކްޓްރޯލަކްސް ބްރޭންޑުގެ ދޮންނަ މެޝިނާއި އިސްތިރި އަދި އައިސް އަލަމާރި އާއި އިލީ ބްރޭންޑުގެ ކޮފީ މެޝިންތަކާއި ކެޕްސޫލް ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ.

އެ ފިހާރަ ހުޅުވުން ފާހަގަކުރުމުގެ ގޮތުން ސިމްޑީން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް އެ ފިހާރައިން ވިޔަފާރިކުރާ ހުރިހާ އެންމެންނަށް ބައިވެރިވެވޭ ހާއްސަ ލަކީޑްރޯއެއް ކުރިއަށްގެންދާއިރު ލަކީޑްރޯގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 3000ރ. ގެ އޮންލައިން ގިފްޓް ވައުޗާ އެއް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި މި ލަކީޑްރޯއިން ދެވަނަ އަށް ހޮވޭ ފަރާތައް 1500ރ. ގެ ގިފްޓް ވައުޗާ އެއް ލިބޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް 500ރ. ގެ ސިމްޑީ އޮންލައިން ގިފްޓް ވައުޗާ އެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގިފްޓް ވައުޗަރުތައް ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް ލިބެން ހުންނަ ކޮންމެ ޕްރޮޑަކްޓަކަށް ރިޑީމް ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox