ފުރަތަމަ މެޗުގައި އަންހެން ވޮލީ ޓީމު ލަންކާ އަތުން ބަލިވެއްޖެ

Aug 12, 2023, 1:47 PM
ލަންކާ ޓީމުގެ ތިލިނީ (ވ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަންކާ ޓީމުގެ ތިލިނީ (ވ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ރާއްޖޭގެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މަހު 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ތެެރެއިން ފުރަތަމަ މެޗުގައި ގައުމީ އަންހެން ޓީމު ލަންކާ އަތުން ބަލިވެއްޖެ އެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުން ލަންކާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ލަންކާ އިން ސެޓުތައް ގެންދިޔައީ 25-19، 25-18 އަދި 25-17 އިންނެވެ.

ފުރަތަަމަ ސެޓު ފަށައިގެން ލަންކާ އިން ލީޑުނަގައިގެން ކުޅެމުން ދިޔަ ނަމަވެސް ރާއްޖޭން ކުޅުން ރަނގަޅުކޮށް ލަންކާ އަށް ފައިޓެއް ދެވޭތޯ މަސައްކަތް ކުރި އެވެ. މެދުކެނޑުމަކަށް ފަހު، ގައުމީ ވޮލީ ޓީމަށް މި ފަހަރު އައިމިނަތު އަރީޝާ ވެސް އަންނަނީ ކުޅެމުންނެވެ. އަރީޝާ އާއި ހައްވާ ރާޝިދާ (ހައްވަ) އަދި ޝަހާ ޝާމިން ކުރި އެޓޭކްތަކާ އެކު ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖޭން ފަރަގު ކުޑަކުރި އެވެ.

ރާއްޖެ ޓީމުގެ ހައްވަ (ކ) ޝޮޓެއް ފޮނުވާލަނީ: މި މެޗުގައި ލަންކާ އިން ވަނީ ރާއްޖޭގެ ގިނަ އެޓޭކްތަކެއް ބްލޮކްކޮށްފައި.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖެ އަށް ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް މި ސެޓުގެ ފަހުކޮޅުގައި ދެއްކި ރަނގަޅުކުޅުން ދެ ވަނަ ސެޓު ފެށިގެން ތަކުރާރުކުރި އެވެ. އެގޮތުން ރާއްޖެ، 0-3 އިން ލީޑު ވެސް ކުރި އެވެ. އެކަމަކު، މެޗުގެ ސްކޯ، 4-5 އިން ރާއްޖެ ކުރީގައި އޮއްވައި، ޓީމުގެ ސެންޓަ ކުޅުންތެރިޔާ، ނަރީމާ އިދުރީސް (ނަންނި)ގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން އޭގެ ސަބަބުން ޓީމަށް އަސަރުކޮށް، ކުރިން ދައްކަމުން އައި ކުޅުން ނުދެއްކި ލަންކާ ކޮޅަށް ނަތީޖާ އެނބުރުނީ އެވެ. ލަންކާ އިން ލީޑުގައި އޮވެ، ސެޓު ނިންމާލީ އެވެ.

ލަންކާ އިން ތިން ވަނަ ސެޓުގައި ރަނގަޅު ރޫހެއްގައި ކުޅެ، މާ ބޮޑު ޕްރެޝަރެއް ނެތި، މި ސެޓު ގެންގޮސްގެން މެޗުން މޮޅުވީ އެވެ. ލަންކާ ޓީމަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ ރާއްޖޭގެ އެކި ޓީމުތަކަށް ކުޅެފައިވާ ތިލިނީ އެވެ.

ލަންކާ އާއި ރާއްޖޭގެ ފްރެންޑްލީ ވޮލީ ސީރީސްގައި މިރޭ 20:30 ގައި ގައުމީ ފިރިހެން ވޮލީ ޓީމުން ލަންކާއާ ބައްދަލުކުރާނެ އެވެ.

މީގެ ކުރިން ވެސް ދެ ފަަހަރެއްގެ މަތިން ލަންކާ ޓީމު ވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާ އެކު މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން، 2019 ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިންނާއި 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox