ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ސިއަރާ ބްރޭންޑްގެ "ޝަވާޔާ މެރިނޭޓެޑް ޗިކަން" އަކީ އިތުރު މެރިނޭޝަންއެއް ބޭނުންނުވާ، ޕެކެޓްއިން ނަގާގޮތަށް ލައިގެން ފަސޭހައިން ފިހެލެވޭ ކުކުޅެކެވެ.
ހެޕީ މާކެޓުން ވަނީ މި އުފެއްދުމުގެ އައު ރަހައެއް ނުވަތަ ފްލޭވާއެއް ތައާރަފުކޮށްފަ އެވެ. އެގޮތުން "ސިއަރާ ޝަވާޔާ ހޮޓް ކަރީ ފްލޭވާ" ގެ މެރިނޭޓެޑް ޗިކަންގެ ލިބެން ހުރި ސައިޒް އަކީ 1،100 ގުރާމެވެ.
ސިއަރާ މެރިނޭޓެޑް ޗިކަން ތައްޔާރުކުރާ ގޮތް
އަވަން ގައި ފިހާ ނަމަ:
- ކުކުޅު ޕެކެޓްއިން ނަގާގޮތަށް ފޮއިލްއަށްލާފައި ބޭކިން ޓްރޭއަކަށްލުމަށްފަހު، 180 ޑިގްރީ ސެލްސިއަސްގައި ޕްރީ ހީޓް ކޮށްފައިވާ އަވަނެއްގައި، އެއް ގަޑި އިރާއި 45 މިނެޓް ފިހެލާށެވެ.
- ފޮއިލް އިން ނެގުމަށްފަހު އަވަންގައި އިތުރު 45 މިނެޓް ވަންދެން ނުވަތަ ކުކުޅުގެ ބޭރަށް މުށި ކުލަ އަރަންދެން ފިހެލާށެވެ.
- ފިނިކަން ކަނޑުވާފައިވާ މެރިނޭޓެޑް ޗިކަން ބޭނުންކުރާނަމަ، 200 ޑިގްރީ ސެލްސިއަސްގައި ޕްރީ ހީޓް ކޮށްފައިވާ އަވަން އެއްގައި، އެއް ގަޑިއިރާއި 30 މިނެޓް ވަންދެން ފިހެލާށެވެ.
އެއާ ފްރަޔާ ބޭނުންކުރާނަމަ:
- މެރިނޭޓެޑް ޗިކަން އެއާ ފްރަޔާގައި ތައްޔާރުކުރާނަމަ، ކުކުޅު ޕެކެޓްއިން ނަގާގޮތަށް 140 ޑިގްރީ ސެލްސިއަސްގައި ޕްރީ ހީޓްކުރެވިފައިވާ އެއާ ފްރަޔާއަކަށް ޗިކަން ބްރެސްޓް ފަޅި އަޑިއަށްވާގޮތަށް ލުމަށްފަހު 45 މިނެޓް ވަންދެން ފިހެލާށެވެ.
- ދެން ކުކުޅު އަނެއް ފުށަށްޖަހާފައި އިތުރު 45 މިނެޓް ފިހެލާށެވެ.
- އެއަށްފަހު އެއަރ ފްރަޔާތެރޭގައި ޖަމާވެފައިވާ ދިޔަތައް އުކާލާފައި ކުކުޅުގެ ދެފަޅީގައި ޅިޔަ އަޅާފައި އިތުރު ފަސް މިނެޓް ނުވަތަ 10 މިނެޓް ފިހެލާށެވެ.
- ފިނިކަން ކަނޑުވާފައިވާ މެރިނޭޓެޑް ޗިކަން ބޭނުންކުރާ ނަމަ، 140 ޑިގްރީ ސެލްސިއަސްގައި 30 މިނެޓް ވަންދެން ކޮންމެ ފަޅިއެއް ފިހެލާށެވެ.
އަވަން ނުވަތަ އެއާ ފްރަޔާ ނެތްނަމަ، ބޮޑު ތެއްޔެއްގެ ތެރެއަށް ކުކުޅު ލާފައި މަތިޖަހައިގެން އުނދުން މަތީގައި މަޑުގިނީގައި ފިހެލެވޭނެ އެވެ. މި ކުކުޅު ފްރައިޑް ރައިސް ނުވަތަ ގާލިކް ރައިސް، ފަރާޓާ އަދި ރޮއްޓާއި އެއްކޮށް ވެސް ކެވޭނެ އެވެ.
މިއީ ހުކުރު ދުވަސް ފަދަ ހާއްސަ ކެއުންތައް ތައްޔާރު ކުރާ ދުވަސްތަކުގައި ނުވަތަ ކުކުޅެއް ފިހެލައިގެން ކާން ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ، ދިވެހިންނަށް ކަމުދާނެ ރަހަތަކެއްގެ މެރިނޭޓެޑް ކުކުޅެއް ކަމުގެ ޔަގީންކަން ހެޕީ މާކެޓުން ދެ އެވެ.
ސިއަރާ މެރިނޭޓެޑް ޗިކަން ހެޕީމާކެޓްގެ މާލެ، ހުޅުމާލެ، ވިލިމާލޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ.











