މި ތަރުކާރީތަކާ ދުރުވެވޭކަށް ނެތެންނު

Nov 29, 2025, 1:09 PM
ބޮނޑިކޮޕީ އާއިލާގެ ބައެއް ތަރުކާރީ، މި ބާވަތުގެ ތެރޭގައި ކޮޕީފަތް ވެސް ހިމެނޭ

ބޮނޑިކޮޕީ އާއިލާގެ ބައެއް ތަރުކާރީ، މި ބާވަތުގެ ތެރޭގައި ކޮޕީފަތް ވެސް ހިމެނޭ

ލޭގެ ޕްރެޝަރު މަތިވުމަކީ އިންސާނާގެ މުޅި ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ. އެކަމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ. އެހެންކަމުން، ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ކޮންޓްރޯލް ކުރަންޖެހެއެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގައި ސައެންސްވެރިން ބުނެފައިވަނީ ތަރުކާރީގެ ތަފާތު ބާވަތްތައް ކެއުމުން ލޭގެ ޕްރެޝަރަށް ބަދަލު އަންނަ މިންވަރު ތަފާތު ކަމަށެވެ. އެގޮތުން މި ދިރާސާގައި ސައެންސްވެރިން ވަނީ ތިން ގިންތިއެއްގެ ތަރުކާރީ ބޭނުންކޮށްފައެވެ. އެއީ ފަލަމަޑީގެ (އަޑިއަށް ފައިބާ، ކައްޓަލަ، ދަނޑިއަލުވި ފަދަ....) އާއި ބޮނޑިކޮޕީ އާއިލާގެ ތަރުކާރީ އާއި ގަހުގައި އަޅާ ތަރުކާރީގެ (ބަރަބޯ، ކިޔުކަމްބާ، އަލުވި ފަދަ.....) ބާވަތްތަކެވެ.

އޮސްޓްރޭލިޔާގައި ހެދި މި ދިރާސާގައި ބައިވެރިކުރީ، އުމުރުން 56 އަހަރާއި 72 އަހަރާ ދެމެދުގެ 18 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޭގެ ޕްރެޝަރު އާދައިގެ ވަރަކަށް ދަށުގައި ހުންނަ މީހުންނާއި މެދުމިނުގައި ހުންނަ މީހުންނެވެ. މި މީހުންގެ ޑަޔަސްޓޮލިކް ޕްރެޝަރު (ހިތުގެ ދެވިންދު ދެމެދުގައި އަންނަ ހުސް ހިނދުކޮޅުގައި ލޭގެ ޕްރެޝަރު ހުންނަ މިންވަރު) ހުރީ އެވްރެޖްކޮށް 76.4 އެމްއެމްއެޗްޖީ ގައެވެ. މި މީހުންގެ ސިސްޓޮލިކް ޕްރެޝަރު (ހިތުން ލޭ ޕަމްޕު ކުރާއިރު ލޭ ހޮޅިތަކުގައި ހުންނަ ލޭގެ ޕްރެޝަރު) ހުރީ އެވްރެޖްކޮށް 135.9 އެމްއެމްއެޗްޖީ ގައެވެ.

Advertisement

މި 18 މީހުން ތިން ބަޔަށް ބަހާލައި ދެ ހަފުތާގެ މުއްދަތަށް ތަރުކާރީގެ ބާވަތްތައް ކާންދިނެވެ. ފުރަތަމަ ދެ ހަފުތާ ހަމަވުމުން، ދެ ހަފުތާގެ މެދުކެނޑުމަކަށް ފަހުގައި އިތުރު ދެ ހަފުތާގެ މުއްދަތަށް ތަރުކާރީ ކާންދިނެވެ. ފުރަތަމަ ގުރޫޕަށް ދިނީ ފަލަމަޑީގެ ތެރޭގައި ހިމެނޭ ތަރުކާރީ އެވެ. ދެ ވަނަ ގުރޫޕުގެ މީހުންނަށް ދިނީ އާންމު ތަރުކާރީއެވެ. އަދި ތިން ވަނަ ގުރޫޕުގެ މީހުންނަށް ދިނީ ބޮނޑިކޮޕީ އާއިލާގެ ތަރުކާރީއެވެ. އޭގެ ތެރޭގައި ބްރޮކޮލީ، ކޮލީފްލާވާ އަދި ކޮޕީފަތް ހިމެނެއެވެ.

މި މީހުން މި ތަރުކާރީ ބޭނުންކުރަނީ ސޫޕުގެ ގޮތުގައި ތައްޔާރުކޮށް، މެންދުރުގެ ކެއުމުގަޔާއި ރޭގަނޑުގެ ކެއުމުގައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ 72 އިންސައްތަ މީހުން، އެމީހަކަށް ހާއްސަކޮށްފައި ހުންނަ ސޫޕުތަށި ކޮންމެ ވަގުތަކު ވެސް ހުސްކުރެއެވެ. ދެ ހަފުތާގެ އަޖުމަބެލުމުގެ މުއްދަތަށް ފަހުގައި، މި 18 މީހުންގެ ލޭގެ ޕްރެޝަރު ބެލުމުން، އެމީހުންގެ ލޭގެ ޕްރެޝަރަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކުރެވުނެވެ.

ނަމަވެސް މި ތިން ގުރޫޕުގެ ތެރެއިން، ހަމައެކަނި ބޮނޑިކޮޕީ އާއިލާގެ ތަރުކާރީ ކެއި މީހުންގެ ސިސްޓޮލިކް ޕްރެޝަރު، ދުވާލުގެ ވަގުތުގައި އެކަށީގެންވާ މިންވަރަކަށް ދަށްވިކަން ފާހަގަކުރެވުނެވެ. ނަމަވެސް، ރޭގަނޑުގެ ވަގުތުގައި އެމީހުންގެ ސިސްޓޮލިކް ޕްރެޝަރަށް މާ ބޮޑު އެދެވޭ ބަދަލެއް ނާދެއެވެ.

މީގެ އިތުރުން މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، މި ތިން ގުރޫޕުގެ މީހުންގެ ވެސް ބަރުދަން ލުއިވި ކަމެވެ. ލޭގެ ޕްރެޝަރު މަތީގައި ހުންނަ މީހުން، ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް އެމީހުންގެ ލޭގެ ޕްރެޝަރު ދަށްވީ، އެމީހުންގެ ބަރުދަން ލުއިވުމުން ކަމަށް ސައެންސްވެރިން ނުދެކެއެވެ.

މި ނަތީޖާއަށް ބަލައި، ދިރާސާގެ ސައެންސްވެރިން ދެކޭ ގޮތުގައި ބޮނޑިކޮޕީ އާއިލާގެ ތަރުކާރީގެ ބާވަތްތައް ގަވާއިދުން ކެއުމަކީ، ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ފަދަ، ހިތުގެ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ނުރައްކާ ފަސް ޕަސެންޓް ކުޑަކޮށްދޭނެ ކަމެކެވެ. މިހާރުގެ އާދަ ހުރި ގޮތަށް ބަލާއިރު، ބޮނޑިކޮޕީ އާއިލާގެ ތަރުކާރީގެ ބާވަތްތައް އާންމު ގޮތެއްގައި ބޭނުންކުރަނީ، އެހެން ބާވަތްތަކުގެ ތަރުކާރީއާ އެކުގައި ވަރަށް މަދު ނިސްބަތަކުންނެވެ.

އެހެންކަމުން، އާންމުކޮށް ކެއުމުގައި މި ބާވަތުގެ ތަރުކާރީ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ، ހިތުގެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި މުހިންމު ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox