ނެދަލެންޑްސް ކަޓުވާލައި، ސްޕެއިން ސެމީ އަށް

Aug 11, 2023, 6:07 AM
ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައިދިން ސަލްމާ އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައިދިން ސަލްމާ އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

ވެލިންޓަން، ނިއު ޒީލެންޑް (އޮގަސްޓް 11) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު ކުޅުނު މެޗުން ނެދަލެންޑްސް އަތުން 2-1 އިން މޮޅުވެ، ސްޕެއިނުން ސެމީގެ ފުރަތަމަ ޖާގަ ޔަގީންކޮށްފި އެވެ.

މިއީ ވިމެންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީގައި ސްޕެއިން ކުޅޭނެ ޓީމެއް އެނގޭނީ މިއަދު ޖަޕާނާއި ސްވިޑެން ބައްދަލުކުރާ މެޗުންނެވެ. މިއީ، ވޭތުވެދިޔަ 26 އަހަރު ތެރޭ ސްޕެއިނުން ބޮޑު މުބާރާތެއްގެ ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ވެލިންޓަން ރީޖަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ބޮޑުބައިގައި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ފެނިފައިނުވެ އެވެ. މި މެޗުގައި ލީޑުނެގި ގޯލު ސްޕެއިނުން ޖެހީ 81 ވަަނަ މިނިޓްގަ އެވެ. މަރިއޯނާ ކަލްޑެންޓޭ ވަނީ ސްޕެއިނަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިފަ އެވެ. މިއީ ނެދަލެންޑްސްގެ ސްޓެފަނީ ވެން ޑާ ގްރާޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ސްޕެއިން މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ނެދަލެންޑްސްގެ ވެން ޑާ ގްރާޓް ވަނީ ގޯލެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ 19 އަހަރުގެ ސަލްމާ ޕަރަލުއޭލޯ އެވެ. ސަލްމާ މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭނާ އަކީ ވޯލްޑް ކަޕެއްގައި ސްޕެއިނަށް ގޯލެއް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox