ސްވިޑެން ކަޓުވާލައި ސްޕެއިން ފައިނަލަށް

Aug 15, 2023, 1:28 PM
ސްޕެއިންގެ ކެޕްޓަން އޯލްގާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ކެޕްޓަން އޯލްގާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ

އޯކްލޭންޑް، ނިއު ޒީލެންޑް (އޮގަސްޓް 15) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ސްވިޑެން އަތުން 2-1 އިން މޮޅުވެ، ސްޕެއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މިއީ ސްޕެއިނުން ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ސްވިޑެން މި ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބަލިވެފަ އެވެ. ޖުމްލަ އެކު، ފީފާ ވިމެންސް ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގެ ސެމީގައި ސްވިޑެން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން، ފްރާންސްގައި 2019 ވަނަ އަހަރު ބޭއްވި ވިމެންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ސްވިޑެން ބަލިވީ ނެދަލެންޑްސް އަތުންނެވެ.

އެޑެން ޕާކުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގެ ބޮޑުބައި ދިޔައީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ. އެ ގޮތުން، ސްޕެއިން އިން ލީޑުނެގީ 19 އަހަރުގެ ސަލްމާ ޕަރަލުއޭލޯ، މެޗުގެ 81 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. ސަލްމާ ވަނީ ކުއާޓާ ފައިނަލުގައި ބަދަލަކަށް ކުޅެން އަރައި، ނެދަލެންޑްސް އަތުން ސްޕެއިން މޮޅުކޮށްދިން ގޯލު ވެސް ޖަހައިފަ އެވެ.

ސްވިޑެން އިން ކުޅުން ރަނގަޅުކޮށް މެޗުގެ 88 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމުގެ ގޯލު ޖަހައިދިނީ ރެބޭކާ ބްލޮމްކްވިސްޓް އެވެ. އޭނާ، ސްވިޑެން އަށް އެއްވަރުކޮށްދިންތާ 93 ސިކުންތަށް ފަހު، ސްޕެއިން މޮޅުވި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، އޯލްގާ ކަރްމޯނާ އެެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ސްޕެއިން ވާދަކުރަންް ޖެހޭ ޓީމެއް އެނގޭނީ މާދަމާ އޮސްޓްރޭލިއާ އާއި އިންގްލެންޑް ކުޅޭ ދެ ވަަނަ ސެމީ ފައިނަލް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox