އަޅުގަނޑުމެންގެ ނުރުހުމެއް ނެތް، ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔާނަން: މާރިޔާ

ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - އަދަދު ފައިލް ފޮޓޯ

ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - އަދަދު ފައިލް ފޮޓޯ

އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދި މީހުންނާ މެދު އެއްވެސް ނުރުމެއް ނެތް ކަމަށާއި އެމްޑީޕީއާއެކު އަލުން މަސައްކަތް ކުރަން އަންނަން ތިބެފި ނަމަ މަރުހަބާ ކިޔާނެ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ޕާޓީން ބަޔަކު ކެނޑިގެން ޑިމޮކްރެޓްސް އުފެއްދި ނަމަވެސް އެމްޑީޕީން ވަކިވި މެމްބަރުންގެ އަދަދު މާ ބޮޑު ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ފާހަގައެއް ނުވޭ އެމްޑީޕީން މާ ބައިވަރު ބަޔަކު ކެނޑިގެން ދިޔަ ކަމަކަށް، އަޅުގަނޑުމެން ގަބޫލުކުރަނީ އެމްޑީޕީ މި އޮތީ ހަމަ [ކުރިއެކޭ އެއް ގޮތަށް] އެކަތިގަނޑެއްހެން، އެމްޑީޕީ ނަގާނެ ހަމަ ބޮޑު ތަނުން، މި އިންތިހާބު،" މި ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ވެސް ހުންނެވި މާރިޔާ ވިދާޅުވި އެވެ.

Advertisement

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ގޮސްފި ނަމަ، ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއަށް ވޯޓު ދޭން ފަދަ ހާލަތެއް ވެސް އައިސްދާނެ ކަމަކަށް، ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ފަހުން ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ އެ ވާހަކައާ ގުޅޭ ގޮތުން "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ފުރަތަމަ ވެސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީއަށް ގުޅޭން ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ.

"ދެ ވަނަ ބުރު ކީއްކުރަންތޯ، ފުރަތަމަ ބުރު ވެސް، ހުރިހާ ބޭފުޅުން ހަމަ ވަޑައިގަންނަވަންވީ، އަޅުގަނޑުމެން ރުޅި އައިސްގެނެއް ނޫން އެއްވެސް ބަޔަކު ދުރަށް ޖެހިފައި ވަނީ ވެސް، އަޅުގަނޑުމެންގެ ތެރެއަށް އައިމަ އެއީ ދެން ހަމަ ސީދާ އެމްޑީޕީ ބޭފުޅުން،" މާރިޔާ ވިދާޅުވި އެވެ.

އެއް އަތޮޅެއްގެ އެތައް ރަށެއްގައި، ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ކެމްޕެއިން ކުރެއްވުމަށް ފަހު ޏ. ފުވައްމުލައް ސިޓީގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ނަޝީދު ވާހަކަ ދެއްކެވީ ދެވަނަ ބުރަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓަށް ނުދެވިދާނެ ހާލަތަކަށް ވިސްނާވަޑައިގެންނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ކިބައިން އެމަނިކުފާނު ނުސީދާ ގޮތެއްގައި އެދިވަޑައިގެންނެވީ ދެ ވަނަ ބުރެއްގައި ޑިމޮކްރެޓުން، އެ ކޯލިޝަނަށް ވޯޓް ދޭ ފަދަ ކެންޑިޑޭޓަކު ނެރުމަށެވެ. އެ ކޯލިޝަނުގެ ކެންޑިޑޭޓަކު ދެވަނަ ބުރުގައި އޮންނަ ވަރަށް ވޯޓު އަޅަން އެދިވަޑައިގެންނެވުން ކަމަށް ވެސް އެ ވާހަކަފުޅު ބައެއް މީހުން ތަރުޖަމާ ކުރެ އެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެމްބަރުންގެ ގާތުގައި އިހުލާސްތެރިކަމާ އެކުގައި ދަންނަވަން އޮތް ނުކުތާއެއް އެބަ އޮތް. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި،" ނަޝީދު ވިދާޅުވި އެވެ.

ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ފަހުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާން ފެށި އެވެ. ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށީ، ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވި މެންބަރުން އެމްޑީޕީން ވަކިކުރަން އުޅުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox