ސައުދީ އަރަބިއްޔާގައި ކުޅިވަރުގެ ބޮޑު އިވެންޓްތައް ބާއްވަން ބޮޑު ފަންޑެއް

Aug 10, 2023, 6:29 AM
ޕީއައިއެފްގެ ޗެއާމަން، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.

ޕީއައިއެފްގެ ޗެއާމަން، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.

ރިޔާދު، ސައުދީ އަރަބިއްޔާ (އޮގަސްޓް 10) - ސައުދީ އަރަބިއްޔާގައި ކުޅިވަރުގެ ބޮޑު އިވެންޓްތައް ބާއްވަން ބޮޑު ފަންޑެއް އެކުލަވާލައި، ވިޝަން 2030 އަށް އަމާޒުހިފަފާފައިވާ ކަންކަން ކުރުމަށް ކުޅިވަރުގެ ތެރެއިން ހަރަދުކުރުމުގެ ޕްލޭނެއް ހަދައިފި އެވެ.

އެ ގޮތުން، އަލަށް އެކުލަވާލި ފަންޑް ހިންގަން، ވުޖޫދުކުރި އާ ސްޕޯޓްސް އިންވެސްޓްމަންޓް ކުންފުންޏަކީ، އެސްއާރްޖޭ ސްޕޯޓްސް އިންވެސްޓްމަންޓް އެވެ. އެސްއާރްޖޭ ސްޕޯޓްސް އިންވެސްޓްމަންޓް އަށް ފަންޑު ފޯރުކޮށްދޭނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) މެދުވެރިކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް ހިންގަމުން އަންނަނީ ވެސް ޕީއައިއެފް މެދުވެރިކޮށް، ފައިސާ ހޯދާ ކުންފުންޏަކުންނެވެ.

ޕީއައިއެފް އަކީ ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ވެލްތު ފަންޑް އެވެ. އެ ގޮތުން އެ ފަންޑުގައި ޖުމްލަ އެކު، މިދިޔަ އަހަރުގެ ނިޔަލަށް، 595 ބިލިއަން ޑޮލަރެވެ.

ޕީއައިއެފްގެ ޗެއާމަން، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ދާދި ފަހުން ވިދާޅުވީ، އެސްއާރްޖޭއާ އެކު، ކުޅިވަރުގައި ސައުދީގެ ނަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެސްއާރްޖޭ މެދުވެރިކޮށް، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކަށް ވަނީ ކުޅުންތެރިން ގަންނަން ފަންޑް ދޭން ފަށައިފަ އެވެ.

އެ ގޮތުން، 2030ގެ ނިިޔަލަށް ސައުދީ ލީގު ދުނިޔޭގެ އެންމެ ނަން ހިނގާ ލީގަށް ހެދުމުގެ ގޮތުން، ފުރަތަމަ މަރުހަލާގެ ތިން އަހަރުގެ ޕްލޭންގެ ތެރެއިން ކްލަބްތަކަށް 20 ބިލިއަން ޑޮލަރު އެކިއެކި ކަންކަމަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

ފުޓްބޯޅަ ލީގު ވަރުގަދަ ކުރުމުގެ އިތުރުން، ދެން އެސްއާރްޖޭ އިން އަމާޒުހިފާފައިވަނީ ބޮޑެތި ކުޅިވަރު އިވެންޓްތައް ސައުދީގައި ހޯސްޓް ކުރުމަށެވެ. ފޯމިއުލާ ވަން ގްރޯން ޕްރީ އާއި ޓެނިހުގެ އޭޓީޕީ އާއި ޑަބްލިއުޓީއޭގެ މުބާރާތްތަކުގެ އިތުރުން، އެހެނިހެން ކުޅިވަރުތަކުގެ ބޮޑު މުބާރާތްތައް ވެސް ސައުދީ އަށް ގެނައުމުގެ މަސައްކަތް ކުރަން އެސްއާރްޖޭގެ ޕްލޭނުގައި އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox