ނަޝީދު ތަސައްވުރު ކުރެއްވީ ޑިމޮކްރެޓުން އެހެން ޕާޓީއަކަށް ވޯޓު ދޭ ދެވަނަ ބުރެއް

Aug 9, 2023, 7:31 AM
ަރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާ ސަލާމްކުރައްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު

ަރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާ ސަލާމްކުރައްވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަަދަދު

"އަދި ތަންކޮޅެއް އަވަސް ސެޕްޓެމްބަރު ނުވައެއް ގެ ސީދާ ނަތީޖާ ދަންނަވަން. އެހެން ނަމަވެސް އިލްޔާސް ލަބީބު ދެވަނަ ބުރަކަށް ނުދާނެ ހަމަ އެއްވެސް ގޮތެއް އަޅުގަނޑަކަށެއް ނުފެނޭ. ހަަމަ އެއް ގޮތެއް ވެސް އަޅުގަނޑަކަށް ނުފެނޭ،" ޖުލައި 23 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އޭރު އެމަނިކުފާނުގެ ތަސައްވުރަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އޮތުމާއި އެ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވާދަކުރެއްވުމެވެ. އެންމެ ބޮޑު ސަބަބަކަށް ދެއްކެވީ އިލްޔާސްގެ ޒުވާން ކަމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދޮށިކަމެވެ.

އެ ތަސައްވުރާ އެކު އެތައް އަތޮޅެއްގެ އެތައް ރަށެއްގައި ކެމްޕޭން ކުރެއްވުމަށް ފަހު ފުވައްމުލަކަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި އެހެން ނަމަވެސް އެމަނިކުފާނު ކުރެއްސެވީ މުޅިން އެހެން ތަސައްވުރެކެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ކިބައިން އެމަނިކުފާނު ނުސީދާ ގޮތެއްގައި އެދިވަޑައިގެންނެވީ ދެވަނަ ބުރެއްގައި ޑިމޮކްރެޓުން، އެ ކޯލިޝަނަށް ވޯޓް ދޭ ފަދަ ކެންޑިޑޭޓަކު ނެރުމަށެވެ. އެ ކޯލިޝަނުގެ ކެންޑިޑޭޓަކު ދެވަނަ ބުރުގައި އޮންނަ ވަރަށް ވޯޓު އަޅަން އެދިވަޑައިގެންނެވުން ކަމަށް ވެސް އެ ވާހަކަފުޅު ތަރުޖަމާ ވެ އެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެމްބަރުންގެ ގާތުގައި އިހުލާސްތެރިކަމާ އެކުގައި ދަންނަވަން އޮތް ނުކުތާއެއް އެބަ އޮތް. ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓުދޭން ޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި،" ނަޝީދު ވިދާޅުވި އެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނެ ގޮތް އެއަށް ވުރެ އަދި ސާފުކޮށް ތަސައްވުރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބުރުގައި ތިއްބަވާނެ ކެންޑިޑޭޓުން ކަނޑައެޅޭނީ ޕީޕީއެމްގެ މެމްބަރުން ވޯޓު ދޭ ގޮތެއްގެ މައްޗަށެވެ.

"ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓު ލާން ޖެހޭ ގޮތަކަށް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެެމްއަށް އެކަން އެހެން ކޮށްދެވެން އެބަ އޮތް،" ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމަށް ތައުރީފު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ މެމްބަރުން ގިނައީ އެ ޕާޓީގެ ކަމަށެވެ. ޖުމްލަކޮށް އެމަނިކުފާނު ކުރެއްސެވި ތަސައްވުރުގައި ދަ ޑިމޮކްރެޓްސް އަކީ ދެވަނަ ބުރަކަށް ނުގޮސް، ކޮންމެވެސް އެހެން ޕާޓީއަކަށް ވޯޓު ދޭނެ ބައެކެވެ. އަދި, އެއީ ދެވަަނަ ބުރަށް ވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ގޮތުން، އެމްޑީޕީއަށް ވެސް ވޯޓު ދީފާނެ ބައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox