ވެސްޓް ހޭމް އިން 77 މިލިއަން ޑޮލަރަށް މެގުއާ އާއި މެކްޓޮމިނޭ ގަންނަން ހުށަހަޅައިފި

Aug 8, 2023, 8:38 AM
ވެސްޓް ހޭމް އިން 77 މިލިއަން ޑޮލަރަށް މެގުއާ އާއި މެކްޓޮމިނޭ ގަންނަން ހުށަހަޅައިފި

ލަންޑަން (އޮގަސްޓް 8) - ވެސްޓް ހޭމް އިން 77 މިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު، ހެރީ މެގުއާ އާއި ސްކޮޓްލެންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ގަންނަން ހުށަހަޅައިފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސްޓް ހޭމް އިން، މެގުއާ، 30، ގަންނަން ކުރި 28 މިލިއަން ޑޮލަރުގެ ބިޑް، ޔުނައިޓެޑުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. މި ފަހަރު ވެސްޓް ހޭމް އިން މި ވަނީ މެގުއާ އާއި މެކްޓޮމިނޭ ގަންނަން އެކުގައި 77 މިލިއަން ޑޮލަަރު ހުށަހަޅައިފަ އެވެ.

ޔުނައިޓެޑުން ވެސްޓް ހޭމްގެ މި ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އާ ސީޒަނަށް ޔުނައިޓެޑަށް އިތުރު ކުޅުންތެރިން ގަނެވެން އޮތީ ބައެއް ކުޅުންތެރިން ވިއްކައިގެންނެވެ. އެ ގޮތުން، މެގުއާ އާއި މެކްޓޮމިނޭ އަކީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ޕްލޭނުގެ މާ ބޮޑު ހިއްސާއެއް އޮތް ދެ ކުޅުންތެރިން ކަމަށްނުވާތީ، އެ ކުޅުންތެރިން ރުހޭނަމަ ވެސްޓް ހޭމް އަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވެސްޓް ހޭމް އަކީ މި ފަހަރުގެ ޓްރާންސްފާގައި އަދި ކުޅުންތެރިއަކު ސޮއިނުކޮށް އޮތް ހަމައެކަނި ކްލަބް އެވެ. ވެސްޓް ހޭމްގެ ކެޕްޓަން، ޑެކްލަން ރައިސް ވަނީ 138 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކޮށްފަ އެވެ.

ވެސްޓް ހޭމް އިން އަންނަނީ އަޔަކްސް އަށް ކުޅެމުން އަންނަ މެކްސިކޯގެ މިޑްފީލްޑަރު އެޑްސަން އަލްވަރޭޒް ގަންނަން މަޝްވަރާ ކުރަމުންނެވެ. އަލްވަރޭޒް ގަންނަން 35 މިލިއަން ޑޮލަރު ދޭން ވެސްޓް ހޭމް އިން އޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox