15،000 އަށް ވުރެ ގިނަ މީހުން ފްލެޓަށް ޝަރުތުހަމަވޭ

ހުޅުމާލޭގައި މިސަރުކާރުން އަޅާ ފްލެޓް އިމާރާތެއް. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި މިސަރުކާރުން އަޅާ ފްލެޓް އިމާރާތެއް. ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓް ލިބުމަށް 15،000 އަށް ވުރެ ގިނަ މީހުން ޝަރުތުހަމަވާ ކަމަށް ޕްލޭނިން މިނިސްޓްރީން އާންމުކުރި ވަގުތީ ލިސްޓުން ދައްކައިފި އެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދޭން ނިންމައި، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ސަރުކާރުން ގެޒެޓުކުރީ މިއަދު އެވެ. އެ ލިސްޓްގައިވާ ގޮތުން، ފްލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެ އެވެ.

އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބުމަށް ޝަރުތުހަމަވާ 4،319 މީހުން އަދި ތިން ކޮޓަރީގެ ފްލެޓް ލިބުމަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެ އެވެ. ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރޭގައި ޖޮއިންޓްކޮށް އެއް ފެލެޓެއް ލިބޭ މީހުން ވެސް ހިމެނެ އެވެ.

Advertisement

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ކުރިއަށް ދަނީ އެފްޑީސީއާ ގުޅިގެން އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އަދި އެންބީސީސީ އާ ހަވާލުކޮށްގެން އަޅާ 4،000 ފްލެޓްގެ މަސައްކަތެވެ. ދެ ކުންފުނިން ވެސް އަޅަނީ 16 ޓަވަރުގެ ޖުމްލަ 2000 ހައުސިން ޔުނިޓެވެ. މި ޔުނިޓުތަކުގެ ކޮންކްރީޓު މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

އިތުރު 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއެކު ސޮއިކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.

މީގެ އިތުރުން ހުޅުމާލޭގައި އިތުރު 3،000 ފްލެޓް އެޅުމަށް ނެގޯޝިއޭޓް ކުރަމުން އަންނަކަމަށް ޕެލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު 'އަދަދު' އަށް ވިދާޅުވި އެވެ.

"މިހާރު އިތުރު 4،000 ފްލެޓް އަޅަން އެވަނީ ސޮއި ކުރެވިފަ. އަދި 3،000 ފްލެޓް އަޅަން މިހާރު ނެގޯޝިއޭޓް ކުރަމުން މިދަނީ. އެހެންވީމަ ޝަރުތުހަމަވާ އެންމެނަށް ފްލެޓް ލިބޭނެ،" އަކްރަމް ފާހަގަކުރެއްވި އެވެ.

ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޯގަސްޓު، 22 އާ ހަމަ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox