އިންގްލެންޑާއި އޮސްޓްރޭލިއާ ވެސް ކުއާޓާ އަށް

Aug 7, 2023, 12:57 PM
އިންގްލެންޑްގެ ލޯރެން ޖޭމްސް (ކ) އަލޯޒީ ގައި މައްޗަށް ފައިން އަރައިގެން: ލޯރެން އަށް ވަނީ ރަތް ކާޑެއް ދައްކާފައި.

އިންގްލެންޑްގެ ލޯރެން ޖޭމްސް (ކ) އަލޯޒީ ގައި މައްޗަށް ފައިން އަރައިގެން: ލޯރެން އަށް ވަނީ ރަތް ކާޑެއް ދައްކާފައި.

ސިޑްނީ، އޮސްޓްރޭލިއާ (އޮގަސްޓް 7) - މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑާއި އޮސްޓްރޭލިއާ އިން ފުރުސަތު ހޯދައިފި އެވެ.

އިންގްލެންޑުން ޕެނަލްޓީ ޖަހައިގެން 4-2 އިން ނައިޖީރިއާ ބަލިކުރިއިރު، މި ފަހަރުގެ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ އިން ވަނީ ރަނގަޅު ކުޅުމަކާ އެކު، 2-0 އިން ޑެންމާކުގެ މައްޗަށް ކުރިހޯދައިފަ އެވެ.

ގަދަ 16 ބުރުގައި އިންގްލެންޑުން ކުޅުނު މެޗުގައި އެ ޓީމުން މެޗުގެ ޕްރެޝަރު ވަގުތުތަކުގައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 87 ވަނަ މިނިޓްގައި އިންގްލެންޑްގެ ލޯރެން ޖޭމްސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ރީސް ޖޭމްސްގެ ކޮއްކޮ، ލޯރެން އަށް ރަތް ކާޑު ދެއްކީ ނައިޖީރިއާގެ މިޝޭލޭ އަލޯޒީ ފައި މައްޗަށް ފައިން އެރުމުންނެވެ. ފުރަތަމަ ލޯރެން އަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބަލާފައި ނިންމީ ރަތް ކާޑެއް ދެއްކުމަށެވެ.

ޕެނަލްޓީގައި އިންގްލެންޑުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ޖޯޖިއާ ސްޓޭންވޭ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަކު، ދެން އެ ޓީމުން ޕެނަލްޓީ ޖެހި ބެތަނީ އިންގްލެންޑް، ރޭޗަލް ޑޭލީ، އަލެކްސް ގްރީންވުޑް އަދި ކްލޯއި ކެލީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ނައިޖީރިއާގެ އުގޯޒީ އުޕަރަނޯޗީ އާއި އަލޯޒީ ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، ރަޝީދަތު އަޖްބާދު އާއި ކްރިސްޓީ އުޗެއިބޭ ޖެހި ޕެނަލްޓީ ވަނީ ކާމިޔާކޮށްފަ އެވެ.

އޮސްޓްރޭލިއާ އިން ޑެންމާކް ބަލިކުރިއިރު، އެ ޓީމުން ގޯލުތައް ޖެހީ ކެއިޓްލިން ފޫޑް އާއި ހޭލީ ރަސޯ އެވެ. އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ގެއްލުނު އޮސްޓްރޭލިއާގެ ތަރި ސޭމް ކާ ވަނީ މި މެޗުގައި ބަދަލަކަށް ކުޅެން ނުކުމެފަ އެވެ.

ކުއާޓާ ފައިނަލްގެ މެޗުތަކަށް ބަލާއިރު، ސްޕެއިން ކުޅެން ޖެހޭނީ ނެދަލެންޑްސްއާ އެވެ. ޖަޕާން ބައްދަލުކުރާނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، އެމެރިކާ ކަޓުވާލި ސްވިޑެންއާ އެވެ. އޮސްޓްރޭލިއާ އާއި އިންގްލެންޑް ކުއާޓާގައި ކުޅޭ ޓީމުތައް އެނގޭނީ ގަދަ 16 ބުރުގެ ފަހު މެޗުތަކަށް ފަހު އެވެ. ފަހު މެޗުތަކަކީ ފްރާންސާއި މޮރޮކޯ ކުޅޭ މެޗާއި ކޮލަމްބިއާ އާއި ޖެމެއިކާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox