ތިމާގެ ވޯޓު ދޭނީ މީހަކަށްތަ، ޕާޓީއަކަށްތަ، ސިޔާސަތަކަށްތަ؟

ތިމާގެ ވޯޓު ދޭނީ މީހަކަށްތަ، ޕާޓީއަކަށްތަ، ސިޔާސަތަކަށްތަ؟

ރިޔާސީ އިންތިޚާބު މި ވަނީ ބޯމަތިވެފަ އެވެ. ޕާޓީތަކުގެ ނަމުގައްޔާއި މިނިވަނުންގެ ގޮތުގައި ރެކޯޑު ޢަދަދެއްގެ ކެންޑިޑޭޓުން މި ވަނީ ރިޔާސީ އިންތިޚާބަށް ނަން ހުށަހަޅާފަ އެވެ. ތަރުތީބު އަދި ސާފު ނުވިޔަސް ވޯޓު ކަރުދާހުގައި ހުންނާނީ ކޮން ނަންތަކެއް ކަމާއި، ކޮން ޕާޓީތަކެއްގެ ލޯގޯތަކެއްކަން މިހާރު މި ވަނީ ސާފުވެފަ އެވެ. ހޫނުގަދަ ބަޙުޘްތަކާއި، ޝަރުއީ މަރުޙަލާތަކާއި، އިއްތިޙާދީ އެއްބަސްވުންތަކާއި، އަދި ކިއެއްތަ ބައިބައިވުންތަކުގެ ތެރެއިން، އަހަރެމެން ވެރިއަކު އިޚްތިޔާރު ކުރަންވީ، ކޮންކޮން ބައެއްގެ ތެރެއިންކަން ސާފުވެއްޖެ އެވެ. މިހާ ހިސާބުން ފެންމަތިވަނީ މުހިންމު ސުވާލެކެވެ. ތިމާގެ ވޯޓު ދޭނީ މީހަކަށްތޯ، ޕާޓީއަކަށްތޯ ނުވަތަ ފިކުރަކަށްތޯ ކުރެވޭ ސުވާލެވެ.

ވޯޓުލުމުގައި އިސްކުރަންވީ ސްޓްރެޓަޖީއެއްތަ؟

ވޯޓުލުމުގެ މަޤްޞަދުކަމުގައި ބެލެވިފައި މި އޮންނަނީ، ތިމާ ޤަބޫލުކުރާ އުޞޫލުތަކެއް އިސްކުރާ ކެންޑިޑޭޓަކަށް ތިމާ ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ތިމާގެ ވޯޓު އޭނާއަށް ދިނުމުގެ މުހިންމު ކަމެވެ. އެއީ އޭނާއަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ކިތައްމެ ހަނިކަމުގައިވާ ވިޔަސް ވެހެވެ. އެހެންނަމަވެސް، މި ނޫން ގޮތެއްވެސް އެބައޮތެވެ. އެއީ ސްޓްރެޓަޖީއެއް ބޭނުންކުރުމެވެ. ތިމާ އެންމެ ތާއީދުކުރާ ފިކުރު އިސްކުރާ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުކުރެވޭނެކަމަށް ޤަބޫލުނުކުރެވޭނަމަ، ހޮވެން ބޭނުންނުވާ ކެންޑިޑޭޓު ނުހޮވޭނެކަން ޔަޤީންކުރުމަށް، ތިމާ ތާއީދުނުކުރާ، އެހެންނަމަވެސް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު އޮތް އެހެން ކެންޑިޑޭޓަކަށް ތިމާގެ ވޯޓު ދިނުމެވެ.

މި ދެގޮތުން ކުރެ ތާއީދުކުރާ ފިކުރަށް ވޯޓު ދިނުމަކީ ފައްސި ވިސްނުމެއްކަމަށް ބެލެވިދާނެ އެވެ. އަދި މީހަކު ހޮވުނަނުދިނުމަށް އެހެން މީހަކަށް ވޯޓުލުމަކީ ނައްސި ވިސްނުމެއްކަމަށް ބެލެވިދާނެ އެވެ. އެހެންނަމަވެސް، ޙާލަތަށް ރިޢާޔަތްކޮށް މި ގޮތަށް ވިސްނައިގެން، "ގޯސް މީހަކު" އިންތިޚާބުވުމަށްވުރެ، "އެންމެ ގޯސްކަން ކުޑަ" މީހަކު އިންތިޚާބުވުން ރަނގަޅު ކަމުގައި ދެކި، ޢާއްމު ތާއީދުނެތް "ތިމާގެ ކެންޑިޑޭޓު" ދޫކޮށްލުމަކީ ނަތީޖާ ނެރެފައިވާ އުކުޅެކެވެ.

Advertisement

ބަލަންވީ މީހާއަށްތަ، ޕާޓީއަށްތަ، ގެންގުޅޭ ފިކުރަށްތަ؟

މި ހުރިހާ ކަންކަމަކީވެސް އިޚުލާސްތެރިކަމާއެކު ވޯޓުލުމުގައި މިނެކިރަންޖެހޭ ކަންކަމެވެ. ފުރަތަމަ މީހާގެ ވާހަކަ ދައްކަމާހެއްޔެވެ. އެ މީހާއަކީ، މިނިވަނެއްނަމަ، އޭނާ އަކީ ޤައުމުގައި އޮތް ޕާޓީ ނިޒާމުގެ ތެރޭ ބަސްބުނެވޭ ވަރުގެ ޝަޚުޞިއްޔަތެއްތޯ ވިސްނާލާށެވެ.

ޕާޓީއެއްގެ ލީޑަރެއްނަމަ އޭނާ އަކީ އެ ޕާޓީގެ ވިޕް ކޮންޓްރޯލް ކުރެވޭވަރަށް ޕާޓީގައި ތާއީދު އޮތް މީހެއްތޯ ވިސްނާލާށެވެ. އެ މީހާ ޙަޤީޤަތުގައިވެސް ރަމްޒުކުރަނީ ޕާޓީގެ މަސްލަޙަތުތޯ، ނުވަތަ އޭނާގެ ޒާތީ މަސްލަހަތުތޯ ވަޒަންކޮށްލާށެވެ. އޭނާއަކީ އޭނާގެ ޕާޓީގެ މެންބަރުން ޤަދަރުކުރާ މީހެއްތޯ ޔަޤީންކުރާށެވެ. އޭނާގެ ފަތިފުށް ހޯދައި ދެނެގަންނާށެވެ. އޭނާގެ ދުލުން ބޭރުވާ ލަފުޒުތަކަކީ ކިހާ ބުރަދަނެއް ހުރި ލަފުޒުތަކެއްތޯ ޔަޤީންކުރާށެވެ. އޭނާގެ ޒާތީ ފިކުރާއި ޕާޓީގެ ފިކުރާ ދެމެދު ހުރި އެއްގޮތް ކަންކަމާއި ފުށުއެރުންތަކާއި ތަފާތުތައް ދެނެ ވަޒަންކުރާށެވެ.

އޭނާއަކީ ޤައުމުގެ ހުންގާނުގައި ހިފަން ކުފޫ ހަމަވާ މީހެއްތޯ ބަލާށެވެ. ބަލަންވީ ނަސަބުފަތެއް ނޫނެވެ. ނެޕޮޓިޒަމް ތިޔާގި ސިޔާސީ މައިދާނުގައި، ވަކި މީހެއްގެ ދަރިއަކަށް ނުވަތަ އަޚަކަށް ނުވަތަ އުޚުތަކަށް ވީތީ، އޭނާއަކީ ޤައުމުގެ ވެރިކަމުގެ ވާރިސެއް ކަމުގައި ނުދެކޭށެވެ. އެ ކަންކަން އެއްފަރާތްކޮށް، އޭނާގެ ކިބައިގައި ހުރި ޢިލްމަކާއި، ހިލްމަކާއި، އަމާނާތްތެރިކަމާއި، ނަޒާހާތްތެރިކަމާއި، ހިތްވަރާއި އިޚުލާސްތެރިކަމާއި މި ނޫންވެސް ސިފަތަކަށް ބިނާކޮށް، އޭނާގެ ފެންވަރު ތިމާ އަމިއްލައަށް ކަނޑައަޅާށެވެ.

މެނިފެސްޓޯތައް ކޮބާ؟

2023 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފެށެން ކުޑަކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ފިކުރަކަށް ތާއީދު ހޯދުމުގެ މަޤްޞަދުގައި އިންތިޚާބީ މެނިފެސްޓޯއެއް ދައްކާފައިވަނީ ކިތައް ޕާޓީން ހެއްޔެވެ؟ ނުވަތަ ކިތައް މިނިވަނުން ހެއްޔެވެ؟ ރައްޔިތުންގެ ވޯޓުތައް ބިނާ ކުރަންވީ ހަމައެކަނި "ޕޯޑިއަމް ވަޢުދު"ގެ މައްޗަށް ހެއްޔެވެ؟ ކުރިއަށް އޮތް ފަސް އަހަރު ޤައުމު ގެންދާނޭ މިސްރާބު ރައްޔިތުން ކުރަންވީ އަންދާޒާ ހެއްޔެވެ؟ ޕާޓީއެއްނަމަ، ރިޔާސީ ރޭސް ކާމިޔާބުކުރުމަށްފަހު އެޖެންޑާގައި ހުރި ކަންކަން ފުރިހަމަކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތު ހޯދުމަށް ކުރަން ނިންމާފައިވާ ކަންތައްތަކެއް އެބަހުރިހެއްޔެވެ؟ ލޯކަލް ގަވަނަންސަށް އޮތީ ކޮން ރޭވުމެއްހެއްޔެވެ؟

މިހާލަތުގައި ފިކުރަކަށް ތާއީދުކޮށްގެން ވޯޓުލުން ވެގެންދާނީ ހަމައެކަނި ޕާޓީގެ އަސާސީ ސިޔާސަތުތަކަށް ތާއީދުކޮށްގެން ވޯޓުލުމަށް ނޫންތޯއެވެ؟ ކުރިއަށްއޮތް ފަސް އަހަރަށް ކުރާ ތަޞައްވަރާއި، އެ ތަޞައްވަރު ކުލަކުރާނޭ ހަރުދަނާ ރޭވުންތަކާއި ބައްޓަންކުރާނޭ ސިޔާސަތުތައް ނޭނގި، ފިކުރަކަށް ކުރާ ތާއީދު، އެންމެ އިޚުލާސްތެރިކަމާއެކު ވޯޓުކަރުދާހަށް ތިރިކުރެވޭނޭބާވައެވެ؟

ދެނޯ؟

ދެން އޮންނާނީ ވޯޓުލާމީހާގެ ޒިންމާ، އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ. އިސްވެ މަޝްވަރާކުރި ހުރިހާ ނުކުތާތަކާމެދު ފިކުރު ކުރާށެވެ. ވޯޓުގައި ތިމާގެ އަޑުއިއްވާނީ ކޮން ގޮތަކަށްތޯ ނިންމާށެވެ. ވަގުތު މިއޮތީ ކުޑަތަންވެފައެވެ. ތިމާގެ ވޯޓަކީ ވިއްކާ މުދަލަކަށް ނުހަދާށެވެ. އެއީ ތިމާގެ ޑިމޮކްރެޓިކް ޒިންމާކަމުގައި ދެކޭށެވެ. ތިމާ ޖަހާ ފާހަގަ އަކީ ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ވެރިިޔާ ޖަވާބުދާރީކުރުވާނޭ ޙައްޤު ތިމާއަށް ހޯދައިދޭ ފަހުމުނާމާ ކަމުގައި ހަދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox