ސިޓީ ބަލިކޮށް އާސެނަލުން ޗެރިޓީ ޝީލްޑް އުފުލާލައިފި

Aug 6, 2023, 6:04 PM
ސިޓީ ބަލިކޮށް އާސެނަލުން ޗެރިޓީ ޝީލްޑް އުފުލާލައިފި

ލަންޑަން (އޮގަސްޓް 6) - ޕެނަލްޓީ ޖަހައިގެން 4-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލުން މިރޭ ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.

މިއީ އާސެނަލުން ޝީލްޑް ކާމިޔާބުކުރި 17 ވަނަ ފަހަރެވެ. އެންމެ ގިނަ ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 21 ފަަހަރު ހޯދި މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ. ލިވަޕޫލުން ވަނީ 16 ފަހަރު ޝީލްޑް އުފުލާލައިފަ އެވެ.

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ހޯދި ސިޓީ އަތުން މިއީ އާސެނަލަށް ރަނގަޅު ބަދަލުހިފުމެކެވެ. އާސެނަލުން މިދިޔަ ފަހަރު ލީގުގައި 248 ދުވަހު އެއް ވަނައިގައި އޮތް ނަމަވެސް ފަހު ވަގުތު ސިޓީން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ ސިޓީންނެވެ. މެޗުގެ 77 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީގެ ގޯލު ޖެހީ ކޯލް ޕާމާ އެވެ. ޕާމާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ސިޓީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރެއިން 11 ވަނަ މިނިޓްގައި އާސެނަލަށް އެއްވަރުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ.

ނަތީޖާ ހަމަހަމަވެ، ޕެނަލްޓީ ޖަަހަން ޖެހުމުން، ސިޓީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ޑިބްރޭނާ އާއި ރޮޑްރީ ޖެހި ޕެނަލްޓީ އެވެ. ކާމިޔާބުވީ ބެނާޑޯ ސިލްވާ ފޮނުވާލި ޕެނަލްޓީ އެވެ. އާސެނަލުން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޓްރޮސާޑްގެ އިތުރުން ދެން ޕެނަލްޓީތައް ކާމިޔާބުކުރީ މާޓިން އޮޑެގާޑް، ބުކާޔޯ ސަކާ އަދި ފަބިއޯ ވިއޭރާ އެވެ.

ސިޓީ އަކީ ޔުނައިޓެޑަށް ފަހު ޖެހިޖެހިގެން ދެ އަހަރު ޝީލްޑް މެޗުން ބަލިވި ފުރަތަމަ ޓީމެވެ. ޔުނައިޓެޑް ވަނީ 1998 އިން 2001 އަށް ޖެހިޖެހިގެން ހަތަރު ފަހަރު ޗެރިޓީ ޝީލްޑް މެޗުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox