ސްވިޑެން އިން ޗެމްޕިއަން އެމެރިކާ ކަޓުވާލައިފި

Aug 6, 2023, 1:15 PM
ސްވިޑެން އިން ޗެމްޕިއަން އެމެރިކާ ކަޓުވާލައިފި

މެލްބާން، އޮސްޓްރޭލިއާ (އޮގަސްޓް 6) - ފީފާ ވިމެންސް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އެމެރިކާ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ބުރުން ސްވިޑެން އަތުން ކަޓައިފި އެވެ.

ސްވިޑެން އިން އެމެރިކާ ބަލިކުރީ މިއަދު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.

މިއަދުގެ މެޗުގައި 120 މިނިޓް ކުޅުނުއިރު، އެމެރިކާ ހުއްޓުވުމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސްވިޑެންގެ ކީޕަރު، ޒެސީރާ މުސޯވިޗް އެވެ. މުސޯވިޗް ވަނީ އެމެރިކާ އިން ފޮނުވާލި 11 ހަމަލާއެއް ހުއްޓުވައިފަ އެވެ.

ޕެނަލްޓީގައި ސްވިޑެން އިން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އެމެރިކާ އިން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މިއީ، ފީފާ ވިމެންސް ވޯލްޑް ކަޕްގައި އެމެރިކާގެ އެންމެ ދަށް ނަތީޖާ އެވެ. ފީފާ ވިމެންސް ވޯލްޑް ކަޕްގައި މީގެ ކުރިން އެމެރިކާ އިން ވަނީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ފަހުން، 2015 އާއި 2019 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު ވެސް ތަށި އުފުލާލީ އެމެރިކާ އިންނެވެ. ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެމެރިކާ އިން ވަނީ އެއް ފަހަރު ރަނަރަޕްކަން ހޯދައި، ތިން ފަހަރު ތިން ވަނަ ހޯދައިފަ އެވެ.

ގަދަ 16 ބުރުގައި މިއަދު ކުޅުނު އަނެއް މެޗުން ދެކުނު އެފްރިކާ އަތުން 2-0 އިން ނެދަލެންޑްސް މޮޅުވެ، ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ނެދަލެންޑްސްގެ ގޯލުތައް ޖަހައިިދިނީ ޖިލް ރޫޑް އާއި ފަބިއެން ބީރެންސްޓޭން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox