ކުއާޓާގެ ފުރަތަމަ ދެ ޖާގަ ސްޕެއިނާއި ޖަޕާން އަށް

Aug 5, 2023, 10:44 AM
ސްޕެއިންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އޯކްލެންޑް، ނިއު ޒީލެންޑް (އޮގަސްޓް 5) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަތައް ސްޕެއިނާއި ޖަޕާނުން ހޯދައިފި އެވެ.

ޖަޕާނާއި ސްޕެއިނުން ކުއާޓާ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެގެންނެވެ. އެ ގޮތުން، ސްވިޒަލެންޑް އަތުން ސްޕެއިން ވަނީ 5-1 އިން މޮޅުވެފަ އެވެ. ކުރީގެ ދެ ޗެމްޕިއަނުންގެ ކުރިމަތިލުމެއްގެ ގޮތުގައި ފެނިގެންދިޔަ މެޗުގައި ޖަޕާނުން ވަނީ ނޯވޭ އަތުން 3-1 އިން މޮޅުވެފަ އެވެ.

ނޮކައުޓް ފުރަތަމަ މެޗުގައި ސްޕެއިން އިން ފަސް ވަނަ މިނިޓްގައި އައިޓާނާ ބޯންމާޓީގެ ގޯލުން ލީޑުނަގައިފައިވަނިކޮށް، 11 ވަނަ މިނިޓްގައި ސްވިޒަލެންޑުން އެއްވަރުކުރި އެވެ. މިއީ ސްޕެއިނުގެ ލައިއާ ކޯޑީނާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މީގެ ފަސް ދުވަސް ކުރިން ޖަޕާން އަތުން 4-0 އިން ބަލިވި ސްޕެއިން އިން ވަނީ ސްވިޒަލެންޑް އެއްވަރުކުރި ފަހުން އިތުރު ހަތަރު ގޯލު ޖަހައި، ޕްރެޝަރެއް ނެތި މެޗުން މޮޅުވެފަ އެވެ. ސްޕެއިނަށް އަލުން ލީޑުނަގައިދިނީ އަލްބާ ރެޑޯންޑޯ ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ބޯންމާޓީ ސްޕެއިންގެ ތިން ވަނަ ގޯލު ޖެހިއިރު، ހާފުގެ ފަހު މިނިިޓްގައި ކޯޑީނާ ވަނީ ގޯލެއް ޖަހައި ސްޕެއިނަށް އިތުބާރު ބޮޑުކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ސްޕެއިންގެ ފަހު ގޯލު ޖެހީ ޖެނިފާ ހާމޯސޯ އެވެ. މި މޮޅާ އެކު، ސްޕެއިން އިން މި ވަނީ ވިމެންސް ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޔަޒާވާ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޖަޕާނުން މިއަދުގެ މެޗުގައި ލީޑުނެގީ ނޯވޭގެ އިންގްރިޑް އެންގެން އަތުން، މެޗުގެ 15 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަސް މިނިޓް ފަހުން، ނޯވޭގެ ގޫރޯ ރެއިޓެން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ކޮޅަށް ވަން ފުރަތަމަ ގޯލެވެ.

ޖަޕާނުން ދެ ވަނަ ފަހަރަށް ލީޑުނެގީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް ވަނަ މިނިޓްގައި، ރީސާ ޝިމިޒޫ ޖެހި ގޯލުންނެވެ. ޖަޕާނަށް އޮތް ޕްރެޝަރު ކަނޑުވާލައި، އެ ޓީމަށް ކުއާޓާގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި ހިނާޓާ މިޔަޒާވާ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މިޔަޒާވާ ޖެހި ފަސް ވަނަ ގޯލެވެ.

މުބާރާތުގެ ތަށި 2011 ވަނަ އަހަރު ހޯދި، ޖަޕާނުން ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ގަދަ 16 ބުރުގައި ސްވިޑެން އާއި އެންމެ ފަހުގެ ޗެމްޕިއަން، އެމެރިކާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ. އަނެއްކޮޅުން، ސްޕެއިނުން ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ދެ ވަނަ ބުރުގައި ނެދަލެންޑްސް އާއި ދެކުނު އެފްރިކާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox