ރިހެނީތަ، ތަދުވަނީތަ؟

ރިހެނީތަ، ތަދުވަނީތަ؟

ދަރިފުޅު ނިންދަވަން އުޅެނިކޮށް އަހަރަމެން ގާތަށް، ކާމޭޒުދޮށަށް ލެފިލާފައި، ކުސްތަޅާލާފައި ޝަކުވާ ބަނދެލައިފިއެވެ. "މަންމާއެވެ. ކަނައަތު ފަޔަށް ތަދުވަނީއެވެ. ވައަތު ފައިގައި ރިއްސަނީއެވެ." އަހާލައިފީމެވެ. "ތަދުވުމާއި ރިހުމުގެ ތަފާތަކީ ކޮބައިހެއްޔެވެ؟". އެހިސާބުން ކާމޭޒުދޮށުގައި އުފެދުނީ ކުޑަވަރެއްގެ ބަހުޘެކެވެ. އެކަކު ބުނަނީ ރިހުމަކީ ހަށިގަނޑުގެ އެތެރޭގައި އަޅާ ވޭން ކަމަށެވެ. އަދި ތަދުވަނީ ލޮލަށް ފެންނާން ހުންނަ ގުނަވަންތަކަށްކަމަށެވެ. އަހަރެންވެސް ޤަބޫލުކުރަން ޖެހުނީ ޚުދު އަހަންނަށްވެސް އެ ތަފާތު ނޭނގޭ ކަމެވެ. އަދި އެ ތަފާތު އޮޅުން ފިލުވާންވެސް މަސައްކަތްކުރެވިފައިނުވާކަމެވެ.

ބަސްފޮތް ހުޅުވާލައިފީމެވެ. ތަދުވުން މާނަކޮށްފައިވަނީ ކުއްލިއަކަށް ހަށިގަނޑުގެ ތަނަކުން ތަދު އިހުސާސްވުމުގެ ގޮތުގައެވެ. އަދި ރިހުން މާނަކޮށްފައިވަނީ ތަދު ދެމިހުރުމުގެ ގޮތުގައެވެ. މިހާރު ސާފުވެއްޖެއެވެ. ދަރިފުޅުގެ ކަނައަތު ފަޔަށް ކުއްލިއަކަށް ތަދެއް އެރީއެވެ. ވައަތު ފައިގައި ރިހޭތާ އިރުގަނޑެއް ވީއެވެ. ކުއްލިއަކަށް ހަށިގަނޑުގެ އެކި ތަންތަނަށް ތަދުއަރަނީ ކީއްވެގެންކަމާއި، މާ ބަނޑުމީހުންގެ ބަނޑުގައި ރިހެނީ ކީއްވެގެންކަންވެސް ސާފުވެއްޖެއެވެ. ކުޑަކުޑަ މަސައްކަތެކެވެ. އެތައް އަހަރެއްގެ ފަރުވާކުޑަކަމުން ނޭނގި އޮތް އެއްޗެއް އެނގިއްޖެއެވެ.

މި ފަދަ އެހެން ލަފުޒުތައްވެސް ދިވެހި ބަހުގައި ހުރެއެވެ. ޚާއްޞަކޮށް، އެއް މާނައެއް ދޭހަވާ ދެ ލަފުޒެއްކަމުގައި އަހަރެމެން ހީކޮށްގެން ތިބި އެތައް ލަފުޒެއްގައި ކުދި ތަފާތުތަކެއް ހުންނަކަން އެނގެނީ އޮޅުންފިލުވަން މަސައްކަތެއްކުރީމައެވެ.

Advertisement

ވަރަށް ޢާއްމުކޮށް ބޭނުންކުރެވޭ ދެ ލަފުޒެވެ. ތަހުނިޔާ އަދި މަރުހަބާ އެވެ. ބައެއް ފަހަރު، ބަސް ބޭނުންކޮށްފައި އޮންނަ ޙާލަތުގެ ސަބަބުން، މިއީ އެއް މާނައެއް ދޭހަވާ ދެ ލަފުޒޭ ހީވެއެވެ. އެހެންނަމަވެސް އަސްލު މާނަ ތަފާތެވެ. މަރުޙަބާ އޭ ބުނަން ޖެހެނީ، މެހުމާނަކު އައުުމުން އެކަމާމެދު އުފާފާޅުކޮށް ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ގޮތުންނެވެ. އަދި ތަހުނިޔާ ކިޔަނީ އުފާވެރި މުނާސަބަތަކާ ގުޅިގެން ހެޔޮއެދުމެއް ފާޅުކުރުމުގެ ގޮތުންނެވެ. މީހަކު އަންނާތީ އޭނާއަށް މަރުޙަބާ ކިޔުމަށް ރަތްދޫލަ އަޅައި މޮޅު ކޭމެއް ތައްޔާރުކޮށްފާނެއެވެ. އެހެންނަމެވެސް އޭނާއަށް އެވޯޑެއް ލިބިގެން ކިޔާނީ ތަހުނިޔާއެވެ. މިނިވަން ދުވަސް އައުމުންވެސް ކިޔާނީ ތަހުނިޔާއެވެ.

އަބަދުވެސް އެކުގައި ބޭނުންކުރެވޭ ތިން ލަފުޒެއްވެސް ހަނދާންވެއްޖެއެވެ. "ތަރައްޤީ"، "ތަހުޒީބު" އަދި "ތަމައްދުން" އެވެ. ޤައުމީ ގިނަ މުނާސަބާތަކާއި ސިޔާސީ ޕޯޑިއަމްތަކުގައި މި ލަފުޒުތައް ވަރަށް ތިޔާގިކަމުގައިވިޔަސް، މި ތިން ލަފުޒުގައި ހުރި ތަފާތުތައް ދަންނަނީ ކިތައް މީހުންބާވައެވެ. ތަރައްޤީގެ މާނައަކީ ތަނެއް ނުވަތަ ކަމެއް ކުރިއަށް ގެންދިޔުން ނުވަތަ ތަނެއް ނުވަތަ ކަމަކަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ނުވަތަ އާރާސްތުކުރުމެވެ. ތަހުޒީބަކީ އާރާސްތުކުރުން ނުވަތަ ޒަމާނާ އެއްގޮތަށް ބަދަލުވާ ބަދަލުވުމެވެ. ނުވަތަ ރީތި ގޮތްތަކެވެ. ތަަމައްދުނަކީ ތަހުޒީބާއި މަދަނިއްޔަތު ލިބިގެންވާ ބައެއް ރަށެއް ނުވަތަ ޤައުމެއްގައި ގިނަވެ، އެތަނެއް ކުރިއަރައިގެން ދިއުމެވެ. ތަހުޒީބު ނެތި ތަމައްދުނެއް، ތަރައްޤީއެއްވެސް ނާންނާނެއެވެ. މި ތިން ލަފުޒު އެކުއެކީގައި ބޭނުންކުރެވެނީ މިހެންވެގެން ކަމަށް ވެދާނެއެވެ.

ހަމަ އެފަދަ އެހެން ތިން ލަފުޒެވެ. "ސުލްހަ"، "މަސަލަސްވުން" އަދި "އަމާންކަން" މި ތިން ލަފުޒެވެ. ސުލްހައަކީ ހަމަނުޖެހުމަކަށްފަހު ދެ ފަރާތެއްގެ ދެމެދުގައި އުފެދޭ ރަނގަޅު ގުޅުމެވެ. ސުލްޙަވެރިކަމަކީ، ދެކޮޅުވެރިކަން ދޫކޮށްލާ އެކުވެރިވުމެވެ. މަސަލަސްވުމަކީ ސުލްހަވުން ނުވަތަ މަސްލަހަތު އިސްވުމެވެ. އަމާންކަމަކީ ނުރައްކާތެރިކަމާ ބިރުވެރިކަން ނެތުމެވެ.

މި ލަފުޒުތަކުގެ މާނައިގައި ތަފާތުކަން ހުއްޓަސް، މިއީ ގުޅޭ ލަފުޒުތަކެކެވެ. އެހެންނަމަވެސް އަހަރެމެންނަށް އޮޅޭ މި ފަދަ ބައެއް ލަފުޒުތަކުގެ މާނަތައް އުޑާ ބިމާ ހާ ތަފާތެވެ. މިސާލަކަށް ބުރެއްކާއި ބުރަތްކެވެ. "ބުރަކި" މިއީ ދުއްވާ އެއްޗެއް ނުވަތަ ފުރޮޅެއްފަދަ އެއްޗެއްގެ ދުވެލި ނުވަތަ އެނބުރުން މަޑުކުރަން ނުވަތަ ހުއްޓާލަން ބޭނުންކުރާ އެއްޗެވެ. "ބުރެކި" މިއީ ހިމަ ދިގުކޮށް، ބޯކޮޅު ވައްކޮށް ހުންނަ އެމުގެ ބާވަތެެކެވެ. "ދެރަ" އާއި"ހިތާމަ" އަކީވެސް މި ފަދަ ދެ ލަފުޒެވެ. ދެރަވުމަކީ ނިކަމެތިވުން، ދަރަޖައިން ދަށްވުން، ފަޤީރުވުން، ހަކަތަ ބަލިވުން ފަދަ މާނަތައް ދޭހަވާ ލަފުޒެކެވެ. ދެރަވުމަކީ ހިތުގައި ޖެހުން ކަމުގައިވެސް ބެލެވިދާނެއެވެ. އެހެންނަމަވެސް ދެރަ ބޭނުންކުރުން އެންމެ ރަނގަޅުކަމަށް ފެންނަނީ "މޮޅު"ގެ އިދިކޮޅުގެ ގޮތުގައެވެ. އެއީ މޮޅިވެރިކަމާއި ހިތާމަ މި ދެ ލަފުޒުން ހިތަށް އަންނަ މޮޅިވެރިކަމާއި ހިތާމަ ރަނގަޅަށް ސިފަކޮށްދޭތީއެވެ. އެެ ގޮތަށް މިވާ ދެރަ އަކީ މޮޅިވެރިކަމެއް ހިތަށް ވަނުމުގެ ސަބަބުން، ތިމާ އަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ލިބޭ ނިކަމެތިކަމުގެ ގޮތުގައި ބެލެވިދާނެ ނޫންހެއްޔެވެ؟ މޮޅިވެރިކަން އިހުސާސްކުރާ ކޮންމެ މީހަކީ ދެރަ މީހަކަށް ވާކަން ނުޖެހެއެވެ.

އެހެން ދެ ލަފުޒެކެވެ. މި ފަހަރު "އަރި" އަދި "އޮރި"އެވެ. "އަރި" މި ލަފުޒުގެ މާނައަކީ ކުރިމައްޗާއި ފުރަގަސް ހުންނަ އެއްޗެއް އެ ނޫން ފަރާތަކަށް ޖެހިފައިވާ ޖެހުމެވެ. އަދި "އޮރި" މި ލަފުޒުގެ މާނައަކީ ފަތިއެއްޗެއްގެ ދެކޮޅު ދެއަތަށް އެނބުރިފައިވުމެވެ. އަރިވުމަކީ ތެދަށް ހުރި އެއްޗެއް އެއް ފަރާތަކަށް ޖެހުމެވެ. އޮރިއެރުމަކީ ފަތިކޮށް ހުންނަ ތެދު އެއްޗެއްގެ ދެކޮޅު ދެއަތަށް އެނބުރިފައިވުމެވެ. މިސާލަކަށް، ޕާޕަރު ތެއްލަންވެގެން ހޫނު ތެޔޮގަނޑަށް ވައްޓާލުމުން، އެ ޕާޕަރު ފޮތި އޮރިދަމައިގަންނާނީއެވެ. އަދި އެ ތެއްލަން ގެންގުޅު ހޫނު ތާސް އުނދުންމަތިން ކައްސާލައިގެން އަރިއަޅައިލާނީއެވެ.

އަދިވެސް މިފަދަ އެތައް ލަފުޒެއް ހުންނާނެއެވެ. އަދި އެކި މީހުންގެ ތަޖުރިބާގައި މި ގޮތަށް އޮޅުން އަރާ ލަފުޒުތައް ތަފާތުވާނެއެވެ. މިއިން ކޮންމެ ކަމަކީ އެމީހެއްގެ އުޅުންގުޅުންތަކަށް ބަރޯސާވާ ލާސާނީ ތަޖުރިބާތަކެކެވެ. މުހިއްމު ކަމަކީ، މާނަ ނޭނގޭ، ނުވަތަ އޮޅުން އަރާ ލަފުޒެއް ފާހަގަކުރެވިއްޖެނަމަ، އެ އޮޅުންފިލުވައިލުމެވެ. އަހަރެންނަށްވެސް މި ގޮތަށް ޢަމަލުކުރެވިފައި އޮތް ނަމަ، ދަރިފުޅުގެ ރިހޭ ފަޔާއި ތަދުވާ ފައި ވަކިކުރަން އުނދަގުލެއް ނުވީހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox