ޖަރުމަނު ކަޓައިފި، ފަހު ޖާގަ މޮރޮކޯ އަށް!

Aug 3, 2023, 5:52 PM
ކޮލަމްބިއާ އަތުން މޮޅުވި މެޗަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފދާ

ކޮލަމްބިއާ އަތުން މޮޅުވި މެޗަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފދާ

ބްރިސްބޭން، އޮސްޓްރޭލިއާ (އޮގަސްޓް 3) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި، މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ، ޖަރުމަނު މުބާރާތުން ކަޓައި، މޮރޮކޯ އިން މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

ވިމެންސް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ފަހު ދެ މެޗު މިއަދު އެއް ވަގުތެއްގައި ކުޅެވިގެންދިޔައިރު، ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓާފައިވާ ދެކުނު ކޮރެއާއާ 1-1 އިން އެއްވަރުވެ، ޖަރުމަނު ވަނީ ކަޓައިފަ އެވެ. ޖަރުމަނު ކެޓީ، މޮރޮކޯ އިން 1-0 އިން ކޮލަމްބިއާ ބަލިކުރުމުންނެވެ.

މި ގްރޫޕުން ގަދަ 16 ބުރަށް ދަތުރުކުރީ އެއް ވަނަ ހޯދި ކޮލަމްބިއާ އާއި ދެ ވަނަ އަށް ދިޔަ މޮރޮކޯ އެވެ. އެ ދެ ޓީމަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު، ޖަރުމަނަށް ލިބުނީ ހަތަރު ޕޮއިންޓާ އެކު ތިން ވަނަ އެވެ. އަދި އެންމެ ފުލުގައި ނިންމި ދެކުނު ކޮރެއާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މޮރޮކޯގެ ކުޅުންތެރިން މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މުޅިން އަލަށް ފީފާ ވިމެންސް ވޯލްޑް ކަޕްގައި ކުޅޭ މޮރޮކޯ އިން ކޮލަމްބިއާ ބަލިކުރިއިރު، އެ މެޗުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމުގެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު ވަނަ މިނިޓްގައި ކާމިޔާބުކުރީ އަނީސާ ލަހްމާރީ އެވެ. އޭނާ އަކީ އުމުރުފުރާ ލެވަލްގައި ފްރާންސަށް ކުޅުމަށް ފަހު، އޭގެ ފަހުން، އަލްޖީރިއާ އަށް ވެސް ރަށްވެހިކަން ބަދަލުކޮށް އެ ޓީމަށް މެޗެއް ނުކުޅެ، މޮރޮކޯ އަށް މި އަހަރު ކުޅެން ފެށި ކުޅުންތެރިއެކެވެ.

މޮރޮކޯ އިން ވަނީ އެ ޓީމުގެ މެޗު ނިންމާލުމަށް ފަހު، ދަނޑުމަތީގައި އެކުގައި ތިބެ، ޖަރުމަނު މެޗު ވަގުތުން .ބަލައިފަ އެވެ. އަދި ޖަރުމަނު އެއްވަރުވުމުން މޮރޮކޯ އަށް އަނެއް ބުރު ޔަގީންވުމާ އެކު، އެ ޓީމުން ވަރަށް ބޮޑަށް އުފާފާޅުކުރި އެެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން ފުރަތަމަ މެޗުގައި މޮރޮކޯ އަތުން 6-0 އިން މޮޅުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ ކޮލަމްބިއާ އަތުން 2-1 އިން ބަލިވެ، މިއަދު ދެކުނު ކޮރެއާއާ އެއްވަރުވެ، މުބާރާތުން ކަޓައިފަ އެވެ. ޖަރުމަނުގެ ކުޅުންތެރިން މެޗަށް ފަހު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މެޗަށް ފަހު ދިން އިންޓަވިއުގައި ގިނަ ކުޅުންތެރިން ވަނީ މިއީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް ކަމަށް ވެސް ބުނެފަ އެވެ.

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މަޝްހޫރު ޓީމުތަކެއް މި ވަނީ ކަޓައިފަ އެވެ. އެއީ ޖަރުމަނާއި ބްރެޒިލް، އިޓަލީގެ އިތުރުން އޮލިމްޕިކް ޗެމްޕިއަން، ކެނަޑާ އެވެ.

ޖަރުމަނުގެ ކެޕްޓަން އަލެކްސަންޑާ ޕޮޕް، ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގޯލެއް ނުޖެހިގެން ހިތްހަމަނުޖެހުން ފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގެ މެޗުތައް

ސްވިޒަލެންޑް - ސްޕެއިން

ޖަޕާން - ނޯވޭ

ނެދަލެންޑްސް - ދެކުނު އެފްރިކާ

ސްވިޑެން - އެމެރިކާ

އިންގްލެންޑް - ނައިޖީރިއާ

އޮސްޓްރޭލިއާ - ޑެންމާކް

ކޮލަމްބިއާ - ޖެމެއިކާ

ފްރާންސް - މޮރޮކޯ

މިއީ، ފީފާ އިން އަންހެނުންނަށް ހާއްސަކޮށް ވޯލްޑް ކަޕެއް ބާއްވާ ނުވަ ވަނަ ފަަހަރެެވެ. އަނެއް ކޮޅުން ދެ ގައުމެއް އެކުވެގެން ފުރަތަމަ ފަހަރަށް ވިމެންސް ވޯލްޑް ކަޕެއް ހޯސްޓްކުރާއިރު، މި ފަހަރުގެ ވޯލްޑް ކަޕަކީ 32 ގައުމު ވާދަކުރާ ފުރަތަމަ މުބާރާތެވެ. ވޯލްޑް ކަޕް އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ހަތަރު ތަށި ހޯދި އެމެރިކާ އެވެ. ޖަރުމަނުން ދެ ފަހަރު ތަށި އުފުލާލިއިރު، ދެން މުބާރާތް ކާމިޔާބުކުރީ ނޯވޭގެ އިތުރުން ޖަޕާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox