ވެރިކަމުގައި ޗުއްޓީއެއް ނުނަގާނަން، ހުންނާނީ 24 ގަޑިއިރު ހިދުމަތުގައި: އިލްޔާސް

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޗުއްޓީ ނުނަންގަވައި 24 ގަޑިއިރު ހިދުމަތުގައި ހުންނަވާނެ ކަމަށް -- ފޮޓޯ: މިރާން/އަދަދު

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޗުއްޓީ ނުނަންގަވައި 24 ގަޑިއިރު ހިދުމަތުގައި ހުންނަވާނެ ކަމަށް -- ފޮޓޯ: މިރާން/އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ޗުއްޓީއެއް ނުނަންގަވާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ޑިމޮކްރެޓްސް އިން މިހާރު ތ. އަތޮޅަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިން އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އިލްޔާސް ވިދާޅުވީ ހުންނަވާނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.

"އަޅުގަނޑު ރެއަކުވެސް ނުނިދާނަން، އެންމެ ދުވަހަކު ވެސް ޗުއްޓީއެއް ނުނަގާނަން. 24 ގަޑިއިރު ތިބޭފުޅުންގެ ހިދުމަތުގައި އަޅުގަނޑު ހުންނާނީ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް މިފަދައިން ވިދާޅުވީ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމޭއިރު ނުނިމި އޮތުމުން ކަންބޮޑުވުން ފާޅުކޮށެވެ. އިލްޔާސް ވިދާޅުވީ މަސައްކަތެއް ދިގުލައިގެން ގޮސްފި ނަމަ އެކަމެއް އަވަސްކުރުމަށް އަމިއްލަފުޅަށް އެރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އެ މަގު އަޅުގަނޑު ސަރުކާރެއްގައި ހަވާލުވެއްޖިއްޔާ އަޅުގަނޑު އައިސް މިތާ 24 ގަޑިއިރު ހުރެގެންވެސް މަގު ނިންމަދޭނަން. އަޅުގަނޑު ނިކުމެ މިހިރީ މި ހިއްވަރާއި ޖޯޝާ އެކު،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުން އުމުރުން ދޮށީކަން ފާހަގަކުރައްވައި ފާޑު ވިދާޅުވެފަ އެވެ. އިލްޔާސް ވިދާޅުވީ މި ޖީލަށް ބޭނުންވަނީ އޭނާފަދަ ޒުވާން ވެރިއެއް ކަމަށެވެ.

"އަޅުގަނޑު ކުޑައިރު ސިޔާސީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅުން މިއަދު އަޅުގަނޑު އުމުރުން 44 އަހަރުގައި ނުކުންނަ އިރު ރިޔާސީ އިންތިހާބުގައި ވާދަކުރަން މި ތިބެނީ. ލަދުވެތި ނޫންތޯ،" އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ، މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ފިޔަވަޅު އަޅަން ފެށުމުން އުފެއްދި ޕާޓީއެކެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕާޓީތަކުން އިއުލާންކުރި ކެންޑިޑޭޓުންނަކީ އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox