ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުން އިމްތިހާނެއް ހަދަން ޖެހޭ ގޮތަށް އުސޫލެއް ހަދައިފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ކުރެހުމެއް -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ކުރެހުމެއް -- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ފެންވަރު ވަޒަން ކުރަން އިމްތިހާނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުސޫލެއް ހަދައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން މަރުހަލާގެ ތެރެއިން އިމްތިހާނެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ފަނޑިޔާރުން އައްޔަން ކުރުުމުގެ ސިޔާސަތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ، ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުންނަކީ ގާބީލު ބައެއްކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ވެސް ބުންޏެވެ.

އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންް އަމަލު ކުރަން ފަށާ މި އުސޫލުގެ ދަށުން، އެ ކޮމިޝަނުން ތައްޔާރު ކުރާ އިމްތިހާނުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ގާނޫނީ އިލްމު ހުރި ވަރާއި ފެންވަރު ވަޒަން ކުރެވޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެގޮތުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ރަނގަޅަށް ގާނޫނުތަކާއި އިޖުރާއަތުތައް ތަތުބީގު ކުރާ މީހުންނާއި ސުލޫކީ ގޮތުން ވެސް އަމަލުތައް ބަހައްޓަން ޖެހޭ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހުން ވަޒަން ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނި ގޮތުގައި، އެ ބަދަލުގެ ސަބަބުން ކޯޓުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު، ރައްޔިތުންގެ ހައްގުތައް ދަމަހައްޓާ، އިންސާފުވެރި ފަނޑިޔާރުން އައްޔަން ކުރެވެވި، ޖުޑިޝަރީއަށް އާންމުން ކުރާ އިތުބާރު ވެސް ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox