ފުރަތަމަ ހަ މެޗުން 12 ޕޮއިންޓް! ނިޒާމްބެ ބުނަނީ ނަތީޖާތައް ގޯސް ނޫން ކަމަށް

ފުރަތަމަ ހަ މެޗުން 12 ޕޮއިންޓް! ނިޒާމްބެ ބުނަނީ ނަތީޖާތައް ގޯސް ނޫން ކަމަށް

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ހަ މެޗަށް ބަލާއިރު އެންމެ ހިތްހަމަޖެހޭ ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް މާދަމާ ނިމޭއިރު ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ނުކުންނާނީ ސަސް އާ ދެކޮޅަށެވެ. ފުރަތަމަ ބުރު ނިމޭއިރު ލީގުގެ ތިން ވަނައިގައި އޮންނަ ޓީމެއް މި މެޗު ނިމޭއިރު ކަނޑައެޅޭނެ އެވެ. މި ވަގުތު ސަސް އޮތީ 12 ޕޮއިންޓާއި ފައިދާ ހަ ގޯލާ އެކު ލީގުގެ ތިން ވަނަައިގަ އެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހޯދައި ފައިދާ ހަތަރު ގޯލާ އެކު ހަތަރު ވަނައިގައި އޮތީ ބުރެވެ.

ފުރަތަމަ ބުރުގެ ފަހު މެޗާ ގުޅޭގޮތުން ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު ނިޒާމްބެ ބުނީ ފުރަތަމަ ޑިވިޝަންގައި ބުރުން ކުރާ އަލަތު ތަޖުރިބާއަށް ބަލާއިރު ނަތީޖާތައް ގޯސް ނޫންކަމަށެވެ.

އެންމެ ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުދެއްކުނު ނަމަވެސް ޓީމުގެ ސްކޮޑާއި ހާލަތްތަކަށް ބަލާއިރު ބުރުގެ ކުޅުމާއިމެދު ހިތްހަމަޖެހޭކަަމަށް އޭނާ ބުންޏެވެ.

"ބުރުގެ ފުރަތަމަ ބުރުގެ ނަތީޖާތައް އަސްލު ގޯހެއް ނޫން. އެހެންނަމަވެސް ކުޅުން އަސްލު ހިތްހަަމަޖެހޭވަރަކަށް ނުފެނޭ. ދެން ބައިވަރު ސަބަބުތައް އެބަހުރި. އޭގެ ތެރޭގައި ސްކޮޑު އެކުލަވާލުމުގެ ޗެލެންޖަސްތައް އެއީ އެއް ކަންތައް." ނިޒާމްބެ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް މި ދުވަސްވަރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕްގެ ސަބަބުން މެޗުތަކާއި ޕްރެކްޓިސްތަކަށް އަސަރުކުރުމެވެ. އޮފީސްތަކުން ވާދަކުރާ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމްތަކެއްގެ ގިނަ ކުޅުންތެރިންތަކެއް ކުޅެ އެވެ.

ބުރަށް ކުލަބު މޯލްޑިވްސް ކަޕްގެ ސަބަބުން އަސަރުކުރޭތޯ އެހުމުން ނިޒާމްބެ ބުނީ އެޓީމްގައިވެސް ކުލަބު މޯލްޑިވްސް ކުޅޭ ބައެއް ކުޅުންތެރިން ތިބި ނަމަވެސް އެކަމުގެ ސަބަބުން ޓީމްގެ ޕްރެކްޓިސްތަކަށް ގެއްލުން ނުވާކަމަށެވެ.

އޭނާ ބުނީ އޮފީސްތަކުންނާއި އެޓީމްތަކުގެ ކޯޗުންނާއިއެކު މަޝްވަރާކޮށް ދެކޮޅަށްވެސް އުނދަގޫ ނުވާނެގޮތަށް ކަންކަން ރަނގަޅަށް މެނޭޖްކުރެވެމުން އަންނަަކަމަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ކުލަބު މޯލްޑިވްސްގެ ނޮކްއައުޓް ބުރު މާދަމާ ފަށާއިރު އެކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އުނދަގޫތަކެއްވުން އެކަށީގެންވާކަމަށާއި، ނަމަވެސް އޮފީހަށްވެސް އަދި ކުލަބަށްވެސް ގެއްލުން ނުވާނެ ގޮތަށް ކުރިއެކޭ އެއްގޮތަށް މަސައްކަތްކުރެވޭނެކަމަށްވެސް ނިޒާމްބެ ބުންޏެވެ.

"ބަރާބަރަށް ޓީމް ހަމަވެގެން ޕްރެކްޓިސްކުރެވޭ. ބުރުގެ ކުޅުންތެރިން ތިބި ޓީމްތަކުގެ ކޯޗުންނާއި އޮފީހާ ވާހަކަދައްކައިގެން ވީ އެންމެ ރަނގަޅަކަށް އެންމެންނަށްވެސް އުނދަގޫ ނުވާނެހެން ކަންކަން ހަމަޖައްސަމުން މެނޭޖްކުރަމުން މިދަނީ." ނިޒާމްބެ ބުންޏެވެ.

މިވަގުތު މިޑް ސީޒަން ޓްރާންސްފާ ފަށާފައި އޮތުމާއިއެކު ޓީމަށް އާ ކުޅުންތެރިން ގެންނާނެކަން ހާމަހަކުރަމުން ނިޒާމްބެ ބުނީ ޓީމްގެ ބެންޗު ވަރުގަދަ ކުރުން މުހިންމުކަމަށާއި، އޭނާ އެ ކުލަބާ ހަވާލުވިއިރު ސްކޮޑު އެއްކޮށްކަހަލަ ގޮތަކަށް ފައިނަލްވެފައި އޮތުމުން ބޭނުންވާ ކުޅުންތެރިން ނުގެނެވުނު ކަަމަށެވެ.

އެެހެންކަމުން މި ޓްރާންސްފާގައި ޓީމް ވަރުގަދަ ކުރުމަށް މެނޭޖްމަންޓާއިއެކު މަޝްވަރާކުރަމުން އަންނަކަމަށްވެސް ނިޒާމްބެ ބުންޏެވެ.

"ޓީމަށް ކުޅުންތެރިން އެބަ ބޭނުންވޭ. ބެންޗު ވަރުގަދަ ކުރަން އެބަ ޖެހޭ. ޓީމް ތެރޭގައި ކޮމްޕެޓިޝަން އެބަ ހައިކުރަން ޖެހޭ. މިދަނީ ވިސްނަމުން ޕްލޭންކުރެވިގެން މެނޭޖްމަންޓާއިއެކު މި ޓްރާންސްފާގައި ދެން ކިހިނެެއްތޯ ކުރިއަށްދާނީ." އޭނާ ބުންޏެވެ.

ސަސް އާއި ބުރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox