ޑެމަގޯގެއް ދަންނަންތަ؟

ޑެމަގޯގެއް ދަންނަންތަ؟

ނޫނެކެވެ. މި ދައްކަނީ މަޝްހޫރު ސައި-ފައި ސީރީޒެއްގައި އުޅޭ ފުރޭތައެއްގެ ވާހަކައެއް ނޫނެވެ. ލަފުޒަކީ ޑެމަގޯގް (demagogue) އެވެ. ލަފުޒު އުފަންވެފައިވަނީ ޤަދީމީ ގްރީސްގަ އެވެ. ލަފުޒީ މާނައަކީ "މީހުންގެ ތެރެއިން ލީޑަރެއް"، މިއެވެ. ގުރީކުގެ ޑިމޮކްރަޓިކް ހުވަފެނުގެ ތެރެއިން އުފަންވި އުއްމީދީ ލަފުޒެކެވެ. އޭރު އެ ލަފުޒަކާ އެއްވެސް ނައްސި މާނަކުރުމެއް ގުޅުވާފައެއް ނެތެވެ. އޭރު ވީ ގޮތަކީ އިންތިޚާބީ ވެރިކަމުގެ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުންދިޔައިރު، ގުރީސްގެ ރައްޔިތުންނަށް ވަރަށް މުހިއްމު އެހެން ކަމެއް ފާހަގަކުރެވެން ފެށީއެވެ. އެއީ، އިންތިޚާބުތަކުގައި ކާމިޔާބު ހޯދަނީ ރަސްމަތިފުށުގެ ނަސަބުފަތް އޮންނަ މީހުން ކަމެވެ. މިކަން އެމީހުން މާނަކުރީ އަދިވެސް މަޤުބޫލުކަން އޮންނަނީ ރަސްމަތިފުށު އާދަކާދަތަކަށް ކަމުގައެވެ. މިކަން ކަމުނުދިޔަ މީހުންގެ ތެރެއިން، އާދައިގެ ޢާއްމު ރައްޔިތުންގެ ތެރެއިން އުފަންވި އާ ބާވަތެއްގެ ލީޑަރުންނަށް ކީ ނަމަކީ ޑެމަގޯގުންނެވެ. އެމީހުން ވަކާލާތު ކުރީ "ދަށު ފަންތީގެ" އާބާދީގެ ޙައްޤުތަކަށެވެ. އެ ކަންކަމަށް އަޑުއުފުލައި އެ ޙައްޤުތައް ހޯދަންކުރާ މަސައްކަތުގައި ހަމަނުޖެހުން އުފެއްދުމަކަށްވެސް، ފިތުނަ ފަސާދަ އާއި އަނިޔާވެރިކަން އިސްކުރާކަށްވެސް މި ބުނާ މީހުން ފަހެއް ނުޖެހެ އެވެ. އެމީހުންގެ މަޤްޞަދަކަށް ވެފައި އޮންނަނީ ވަގުތުން ވަގުތަށް ޙައްޤު ހޯދައިދިނުމެވެ. ފަހުން ވާނޭ ގޮތަކަށް، ބޮޑު މަންޒަރަކަށް ވިސްނާކަށް މި މީހުން އަހައްމިއްޔަތެއް ނުދެ އެވެ.

މިއަދުގެ ސިޔާސީ ދުނިޔޭގައި ޑެމަގޯގުންނަށް ދީފައި އޮންނަނީ ކުޑަކޮށް ތަފާތު މާނައެކެވެ. ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ލީޑަރެއްގެ ބަދަލުގައި މިއަދު ޑެމަގޯގުން މާނަކުރަނީ، ޢާއްމު ރައްޔިތުންގެ ކެކުޅުންތަކަކީ ތިމާގެ ސިޔާސީ ދުވެލި ބާރުކުރަން ގެންގުޅޭ ގިިރިސްކަމުގައި ހަދައިގެން، އެ މީހުންގެ ކެކުޅުންތަކާއި ޝަކުވާތަކުގެ ނާޖާއިޒު ފައިދާ ހޯދައިގެން ބާރު ހޯދައި ބާރު ދަމަހައްޓާ ސިޔާސީންގެ ގޮތުގަ އެވެ. މިއަދު މީހަކާ ދިމާއަށް އެއީ ޑެމަގޯގެކޭ ބުނެފިނަމަ، އޭގެ މާނަ، ފައްސިގޮތެއްގައި ނަގާނޭ ޖާގައެއް ނުދެ އެވެ.

ގިނަ ބަޔަކު އިއްތިފާޤުވާ ގޮތުން ޑެމަގޯގުންގެ ކިބައިން ޚާއްޞަ ބައެއް ސިފަތަކެއް ފެނެ އެވެ. އެމީހުން ނަގާނީ "ޖަޒުބާތީ" ސްޓޭންޑެކެވެ. އަޑުއުފުލާނީ ޖަޒުބާތީ މައްސަލަތައް ކުރިއަށް ނެރެގެންނެވެ. އެމީހުން އުޅޭނޭ "ރައްޔިތުންގެ" މީހެއްކަމަށް ދައްކަންވެގެންނެވެ. މީހުންނާ އެކުގައި ޢާއްމު ޙާލަތްތަކުގައި އޭނާ ފެންނާނެ އެވެ. އެހެންނަމަވެސް، އިޚުލާސްތެރި ލީޑަރުންނާ ޚިލާފަށް، ޑެމަގޯގެއްގެ މި ދެއްކުންތެރިކަމުގެ ހަމައެކަނި ބޭނުމެއްކަމުގައިވާނީ ރައްޔިތުންގެ ލޭކައްކުވާލާނޭ ޖަޒުބާތީ ކަންކަން ދެނެގަނެ، އޭގެން ނާޖާއިޒު ފައިދާ ހޯދުމެވެ. ވަރަށް ގިނަ ޙާލަތްތަކުގައި މި މީހުންނަކީ، ޙައްޤު ހޯދުމުގެ ނަމުގައި، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާއި، ޤާނޫނުތަކާއި ޤަވާއިދުތަކާ ޖަދަލުކުރާނޭ މީހުންނެވެ.

އެހެންނަމަވެސް، މި މައުޟޫއައިގެން ކުރިއަށްދާއިރު، އެއްކަމެއް ހަނދާނުގައި ބަހައްޓާން އެބަޖެހެ އެވެ. ޑެމަގޯގަރީ ނުވަތަ އެ ސިފަތައް ފެންނަ ވާހަކަތައް ޕޯޑިއަމްދޮށުގައި ދައްކާ ކޮންމެ މީހަކު އެއީ ޑެމަގޯގަކަށް ނުވެދާނެ ކަމެވެ. އެ ފަދަ ވާހަކަ ދައްކާ ބައެއް މީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް އެފަދަ ޖަޒުބާތީ މައްސަލަތަކަށް ޙައްލު ހޯދައިދޭން ޢަމަލޫގޮތުން މަސައްކަތްކުރާ މީހުންނެވެ. އަދި, ނަތީޖާ ދައްކުވައިދޭ މީހުންނެވެ.

ޖޫލިޔަސް ސީޒަރގެ ޒަމާނުއްސުރެ ޑިމޮކްރަސީއާ އެކުއެކީ ޑެމަގޯގަރީ ފެންނަމުން މިއަދާ ހަމައަށް އައިއިރު، ޑިމޮކްރެޓިކް ވެއްޓެއްގައި ޑެމަގޯގުން ނުއުފެދި ނުދާނެކަމަށް މިހާރު ވަނީ ބަލައިގަނެވިފަ އެވެ. އިންތިޚާބެއްގެ ޒަރިއްޔާއިން ވެރިކަން ލިބެން އޮންނަ ވެއްޓެއްގައި، މަޤުބޫލުކަން ހޯދުމަށް އެކި މީހުން ކުރާނީ އެކި ކަންތަކެވެ. އަހަރެމެން ރައްޔިތުންނަށް އޮތް ޒިންމާއަކީ، ވެރިންގެ-ހަނޑޫ ދޮލަނގަކަށް އަޅައިގެން ހޮވައި ކަޅުހަނޑުލާއި ވީ ވަކިކުރުމެވެ. ޑިމޮކްރަސީ ނަގަހައްޓަން ބޭނުންވާ މީހުންނަށް އޮތީ، ވޯޓުލާ ގިނަ މީހުންނަށް ލީޑަރުންނާއި ޑެމަގޯގުން ވަކިކުރަން އެނގޭނޭކަމަށް އުއްމީދުކުރުމެވެ. އެހެން ނަމަވެސް، މި އުއްމީދުތައް ޙަޤީޤަތަށް ވަނީ މަދުފަހަރެއްގައިކަން އިހާއި ފަހުގެ ތާރީޚު ހެކިވެ އެވެ.

ދެން އަހަރެމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ކުޑަ އެހެންނަމަވެސް މުހިއްމު މަސައްކަތަކެވެ. ޕޯޑިއަމްތަކުގައި އެ ގޮވާ ގޮވެލި އަޑުއަހާށެވެ. އޭގެ ތެދު ދޮގު އޮޅުންފިލުވާށެވެ. އެ ވާ ވަޢުދުތަކުގައި ހުރީ ކިހާ ބަރުދަނެއްތޯ ބަލާށެވެ. ބޮޑެތި ވަޢުދުތަކެއް ވާ ހިނދު، އެ ދައްކާ ތަޞައްވަރު ޙަޤީޤަތަކަށް ހަދަން ރައްޔިތުންގެ ކިބައިން ބޭނުންވާނޭ މަސައްކަތާއި ވާންޖެހިދާނޭ ޤުރުބާނީގެ ވާހަކަ ނުދައްކަނީނަމަ، އެއީ ހަމަ ވެދާނޭ ކަންކަންތޯ ސުވާލު އުފައްދާށެވެ. ރައްޔިތުންގެ މަންފާއަށް، ހިލޭ ސާބަހަށް ކަމެއް ކޮށްދޭނަމޭ ބުނާ ނަމަ، އެކަންކުރަން އޭނާ ގަސްދުކުރަނީ ކޮން ގޮތަކަށްތޯ، ފަންޑުކުރާނީ ކިހިނެއްތޯ ސުވާލުކުރާށެވެ. ތިމާެގެ ޖަޒުބާތުތަކާ ގުޅޭ މައްސަލަތަކުގައިވެސް ޢަަމަލީގޮތުން ދެކޮޅު ނުޖެހޭ ވާހަކަ ދައްކާ މީހާ ދެނެގަނެ، އޭނާ އެދައްކަނީ ހޮޅިވާހަކަ ކަންވެސް ދެނެގަންނާށެވެ. ތިމާގެ ކޮންމެ ޙައްޤަކަށް އަޑުއުފުލާ ލީޑަރުން، އެ ޙައްޤު ހޯދައިދިނުމަށް ކުރާނޭކަމަށް ބުނާ މަސައްކަތުގައި ތިމާ އަދާކުރަން ޖެހޭ ޒިންމާ ދައްކަން އެދޭށެވެ. ތިމާ ވާންޖެހޭ ޤުރުބާނީވެސް ބުނެދޭން ބުނާށެވެ.

އަހަރެމެން ޑިމޮކްރަސީ އިޚުތިޔާރުކުރީ ޤައުމުގެ ވެރިކަން އަހަރެމެންނާ ހިސާބަށް ތިރިކުރުމަށެވެ. ބަސްބުނާނޭ އިޚުތިޔާރު ހޯދުމަށެވެ. އަހަރަމެންގެ މަސްލަޙަތު އިސްކުރުމަށެވެ. މިނިވަންކަމާއެކު ލިބިފައިވާ މި ޒިންމާ، ޖެހިލުމެއް ނުވެ ބޭނުންކުރާށެވެ. ވަގުތު ކުޑަތަންވަނީއެވެ. ހެޔޮ ވެރިއެއް އިޚުތިޔާރުކުރާއިރު، ރައްޔިތެއްގެ ޒިންމާ އަދާކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox