އެމްބާޕޭ މައްސަލައިގައި ޕީއެސްޖީން ރެއާލާ ދެކޮޅަށް ފީފާ އަށް؟

Aug 1, 2023, 4:47 AM
އެމްބާޕޭ މައްސަލައިގައި ޕީއެސްޖީން ރެއާލާ ދެކޮޅަށް ފީފާ އަށް؟

ޕެރިސް (އޮގަސްޓް 1) - ރެއާލް މެޑްރިޑުން ޕީއެސްޖީގެ ހުއްދަ ނެތި އެ ކްލަބްގެ ފޯވާޑް ކީލިއަން އެމްބާޕޭއާ ޓްރާްންސްފާގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ބުނެ، ރެއާލްގެ މައްސަލަ ފީފާ އަށް ހުށަހަޅަން ޕީއެސްޖީން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމްބާޕޭ، މި ވަގުތު، ޕީއެސްޖީގައި ހުރި ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނަށް ފަހު ހަމަވާނެ އެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ އާ ކޮންޓްރެކްޓެއްގައި ސޮއިނުކުރާތީވެ، އެ ކްލަބުން މި ފަހަރު އޭނާ ވިއްކާލަން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެމްބާޕޭ ހުރީ މި ވަގުތު ކްލަބް ބަދަލުކުރާ ވިސްނުމުގައެއް ނޫނެވެ. ބަދަލުގައި އޭނާ ވިސްނަނީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރާށެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭގެ ވިސްނުމަކީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ދިއުމަށެވެ. އެއީ ސޮއިކުރާއިރު ރަނގަޅު ބޯނަހެއް ލިބޭ ގޮތަށެވެ. އަދި އެ މަޝްވަރާތައް ރެއާލުން އެމްބާޕޭއާ އެކު ބާއްވާފައިވާ ކަމަށް ވެސް ސްޕެއިނާއި ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހުރިހާ ކަމަކަށް ބަލައި، ޕީއެސްޖީން މިހާރު މަސައްކަތް ފަށަން ނިންމާފައިވަނީ ރެއާލްގެ މައްސަލަ ފީފާ ޓްރިބިއުނަލް އަށް ހުށަހެޅުމަށެވެ. ޕީއެސްޖީގެ ޝަކުވާ އަކީ އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކާ ވާހަކަ ދައްކައި ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުމެވެ.

އެމްބާޕޭ އަށް، ސައުދީ އަރަބިއްޔާގެ އަލް-ހިލާލް އިން 400 މިލިއަން ޑޮލަރު ލިބޭ އެއް އަހަރުގެ ޑީލެއް ހުށަހެޅި ނަމަވެސް އޭނާ ވަނީ އެ ޑީލަށް ފުރަގަސްދީފަ އެވެ. އެއީ، ވެސް ޕީއެސްޖީން ހިތްހަމަނުޖެހުނު ސަބަަބެކެވެ. ޕީއެސްޖީން ބޭނުންވަނީ މި ޓްރާންސްފާގައި އެމްބާޕޭ 200 މިިލިއަން ޑޮލަރަށް ވިއްކާލުމަށެވެ. އެއީ ކޮންޓްރެކްޓް ހަމަވުމަށް ފަހު، އެމްބާޕޭ ކްލަބް ބަދަލުކުރާނަމަ ޕީއެސްޖީ އަތުން މޮޅު ކުޅުންތެރިއެއް ގެއްލޭނީ އެއްވެސް ފީއެއް ނެތި ކަމަށްވާތީ، އޭގެ ބިރުން ސަލާމަތްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox