ޕެރިސް (ޖުލައި 31) - ނިއުކާސަލް ޔުނައިޓަޑަށް ކުޅެމުންދިޔަ ފްރާންސްގެ ވިންގާ އެލަން ސެއިންޓް މެކްސްއިމިން އެ ކްލަބު ދޫކޮށް، ސައުދީގެ އަލް އަހްލީ އަށް ބަދަލުވެއްޖެ އެވެ.
ސެއިންޓް މެކްސްއިމިން، 26، އަކީ ޔޫރަޕްގެ ބޮޑެތި ލީގުތައް ދޫކޮށް، ބޮޑު އަގުގައި ސައުދީ ޕްރޯ ލީގަށް ބަދަލުވަމުންދާ ލިސްޓަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ތަރިން ކަމަށްވާ ރިޔާދު މަހްރޭޒާއި ރޮބާޓޯ ފިރްމީނިއޯ އާއި އެޑުއާޑް މެންޑީ އާއި ޖޯޑަން ހެންޑަސަން އާއި ރޫބެން ނެވޭސް އަދި އެންގޯލޯ ކާންޓޭ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.
ނިއުކާސަލްގެ ސަޕޯޓަރުންގެ މެދުގައި މަޤްބޫލު ކުޅުންތެރިއެއް ކަމަށްވާ ސެއިންޓް މެކްސްއިމިން ،26، އެ ކްލަބާ ގުޅުނީ 2019 ވަނަ އަހަރެވެ. ނިއުކާސަލް އަށް ކުޅުނު 111 މެޗުގައި އޭނާ ވަނީ 12 ލަނޑު ޖަހައިފައެވެ.
އަލް އަހްލީ އަށް ސެއިންޓް މެކްސްއިމިން ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އަލް އަހްލީ އާއި ނިއުކާސަލް ވެސް ހިންގަނީ ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީ.އައީ.އެފް) އުންނެވެ.
ރިޕޯތްތަކުން ބުނާގޮތުގައި ސެއިންޓް މެކްސްއިމިއަންގެ ޓްރާންސްފާ ފީ ހާމަނުކުރާއިރު، ފައިނޭންޝަލް ފެއާ ޕްލޭޣެ ގަވައިދަށް ނިއުކާސަލް ފެއްތުމަށް، މި ޓްރާންސްފާ ފީގެ އަގު އޮޅުވާލުމުގެ ފުރުސަަތު އެބައޮތެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއުކާސަލް ދޫކޮށްލުމަކީ ސެއިން މެކްއިމިއަން އަދި އެ ކްލަބުން ވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު، ފައިނޭންޝަލް ގަވައިދުތަކަށް ޓީމު ފެއްތުމަށް، ތަރިއެއް ވިއްކާލަން ނިއުކާސަލް އަށް މަޖުބޫރުވީއެވެ.












