ސައުދީ އަރަބިއްޔާ އިން ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފި: ގާޑިއޯލާ

Jul 30, 2023, 8:39 AM
ސައުދީ އަރަބިއްޔާ އިން ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފި: ގާޑިއޯލާ

ލަންޑަން (ޖުލައި 30) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބްތަކުން ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސައުދީ އަރަބިއްޔާގެ ކްލަބްތަކަށް ބަދަލުވެފައިވާއިރު، އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި އަލްޖީރިއާގެ ތަރި ރިޔާދު މާރޭޒް ވެސް ހިމެނެ އެވެ.

މިދިޔަ ސީޒަނުގައި ތިން މުބާރާތު (އެފްއޭ ކަޕް، އިނގިރޭސި ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގު)ގެ ތަށި ހޯދި ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މި އަހަރު ކުރީކޮޅުގައި އެންމެ ފުރަތަމަ ސައުދީ ލީގަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދިއުމަށް ފަހު، މިހާރު މުޅި މާކެޓް އޮތީ ބަދަލުވެފައި ކަމަށެވެ.

"ޔަގީންކަމެއް އެއީ، ސައުދީ އަރަބިއްޔާ އިން ޓްރާންސްފާ މާކެޓް ބަދަލުކޮށްލައިފި، ފުރަތަމަ ދިޔައީ ކްރިސްޓިއާނޯ ރޮނާލްޑޯ، މިހާރު މަޝްހޫރު އެތަށް ކުޅުންތެރިއަކު އެ ދިޔައީ އެ ލީގަށް، އަހަންނަށް އަދިވެސް އެބަ ފެނޭ ގިނަ ކުޅުންތެރިންތަކެއް އެ ލީގަށް ބަދަލުވާނެތަން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މިއީ ކަންބޮޑުވުމެއް އޮވެގެން ނޫނީ ޖެހިލުންވެގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި މި ވަގުތު ފެންނަން އޮތް ހަގީގަތެއްގެ މައްޗަށް ބަލަައި، ބުނާ އެއްޗެއް ކަމަށެވެ.

ސައުދީން ވަރުގަދަ ލީގެއް ކުޅެން ކުރާ މަަސައްކަތުގައި މިހާރު ވެސް ކާމިޔާބު ހޯދައިފި ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ. އޭނާ ބުނީ ދެން މީގެ އޮތް ގޮތަކީ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެ ލީގު ވަރުގަދަކޮށް ބޭއްވުން ކަމަށެވެ.

ފުޓްބޯޅައިގައި މި ވަގުތު އެންމެ ނުފޫޒު ބޮޑީ ފައިސާގެ ބާރު އޮންނަ ޓީމުތަކާއި ގައުމުތަކުގެ ލީގުތައް ކަމަށް ބުނެ، ކުރި ސުވާލަށް ގާޑިއޯލާ ބުނީ އިންވެސްޓްމަންޓެއް ނުކޮށް އެއްވެސް ކަމެއްގައި ކުރިއަށްނުދެވޭނެ ކަމަށާއި ދުނިޔޭގެ ހުރިހާ ދިމާލެއްގައި ވެސް އޮތީ އެ ހަގީގަތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox