ބުރުގާ އަޅައިގެން މެޗު ކުޅެ، މޮރޮކޯ ބެންޒީނާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ތާރީހުގެ ތެރެއަށް

Jul 30, 2023, 8:14 AM
ބުރުގާ އަޅައިގެން މެޗު ކުޅެ، މޮރޮކޯ ބެންޒީނާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ތާރީހުގެ ތެރެއަށް

އެޑަލެއިޑް (ޖުލައި 30) - ފީފާ ވިމެންސް ވޯލްޑް ކަޕްގައި އިއްޔެ މޮރޮކޯ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގައި ބުރުގާ އަޅައިގެން ކުޅެ، މޮރޮކޯގެ ނުހައިލާ ބެންޒީނާ ވިމެންސްގެ ވޯލްޑް ކަޕްގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ބެންޒީނާ އަކީ ބުރުގާ އަޅައިގެން ވޯލްޑް ކަޕްގެ މެޗެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެެވެ.

ފީފާ އިން ކުރިން ބުރުގާ އަޅައިގެން ކުޅުން މަނާކުރިޔަސް، އެ ގަވައިދު ބަދަލުކޮށް، ބުރުގާ އަޅައިގެން ކުޅުމުގެ ހުއްދަ ދިނީ 2014 ވަނަ އަހަރެވެ.

ވޯލްޑް ކަޕްގެ މެޗެއްގައި ބުރުގާ އަޅައިގެން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ބެންޒީނާ ،25، އަކީ މޮރޮކޯގައި ކްލަބު ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެކެވެ.

އަލް ޖަޒީރާއާ ވާހަކަދައްކަމުން ބެންޒީނާ ބުނީ މިއީ އޭނާ އަށް ވަރަށް "ފަހުރުވެރި ވަގުތުކޮޅެއް" ކަމަށެވެ.

"ފާއިތުވި އަހަރުތަކުގައި ވަރަށް ބުރަ މަސައްކަތްތަކެއްކުރެވިއްޖެ. އަހަރަމެންގެ އުންމީދަކީ ރަނގަޅު ފެންވަރެއްގައި ކުޅެ، މޮރޮކޯގެ ރައްޔިތުން ހިތްހަމަޖެހޭ ނަތީޖާތަކެއް ނެރުން،" ބެންޒީނާ ބުންޏެވެ.

ގިނަ ކުޅިވަރުތަކަކުން ވަނީ މި ފަހަކަށް އައިސް ބުރުގާ އަޅައިގެން ކުޅުމުގެ ހުއްދަ ދީފައެވެ. އެހެން ނަމަވެސް އަދިވެސް ފްރާންސްގައި ރަސްމީ މެޗުތަކުގައި ބުރުގާ އަޅައިގެން ކުޅުމަކީ މަނާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox