ގްރީން ސްޓްރީޓްސް އަތުން އީގަލްސް އަށް ބޮޑު މޮޅެއް

Jul 29, 2023, 9:37 PM
އީގަލްސްގެ ފޭދޫ އިއްބެ މެޗެއްގެ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސްގެ ފޭދޫ އިއްބެ މެޗެއްގެ ތެރެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އަތުން އީގަލްސް އިން 6-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ..

މި މޮޅާ އެކު އީގަލްސް އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ވެލެންސިއާ ޓީމު ހަމަނުވުމުން މިއަދު ހަވީރު މާޒިޔާ އަށް ވަނީ މެޗު ލިބިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ، ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ގްރީން ސްޓްރީތްސް އަތުން އީގަލްސް ހޯދި މޮޅާ އެކު އެ ޓީމަށް ވަނީ ހަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ވަނީ ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން މެޗުގެ 12 ވަަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ ބްރެޒިލްގެ ފޯވާޑް އިވާން ކާލޯސް ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، އިސްމާއިލް އީސާ (މެސީ) އީގަލްސްގެ ލީޑުފުޅާކޮށްދިނެވެ.

އީގަލްސް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 37 ވަނަ މިނިޓްގަ އެެވެ، މި ލަނޑު ޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނިޓްގައި، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހި އެވެ.

ދެ ވަނަ ހާފުގައި އީގަލްސް އިން އަނެއް ދެ ގޯލު ޖެހީ ތިން މިނިޓްގެ ތެރޭގަ އެވެ. އެ ގޮތުން، 66 ވަނަ މިނިޓްގައި އިވާން ކާލޯސް ވަނީ އީގަލްސްގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، އީގަލްސްގެ ފަހު ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ހާމިދު އެވެ. މި މެޗުގެ ނަތީޖާއާ އެކު ގްރީން ސްޓްރީޓްސް ލީގުގެ ހަތް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ.

ލީގުގައި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފަށާ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox