ކެބިނެޓަށް ފުރަތަމަ އައްޑޫ މީހަކު ނުލުމުން ނަޝީދުގެ ފާޑުވިދާޅުވުން

ރައީސް ނަޝީދު އަދި އިލްޔާސް ލަބީބް; މި ސަރުކާރުން އައްޑުއަށް ތަރައްގީ ނުގެންނާތީ ދެ ބޭފުޅުން ވެސް ފާޑުވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

ރައީސް ނަޝީދު އަދި އިލްޔާސް ލަބީބް; މި ސަރުކާރުން އައްޑުއަށް ތަރައްގީ ނުގެންނާތީ ދެ ބޭފުޅުން ވެސް ފާޑުވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ފުރަތަމަ އެކުލަވާލިއިރު, އައްޑޫގެ އެއްވެސް ބޭފުޅަކު ހިމަނުއްވާފައި ނުވާތީ ރައްޔިތުންގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑިމޮކްރެޓްސްގެ ފޭދޫ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ސޯލިހުގެ ސަރުކާރުން އައްޑުއަށް އިހުމާލުވެފައިވާ ކަމަށެވެ.

ނަޝީދު އައްޑޫ ސިޓީ ތަރައްގީ ނުކޮށް, ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް މި ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް, މި ސަރުކާރުން ވަނީ އައްޑޫފަދަ އާބާދީ ބޮޑު ތަނަކަށް އިހުމާލުވެފަ ކަމަށެވެ. ކެބިނެޓް ފުރަތަމަ އެކުލަވައިލެއްވި އިރު އައްޑޫ ބޭފުޅަކު ނުހިމެނުއްވުމަކީ އެފަދަ އިހުމާލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ކެބިނެޓް ފުރަތަމަ އެކުލަވާލިއިރު, އައްޑޫ ބޭފުޅަކު ހިމަނުއްވާފައެއް ނުވެ އެވެ. ނަމަވެސް ދައުރުގެ މެދުތެރެއިން, ކެބިނެޓުގެ ބައެއް ވަޒީރުން ބަދަލު ކުރެއްވިއިރު, އައްޑޫއަށް ނިސްބަތްވާ އައިޝަތު ޝައުނާ, އެންވާރަމަންޓް މިނިސްޓަރު ކަމުގައި ކެބިނެޓުގައި ހިމެނުއްވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ކުޑަ ރަށްރަށަށް ބޭނުންވާ ކަންކަން ނުކުރާ ވާހަކައެއްް ނޫން. އެކަމަކު އަހަންމިއްޔަތުކަމެއް, ހާއްސަކަމެއް ދޭން އެބަޖެހޭ ބޮޑެތި އާބާދީތަކަށް" އިންސާފުވެރިކަމާއެކު ގިނަ ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ އެހެންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގިނަ ދިވެހި ރައްޔިތުންނަށް ފައިދާއެއް ވާނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް ދައުލަތުގެ އާމްދަނީން ބޮޑުބައެއް ހަރަދުކޮށްގެން ކަމަށެވެ.

ކުޑަ ރަށެއް, ބޮޑު ރަށެއް ބާކީނުކޮށް, ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެ މަގުން, ސަރުކާރުން ދަނީ ރާއްޖޭގެ ކުދި ރަށްތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ނަމަވެސް ރައީސް ސޯލިހާ ދެކޮޅަށް އެމްޑީޕީގެ ޕްރައިމަރީގައި ނިކުންނެވި ފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ, ބޮޑެތި އާބާދީތަކަށް އިސްކަން ދީގެން ރާއްޖެ ތަރައްގީކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރަށް ނަޝީދުގެ ފާޑުކިއުން އަމާޒުކުރެއްވިއިރު, ރައީސް ސޯލިހު ވެސް ވަނީ އައްޑުއަށް ކުރެއްވި ދަތުރުފުޅެއްފައި ނަޝީދުގެ ސަރުކާރުން އައްޑުއަށް ކޮށްދެއްވި ކަންކަމަށް ފާޑު ވިދާޅުވެފަ އެވެ.

މިއަހަރު ޖެނުއަރީގައި އައްޑުއަށް ވަޑައިގެން ރައީސް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކަމަށެވެ. އަދި އޭރު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް އައްޑޫއަށް ގެނައީ 'އުފުރާލެވޭ' ތަރައްގީ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރީ ސަރުކާރުން އެބަހުރި ޕްރޮޖެކްޓުތައް ހިންގަން އުޅެފައި، މި ސިޓީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ނަމުގައި ކަންތައްތަކެއް ހިނގި، އެހެންނަމަވެސް ކިހިނެއްތޯވީ، ކިތައް އަހަރު އެކަމުގައި ހޭދަކުރަން ޖެހުނުތޯ،" ނަޝީދު ވެރިކަމުގައި ފެށި އެ މަޝްރޫއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ދަތުރުފަތުރުގެ ނިޒާމު ފަށަން ނަޝީދުގެ ވެރިކަމުގައި ކުރި މަސައްކަތަށް ވެސް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެކަން ވެސް ވީ ސަރުކާރަށް ބޮޑު ބުރައެއް އުފުލަން ޖެހުނު "ސަކަރާތްގަނޑަކަށް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox