އިލްޔާސް އާއި ނަޝީދު މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު (ވ) : ރިޔާސީ ކެންޑިޑޭޓުގެ ފުރަތަމަ ދަތުރު މިއަދު އައްޑޫއަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު (ވ) : ރިޔާސީ ކެންޑިޑޭޓުގެ ފުރަތަމަ ދަތުރު މިއަދު އައްޑޫއަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި މިއަދު އައްޑޫއަށް ވަޑައިގަންނަވާނެ އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި އިލްޔާސް އަދި ނަޝީދު އައްޑޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 6:00 ގަ އެވެ. އެ ޕާޓީން މިހާރު ދަނީ ރިޔާސީ ކެންޑިޑޭޓުގެ ފުރަތަމަ ދަތުރަށް ތައްޔާރުވެ އައްޑޫއިން ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުންނެވެ.

އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކާމިޔާބުކުރެއްވީ އިއްޔެ ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވޯޓުލީ ޖުމްލަ 3،203 މީހުންގެ ތެރެއިން 3،041 މީހުން ވޯޓު ހޯއްދަވައިގެންނެވެ. އެ ޕްރައިމަރީއަށް ކުރިމަތިލެއްވީ އިލްޔާސް އެކަންޏެވެ.

Advertisement

ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 153 ވޯޓެވެ. އަދި ބާތިލް ނުވަ ވޯޓު ވެސް ލާފައިވެ އެވެ. އެހެންކަމުން އިލްޔާސްއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ ތެރެއިން 94 ޕަސެންޓު މީހުންގެ ތާއީދާއެކު އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު، ޑިމޮކްރެޓްސްގެ ރަނިންމޭޓު އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފޯމު ލާނެ ތާރީހެއްވެސް އިއުލާނެއް ނުކުރެ އެވެ.

ޑިމޮކްރެޓްސް އަކީ، މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ފިޔަވަޅު އަޅަން ފެށުމުން އުފެއްދި ޕާޓީއެކެވެ.

އެ ޕާޓީ އުފައްދަން ފެށި މަސައްކަތާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރި އެވެ. ގިނަބަޔަކު ހީކުރީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވާނީ ނަޝީދު ކަމަށެވެ. ނަމަވެސް ނަޝީދު ވަނީ ޒުވާން ލީޑަރަކު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގެންފަ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕާޓީތަކުން އިއުލާންކުރި ކެންޑިޑޭޓުންނަކީ އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އޭގެ ތެރެއިން ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދެމިއޮތްހާ ހިނދަކު ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox