އައްޑޫ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުމުގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިތީ ހިތަދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމުއާއި އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީގެ އިތުުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

ހިތަދޫގައި ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލު ހިންގި ބިމުގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ މިދިޔަ މާޗު، 24 ގަ އެވެ. 55.52 މިލިއަން ރުފިޔާގެ އެ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީއެއް ހިމެނޭނެ އެވެ.

އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވނީ -- ފޮޓޯ: ރައީސް އޮފީސް
އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވނީ -- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގައި އިސްލާމީ މަރުކަޒެއް އަޅައިދިނުމުގެ ވައުދަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ވީ ވައުދެކެވެ. އަދި އޭގެފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް އެ މަރުކަޒުގެ ވާހަކަ ދެކެވުނެވެ.

އެއަށްފަހު މިހާރުގެ ރައީސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އެ ވައުދު އަލުން ވެލެއްވި އެވެ. މިއަދު ބިންގާ އެޅި އެ މަރުކަޒުގެ މަސައްކަތް، މިއަދުން ފެށިގެން 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.

އައްޑު އަތޮޅު ހުރިހާ ރަށެއްގެ އިދާރީ މަސައްކަތްތައް ބަލަހައްޓަމުން ދަނީ ހިތަދޫގަ އެވެ. އެ ރަށަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށް ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox