ދިރުވާލައިގެން ކިލޯއަކަށް ވުރެ ގިނަ ޑްރަގު އެތެރެކުރި ނޭޕާލްގެ ދެ މީހަކު އަތުލައިގަނެފި

Oct 19, 2026, 8:57 PM
އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަނެފަ ހުރި ޑްރަގުތައް ނައްތާލަނީ: މި މައްސަލައިގައި ހިމެނޭ ދެ މީހުން ތިން ބާވަތެއްގެ ޑްރަގު ގެނައި --- އަދަދު ފައިލް ފޮޓޯ

އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަނެފަ ހުރި ޑްރަގުތައް ނައްތާލަނީ: މި މައްސަލައިގައި ހިމެނޭ ދެ މީހުން ތިން ބާވަތެއްގެ ޑްރަގު ގެނައި --- އަދަދު ފައިލް ފޮޓޯ

ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރަކު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ. 

ކަސްޓަމްސްއިން ބުނި ގޮތުގައި މި މީހުން އަތުލައިގަތީ މިދިޔަ މަހުގެ 25 ގައި އެވެ. އެ އިދާރާއިން މި މައުލޫމާތު ހާމަކޮށްފައި މި ވަނީ ހާދިސާ ހިނގިތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. 

ކަސްޓަމްސް އިން ބުނި ގޮތުގައި، މި ދެ މީހުންގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ޖުމްލަ 142 ބުލެޓް ފެނުނެވެ.  އޭގެ ތެރޭގައި ތިން ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. އެއީ 51.6 ގްރާމްގެ މޯފިން އާއި، 424 ގްރާމްގެ ކޮކެއިންގެ އިތުރުން 708.2 ގްރާމްގެ ހެރޮއިންނެވެ.

Advertisement

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ނުވަތަ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުއްޓެވެ. މިއީ މަސްތުވާތަކެތީގެ ގާނޫނަށް މި ފަހުން ގެނައި ބަދަލުގެ ދަށުން މަރުގެ އަދަބު އިއްވޭހާ ބައިވަރު ޑްރަގެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ރަސްމީ އިދާރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ 40 އަހަރުގެ އަންހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ. 

މި އަހަރުގެ ޖުލައި މަހުގެ ފަހުން ވެސް މިފަދަ މައްސަލައެއްގައި ޖެމެއިކާގެ މީހަކާއި ދިވެއްސަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ފަސިންޖަރުންތަކެއް 5.5 ކިލޯގެ ކެނެބިސް އެތެރެކުރަން އުޅެނިކޮށް ވެސް އަތުލައިގަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox