ދެން ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

Oct 19, 2026, 9:33 PM
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ): އޭނާ ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ ތެރެއަށް ނުފޫޒީ ފޯރަމުން އަންނަ ކަމަށް -- ފައިލް ފޮޓޯ: މިރާން ނާޝިމް/ އަދަދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ): އޭނާ ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ ތެރެއަށް ނުފޫޒީ ފޯރަމުން އަންނަ ކަމަށް -- ފައިލް ފޮޓޯ: މިރާން ނާޝިމް/ އަދަދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށިއްޖެ ނަމަ، ރާއްޖޭގެ ގާނޫނުތައް ވެސް ހަދަން ޖެހޭނީ އެ ކުންފުނިން އަންގާ ގޮތަށް ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ، މި މަޝްރޫއުގެ ނުފޫޒު މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރަން ފުރުސަތު ނުދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ކުއްލި ބަދަލުތަކެއް ގެންނަން އުޅޭ މައްސަލައަށް އޭނާ އިޝާރާތް ކުރެއްވި އެވެ.

Advertisement

"މިއީ އަދި އީގަލް ހިލްސް ރާއްޖޭގައި ނުފަށާ މި އުޅެނީ. މިއީ ނުފޫޒު އަންނަ ހިސާބެއް. މާދަމާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދާނީ ރައްޔިތުން ބުނާ ގޮތަކަށް ނޫން. އެ މީހުން ބުނާ ގޮތަކަށް އަޅުގަނޑުމެން ގާނޫނު ހަދަންޖެހޭނީ. އެއީ މިކަން ހިނގާނެ ގޮތް. އޭގެ ކުޑަކުޑަ މިސާލެއް މިއަދު މި ފެންނަނީ،" ޒިޔާދު ވިދާޅުވި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒިޔާދު އިތުރަށް ވިދާޅުވީ، މިއީ ދޮގަކުން ފެށިގެން އައި ކަމެއް ކަމަށެވެ. ސަރުކާރުން ފުރަތަމަ ބުނީ ބިމުން އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށެވެ. ނަމަވެސް މިހާރު 500 ހެކްޓަރު ދޭން ޖެހިފައިވާ ކަމަށާއި، އެއީ ހުޅުމާލޭގެ ދެ ފޭސް ވަރުގެ ބޮޑު ސަރަހައްދެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޒިޔާދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިކުރުވުމެވެ. އޭނާ ވިދާޅުވީ މިއީ ރިސޯޓުތައް ކުއްޔަށް ދޭ އުސޫލުން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ބޭރު ބަޔަކު އައިސް މިތަނުގައި ދިރިއުޅެން ފެށުން ކަމަށެވެ.

އެގޮތަށް ބަޔަކު ވަޒަންވެރިވުމުން އެ މީހުންގެ އަމިއްލަ ސްކޫލްތަކާއި، އެ މީހުން އަޅުކަންކުރާ ގޮތަށް އަޅުކަންކުރުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން މި ދައްކަނީ ވަރަށް އާދައިގެ ވާހަކައެއް ކަމުގައި ބައެއްފަހު ހީވެދާނެ. އެހެންނަމަވެސް ދިރިއުޅެން ފެށުމުގެ ކުރިއަށް އަޅުގަނޑު މި ދަންނަނީ މަޖިލީހުގައި އޮތް ގަރާރަށް އޮއްވާ މިއަދު އޭގެ ޒާތުގައި އޮތީ އޭގައި ނުކުމެފައި މަޖިލީހުގައި ދެން އެޖެންޑާ ބަދަލުކުރަން އެއްވެސް ގޮތެއް ނޯންނާނެ،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި މިހާރު ވެސް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ކުރާ ކުދިކުދި ކަންތައްތައް ނުހުއްޓުވޭ އިރު، މަލްޓި މިލިއަނަރުން އައިސް ވަޒަންވެރިވުމުން ކަންތައްތައް ވާނެ ގޮތާ މެދު ސުވާލު އުފެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox