ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

(ވ-ކ) ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ، އެ ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު، ޑރ. އަލީ ޒާހިރު -- ފޮޓޯ: ސޯޝަލްމީޑިއާ

(ވ-ކ) ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން މޫސާ ފިކުރީ، އެ ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު، ޑރ. އަލީ ޒާހިރު -- ފޮޓޯ: ސޯޝަލްމީޑިއާ

ރަސްމާލެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ތައްޔާރު ކުރި ތަހުގީގީ ދިރާސާއެއްގައި ބުނެފައި ވަނިކޮށް އެ ޖަމިއްޔާގައި ތިއްބެވި ސަލަފުގެ އިސްވެރިން އެ ހަރަކާތުން ވަކިވެއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އިލްމުވެރިންގެ ގުޅުމުން ވަކިވެފައި ވަނީ ސަލަފް ޖަމިއްޔާގެ ރައީސް، އަބްދުﷲ މުހައްމަދު އާއި އެ ޖަމިއްޔާގެ ތަރުޖަމާނު ހަސަން މޫސާ ފިކުރީ އަދި، ޑރ. ޒާހިރު އާއި އެވެ. އޭގެ ތެރެއިން، ސަލަފްގެ ރައީސް އަބްދުﷲ އަކީ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދުގެ ބޭބޭ އެވެ.

އިލްމުވެރިންގެ ގުޅުމުން އެ ބޭފުޅުން ވަކިވެވަޑައިގެންނެވި ސަބަބު ސާފު ކުރުމަށް ސަލަފުގެ ރައީސް އަށާއި ތަރުޖަމާނަށް ގުޅުއްވުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

އެ ބޭފުޅުން އިލްމުވެރިންގެ ގުޅުމުން ވަކިވެފައިވާއިރު، ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ސަލަފް ޖަމިއްޔާއިން ވެސް ދަނީ މައުލޫމާތު ހޯދައި ދިރާސާކުރަމުންނެވެ. ނަމަވެސް، އެ ޖަމިއްޔާއިން އެކަން ދިރާސާކުރާ ކަމަށް ބުނިފަހުން މިއަދަށް ވަނީ ތިން ހަފުތާވެފަ އެވެ. ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި ހިނގާ މި ބާވަތުގެ ކަންކަމާ ގުޅޭގޮތުން މީގެ ކުރިން ވަރަށް އަވަހަށް ބަސްބުނާ ޖަމިއްޔާ އެކެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން ނިންމި ނިންމުން އިލްމުވެރިންގެ ގުޅުމުގެ ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހު މެންބަރުންނަށް ފޮނުވާފައިވާ ދިރާސާ ޑްރާފްޓުގައި ބުނެފައި ވަނީ، ކާފަރުންނާއެކު ވިޔަފާރިކޮށް ގުޅުން ބަދަހި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ.

ރަސްމާލެ ޕްރޮޖެކްޓުގައި މިވަގުތު އެ ޝަރުތުތައް ހަމަނުވާ ކަމަށް ފާހަގަކޮށް އެ ދިރާސާގައި ބުނެފައި ވަނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓުވުމަކީ ސަރުކާރުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ. 

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

މުސްލިމް ނޫން ބޮޑު އާބާދީއެއް މާލެ ކައިރީ ވަޒަންވެރިވެ ދިރިއުޅެން ފެށުމުން ދީނީ ގޮތުން އެތައް ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.

"ދީނީ ގޮތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ފައްޅިއެއް އެޅުމެއް ނުވަތަ ލާދީނީ ފެސްޓިވަލްތައް  ބޭއްވުމެއް ނޫން. ދީނީ ގޮތުން އެންމެ ބޮޑު ނުރައްކަލަކީ ރިސޯޓުތަކުގައި އުޅެވޭ ގޮތަށް ބިދޭސީ 30،000 މީހުންގެ އާބާދީއެއް ވެރި ރަށް މާލެ ކައިރީ ގާއިމް ކުރުން،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި އެ ޕޮއިންޓަށް ވެސް ވަނީ އަލިއަޅުވާލައިފަ އެވެ. ހައިބަރު އެގްރިމެންޓާ ހަވާލާދީ އެ ދިރާސާގައި ބުނެފައި ވަނީ މުސްލިމުންގެ ބިމެއް ތާއަބަށް ނުވަތަ ނިމުމެއް ނުވާ އެގްރިމެންޓެއްގެ ދަށުން ދޫކޮށްލުން ހުއްދަ ނުވާނެ ކަމަށެވެ. 

ހައިބަރު އެގްރިމަންޓަކީ ހިޖުރައިން ހަތް ވަނަ އަހަރު މުސްލިމުން ޔަހޫދީންނާއެކު ކުރި ހަނގުރާމައަށްފަހު އެކުލަވައިލި އެގްރިމެންޓެވެ. އެ އެގްރިމެންޓުގެ ދަށުން ޔަހޫދީންނަށް ހައިބަރުގައި އުޅުމުގެ ހުއްދަ ދިނެވެ. ނަމަވެސް އެގްރިމެންޓު ހެދީ މުސްލިމުން ބޭނުންވެ ހިނދެއްގައި ޝަރުތަކާ ނުލާ އެގްރިމެންޓު އުވާލެވޭނެ ގޮތަށެވެ. 

"ހައިބަރު އެގްރިމެންޓުގެ ދަށުން ބިން އޮތީ މުސްލިމުންގެ އަތުގައި، މުސްލިމުންގެ ބާރުވެރިކަމުގެ ދަށުގައި،" އެ ދިރާސާގައި ބުނެފައިވެ އެވެ. 

އިލްމުވެރިންގެ ގުޅުމުން ތައްޔާރު ކުރި ދިރާސާ، އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި 160 އަށް ވުރެ ގިނަ އިލްމުވެރިންނަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެ ކަރުދާސް ފައިނަލްކޮށް، އާންމު ކުރާނީ އިލްމުވެރިންގެ ފީޑްބެކް ހިމެނުމަށްފަހު އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. 

ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި ނޮވެމްބަރު 11، ގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox