މާލޭން ހިޖުރަކުރާނަމަ މާލީ އެހީ އާއި ގެދޮރު ދޭން ޑިމޮކްރެޓުން ވައުދު ވެއްޖެ

ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު އިލްޔާސް ލަބީބް؛ އެ ޕާޓީގެ ލާމަރުކަޒީ ސިޔާސަތުތައް މިރޭ ލޯންޗުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު އިލްޔާސް ލަބީބް؛ އެ ޕާޓީގެ ލާމަރުކަޒީ ސިޔާސަތުތައް މިރޭ ލޯންޗުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލެ ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރާ ފަރާތްތަކަށް މާލީ އެހީ އާއި ބޯހިޔާވަހިކަން ދިނުމަށް ދަ ޑިމޮކްރެޓްސްއިން ކަނޑައަޅައި، އެ ޕާޓީގެ "ލާމަރުކަޒީ ބަދަލު"ގެ ސިޔާސަތު މިރޭ ތައާރަފުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސްގެ މި ސިޔާސަތު 50 އަށް ވުރެ ގިނަ ރަށުގައި މިރޭ ވަނީ ތައާރަފުކޮށްފަ އެވެ.

މި ސިޔާސަތުގައި މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ ބޭނުމުގައި، އާބާދީ އެހެން ސަރަހައްދުތަކަށް ބަހައިލުމަށް ބާރު އެޅުމެވެ. ނަމަވެސް ބޯހިޔާވަހިކަން ދޭނެ އުސޫލާއި އަލަވަންސްގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ސެޓުލްމެންޓު އެލަވަންސް"ގެ ގޮތުގައި މާލީ އެހީ ދިނުމުގެ އިތުރުން ޑިމޮކްރެޓުންގެ މި ސިޔާސަތުގައި، ރާއްޖޭގެ އެކި ސަރަހައްދުތައް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކޮށް، ބައެއް ރަށްތައް "ސްމާޓް ސިޓީ" ތަކަށް ބަދަލުކުރަން ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތައް ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދުތަކެއް ބަޔާނެއް ނުކުރެ އެވެ.

އާބަން ސެންޓަރުތަކުގެ ބޭނުމަކީ ވެސް މާލެ ސަރަހައްދަށް ޖަމާވެފައި އޮތް އާބާދީ އާއި މަސައްކަތްތަކާއި ވަޒީފާތަކާއި އިމާރާތްތަކާއި ބާރުތައް އެ ސެންޓަރުތަކަށް ބަހައިލުމެވެ.

ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ކަށަވަރު ވާނެ ގޮތަށް ރަށު އަދި އަތޮޅު އިހުތިސޯސްގެ ހަމަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި ކައުންސިލްތަކުން ދަރަނި ނެގުމުގެ އުސޫލު ވެސް ގާނޫނު އަސާސީގައި ކަނޑައެޅުމަށް މި ސިޔާސަތުގައިވެ އެވެ.

ލާމަރުކަޒީ ބަދަލުގެ ސިޔާސަތުގައި ކައުންސިލްތައް ބާރުވެރި ކުރުވުމަށް ބައެއް ކަންކަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ ދައުރުގެ މެދު ތެރެއިން ވެސް މެމްބަރު ވަކި ކުރެވޭނެ ގާނޫނީ އިޖުރާއަތެއް ގެނައުމަށް ގާނޫނު އިސްލާހު ކުރަން ސިޔާސަތުގައި ލިޔެފައިވެ އެވެ.

ކައުންސިލްތައް ބާރުވެރިކުރަން ކަނޑައަޅާފައިވާ ކަންކަން

  • ކައުންސިލެއް ނިސްބަތްވާ ރަށުގެ ޖީޑީޕީގެ 60 ޕަސެންޓްއާ ހަމައަށް ސޮވެރިން ޑެޓް ނެގޭނެ ފުރުސަތު ފަހިކޮށްދިނުން
  • މީހުން ދިރިއުޅޭ ރަށްރަށުން ނެގޭ ގްރީން ޓެކްސްގެ 100 ޕަސެންޓް އެއްކޮށް އެ ރަށެއްގެ ގްރީން ފަންޑަށް ލިބުން
  • އަތޮޅު ރިސޯޓްތަކުން ނެގޭ ގްރީން ޓެކްސްގެ 50 ޕަސެންޓް އެ އަތޮޅެއްގެ ގްރީން ފަންޑަށް ލިބުން
  • އަތޮޅު ރިސޯޓް އަދި ސިނާއީ ރަށްރަށުގެ ބިމުގެ ކުލީން ކައުންސިލްތަކަށް މިހާރު ދޭ 40 ޕަސެންޓްގެ ބަދަލުގައި އެ ނިސްބަތް 50 ޕަސެންޓަށް ބޮޑުކުރުން
  • އެ ރަށަކަށް ނިސްބަތްވާ ވިޔަފާރިތަކުން ދައުލަތަށް ލިބޭ މުދަލާއި ހިދުމަތުގެ އާމްދަނީގެ 50 ޕަސެންޓް އެ ރަށަކަށް ދިނުން
  • ޔުޓިލިޓީ އިންފްރާސްޓްރަކްޗާގެ މިލްކުވެރިކަން ކައުންސިލްތަކަށް ބަދަލުކުރުން

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމުގެ ޕްރައިމަރީ އޮތީ މި މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox