ޖޭޕީ އިސްވެ އޮންނަ ކޯލިޝަނެއް އެކުލަވާލަން އެމްއާރްއެމްއާ އެކު މަޝްވަރާ ފަށައިފި

ފާރިސް އާއި ގާސިމް; ދެ ޕާޓީ ގުޅިގެން އިންތިހާބަށް މަސައްކަތް ކުރުމުގެ މަޝްވަރާ ފަށައިފި -- ފޮޓޯ: ރައްޔާން/ އަދަދު

ފާރިސް އާއި ގާސިމް; ދެ ޕާޓީ ގުޅިގެން އިންތިހާބަށް މަސައްކަތް ކުރުމުގެ މަޝްވަރާ ފަށައިފި -- ފޮޓޯ: ރައްޔާން/ އަދަދު

ޖުމްހޫރީ ޕާޓީ އިސްވެ އޮންނަ ގޮތަށް އެމްއާރްއެމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފި އެވެ.

އެމްއާރްއެމާއެކު ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް, ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ގާސިމްގެ ކެމްޕޭން މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވީ, ބައްދަލުވުމުގައި, ދެ ޕާޓީގެ ސިޔާސަތުތަކާއި, ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ހުރި އެއްގޮތް ކަމާއި ތަފާތުކުރުންތައް އެއް ސަފުހާއަކަށް ގެންނަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ދެ ޕާޓީން މަޝްވަރާ ކުރަމުން ދަނީ އެއް ކެންޑިޑޭޓަކު ނެރުމަށްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަމީން ވިދާޅުވީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެފައިވާ ކަމަށާއި, މަޝްވަރާކުރަން ދެން އަންނާނީ ޖޭޕީގެ ކެންޑިޑޭޓެއްގެ ފަހަތަށް އަރާނެ ބަޔަކު ކަމަށެވެ.

Advertisement

"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް, ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާންކޮށް ޓިކެޓު އަރުވައި ހުރިހާ ކަމެއް ނިމިފައި މިއޮތީ. އުއްމީދު ކުރަނީ އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް އެކުގައި ކުރިއަށް ދިއުމުގެ ވާހަކަ ދައްކައިގެން, އެއް ޕޭޖަކަށް އާދެވޭ ގޮތަށް ވިސްނުން ބައްޓަންކުރަން ވާހަކަ ދައްކާނީ," ނަމަވެސް މިކަމުގައި ގޮތެއް ނިންމަން އަދި އަވަސްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެފަދަ ބޮޑު ނިންމުމެއް ނިންމަން ވަގުތު ނަގާނެ ކަމަށާއި, ފުރަތަމަ ބައްދަލުވުމުން އެކަމުގައި ގޮތް ނުނިމޭ ކަމަށެވެ.

ޖޭޕީއާއެކު މަޝްވަރާ ފަށާފައި މިވަނީ, އެމްއާރްއެމްގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ނެރުމަށް ވާންޖެހޭ ތައްޔާރީތައް އެ ޕާޓީގެ އެކްސޯ މެންބަރުން ކުރަމުން ދަނިކޮށެވެ.

އެމްއާރްއެމްގެ ފަރާތުން ވާދަކުރަން ނިންމާފައިވަނިކޮށް ޖޭޕީއާއެކު މަޝްވަރާ ފެށުމާ ގުޅޭގޮތުން ސުވާލުކުރުމުން ފާރިސް ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް, އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަކި އެނައުންސްމަންޓެއް އަދި ހަދާފައެއް ނުވާނެ. އެކަމަކު އެއީ ގާނޫނީ ވަގުތުތަކެއް ކަނޑައެޅިފައިވާ މަސައްކަތަކަށްވާތީވެ, އަޅުގަނޑުމެން ވެސް ތައްޔާރީތައްވުމުގެ ގޮތުން ބައެއް މަސައްކަތްތައް އެބަ ކުރަން." ފާރިސް ވިދާޅުވި އެވެ.

ފާރިސް ފާހަގަ ކުރެއްވި ގޮތުގައި, މިއަދު ޖޭޕީއާއެކު ކުރި މަޝްވަރާތަކުގައި ވަރަށް އުއްމީދީ މަންޒަރެއް ފެނިގެން ހިނގައްޖެ އެވެ. އަދި, މިކަމުގައި ރަސްމީ އަދި ނުރަސްމީކޮށް ވެސް އިތުރު މަޝްވަރާތައް ކުރަން ނިންމާފައިވާ ކަން ފާރިސް ހާމަކުރެއްވި އެވެ.

އެމްއާރްއެމާއި ޖޭޕީން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު, ޖޭޕީން ވަނީ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޑިމޮކްރެޓްސް އާއި އެމްއެންޕީގެ އިތުރުން ޕީޕީއެމާއެކު ވެސް މަޝްވަރާ ކޮށްފަ އެވެ. އަދި ޕީޕީއެމް ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ވެސް ކުރި އެވެ.

ނަމަވެސް, އެއްވެސް ޕާޓީއަކަށް އެއް ކެންޑިޑޭޓަކު ނެރުމާމެދު އެއްބަސްވުމަކަށް ނާދެވި, ހުރިހާ ޕާޓީތައް ވެސް ގެންދަނީ އަމިއްލައަށް ކެމްޕޭން ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox