ސަބިޓްޒާ ޑޯޓްމަންޑަށް، ޒަހާ ގަލަސަަތަރާއި އަށް

Jul 25, 2023, 5:44 AM
ސަބިޓްޒާ ޑޯޓްމަންޑަށް، ޒަހާ ގަލަސަަތަރާއި އަށް

އިސްތަންބޫލް، ތުރުކީ (ޖުލައި 25) - ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އައި ވިލްފްރިއެޑް ޒަހާ ތުރުކީގެ ގަލަސަތަރާއި އަށް ބަދަލުވިއިރު، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމަކުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު، މާސެލް ސަބިޓްޒާ، ބަޔާން މިއުނިކް ދޫކޮށް ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެއްޖެ އެވެ.

ޒަހާ، 30، ޕެލަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭނާ އަށް ސައުދީ އަރަބިއްޔާ އާއި އިޓަލީގެ ކްލަބްތަކުގެ ހުށަހެޅުން ލިބިފައިވަނިކޮށް ގަލަސަތަރާއިއާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިމިވަނީ ތިން މިލިއަން ޑޮލަރުގެ ބޯނަހަކާއި އަހަރަކު ފަސް ވަރަކަށް މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ.

ޒަހާ ވަނީ ޕެލަސްގެ ކުރިން ކާޑިފް ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ.

ބަޔާނުން ސަބިޓްޒާ، ޑޯޓްމަންޑަށް ވިއްކާލީ 21 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މެންޗެސްޓާ ޔުނައިޓެޑުން ސަބިޓްޒާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ލިބިފައި އޮތް ފުރުސަތު ދޫކޮށްލުމާ އެކު، ޑޯޓްމަންޑުން މި ވަނީ އޮސްޓްރިއާ ގައުމީ ޓީމުގެ ވައިސް ކެޕްޓަން، ސަބިޓްޒާގެ ސޮއި ހޯދައިފަ އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ވެސް ކުޅެފައިވާ ސަބިޓްޒާ، 29، ޑޯޓްމަންޑާ އެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox