ސިމް ގަނެވޭ ލިމިޓު ކަނޑައަޅައިފި: ދިވެއްސަކަށް 10 ކާޑު، ބިދޭސީންނަށް ތިނެއް

ސިމް ގަނެވޭ ލިމިޓު ކަނޑައަޅައިފި: ދިވެއްސަކަށް 10 ކާޑު، ބިދޭސީންނަށް ތިނެއް

ދިވެއްސަކަށް އެންމެ ގިނައިން ގަނެވޭނީ 10 ސިމް ކާޑު ކަމަށާއި ބިދޭސީއެއް ނަމަ ގަނެވޭނީ ތިން ސިމް ކާޑު ކަމަށް ކަނޑައަޅައި، ފޯނު ނަމްބަރު ދޫކުރުމާއި ނަމްބަރު ބޭނުންކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

އާ ގަވާއިދުގައި ވާގޮތުން ރާއްޖޭގައި ސިމް ކާޑު ދޫކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މޯބައިލް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށެވެ. އަދި ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރާއިރު އޮންނަން ވާނީ ބޭނުންނުކުރެވޭ ހާލަތު (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ގައި ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

މޯބައިލް ފޯނު ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތުގެ ގިނަ މައުލޫމާތުތަކެއް ސާވިސް ޕްރޮވައިޑަރަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ފުރިހަމަ ނަން، އުފަން ތާރީހު، ޕާސްޕޯޓު ނަމްބަރު ނުވަތަ ވޯކް ޕާމިޓް ނަމްބަރު އަދި ދިރިއުޅޭ އެޑްރެހާއި ދާއިމީ އެޑްރެސް ހިމެނެ އެވެ.

ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތުން ހުށަހަޅާ ކާކު ކަން އަންގައިދޭ މުއްދަތު ހަމަނުވާ ލިޔުންތަކުގެ ކޮޕީ ސާވިސް ޕްރޮވައިޑަރުގެ އަތުގައި ރައްކާކުރެވިފައި ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން އެ ރަޖިސްޓްރޭޝަން މަރުހަލާ ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ވެސް ސާވިސް ޕްރޮވައިޑަރަށް އޮންނާނެ އެވެ.

ގަވާއިދުގައި ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދުގެ އިތުރަށް އެއްވެސް ފަރާތަކުން ނަމްބަރު ބޭނުންވާ ނަމަ މަގުބޫލު ސަބަބެއް ބަޔާންކޮށް ކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅުމުން ހުއްދަ ދިނުމުގެ އިހްތިޔާރު އެ އޮތޯރިޓީއަށް އޮންނާނެ އެވެ.

އޭގެ އިތުރުން ގަވާއިދުގައިވާ އެއްވެސް މާއްދާއަކާ ހިލާފު ކަމެއް ސާވިސް ޕްރޮވައިޑަރު ނުވަތަ އެޖޭންޓަކުން ކޮށްފި ނަމަ، އެ ފަރާތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެކަން ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.

  • ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުމަށްފަހު އެކަން އެންގުން
  • ގަވައިދާ ހިލާފުވާ ދެވަނަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް އަންގައި 10،000ރ. އިން ޖޫރިމަނާކުރުން
  • ގަވައިދާ ހިލާފުވާ ތިންވަނަ ފަހަރު އެކަމެއް ރަނގަޅުކުރުމަށް އަންގައި 20،000ރ. އިން ޖޫރިމަނާ ކުރުން
  • ގަވައިދާ ހިލާފުވާ ތިންވަނަ ފަހަރު ނުވަތަ އެއަށް ވުރެ އިތުރުވާނަމަ، ކޮންމެ ފަހަރަކު 50،000ރ. ޖުރިމަނާކޮށް ފިޔަވަޅު އެޅުން

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ޝާއިއުކުރި ތާރީހުން ފެށިގެން އެއް މަސް ފަހުންނެވެ. އަދި ގަވާއިދަށް އަމަލުކުރަން ފެށުމަށްގަހު ކުރިން ދޫކޮށްފައިވާ ނަމްބަރުތައް ބޭނުން ކުރުމުގައި ވެސް އައު ގަވާއިދަށް އަމަލުކުރަންޖެހޭނެ އެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ނަމްބަރުގެ އަދަދު އިހުތިޔާރު ނުކުރާ ނަމަ، އެ އަދަދު މަދުކޮށް އިތުރުވާ ނަމްބަރުތަކުގެ ހިދުމަތް ކަނޑާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox