ެމެސީ ހުރީ ފުރަތަމަ އެގާރައިގައި ބޭނުންކުރެވޭހާ ފިޓްކޮށް

Jul 24, 2023, 8:02 PM
ެމެސީ ހުރީ ފުރަތަމަ އެގާރައިގައި ބޭނުންކުރެވޭހާ ފިޓްކޮށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 25) - އިންޓަ މިއާމީ އިން ދެން ކުޅޭ މެޗުގައި އެ ޓީމުގެ އާޖެންޓީނާ ތަރި، ލިއޮނަލް މެސީ، އަށް ފުރަތަމަ އެގާރައިގައި ކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޓަޓާ މާޓީނޯ ބުނެފި އެވެ.

ހިލޭ ޓްރާންސްފާއެއްގައި އިންޓަ މިއާމީ އަށް ބަދަލުވުމަށް ފަހު، މެސީ، 36، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ. އެކަމަކު، އެ މެޗުގައި ވެސް މެސީ ވަނީ އިތުރު ވަގުތުގައި ހިލޭ ޖެހުމެއް ގޯލަށް ވައްދާލައި، ކްރޫޒް އަޒުލް އަތުން އިންޓަ މިއާމީ މޮޅުކޮށްދީފަ އެވެ.

އެޓަލަންޓާ ޔުނައިޓެޑާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅޭ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި މާޓީނޯ ބުނީ ހުކުރު ދުވަހުގެރޭ ބަދަލަކަށް އަރައި، އަޒުލްއާ ދެކޮޅަށް މެސީ އާއި ސާޖިއޯ ބުސްކެޓްސް ދެއްކި ކުޅުމަށް ބަލާއިރު، ދެ ކުޅުންތެރިންނަށް ވެސް ފުރަތަމަ އެގާރައިގައި ކުޅެވިދާނެ ކަމަށެވެ.

"ޔަގީނުން ވެސް އެ ދެ މީހުން، ލިއޯ (މެސީ) އާއި ބުސީ (ބުސްކެޓްސް) ސާބިތުކޮށްދީފި، ގިނަ މިނިޓް އެ މީހުން ލައްވައި ކުޅުވަންޖެހޭނެކަން، އަހަންނަށް ފެންނަ މަންޒަރުތަކަށް ބަލާއިރު، ޓްރެއިނިންނާއި އެހެނިގެން ކަންކަން ވެސް ދަނީ ރަނގަޅަށް، މެސީ ވެސް އެ ހުރީ 11 ގައި ބޭނުންކުރެވޭހާ ފިޓްކޮށް،" ކުރިން އާޖެންޓީނާ އާއި ބާސެލޯނާ އަށް ކޯޗުކޮށްދިން މާޓީނޯ ބުންޏެވެ.

އެޓަލަންޓާ ޔުނައިޓެޑް އަތުން އިންޓަ މިއާމީ މޮޅުވެއްޖެނަމަ، އެ ޓީމަށް ނޮކައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ. އެމެރިކާގެ ލީގު ކަޕުގައި ވާދަކުރަނީ އެ ގައުމުގެ ލީގު ސިސްޓަމް ކްލަބްތަކާއި މެކްސިކޯގެ ކްލަބްތަކެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox