ވެރިކަން ކުރަން ރައީސް ސޯލިހު މާ މުސްކުޅި! ގާސިމް ބަރާބަރު؟

ވެރިކަން ކުރަން ރައީސް ސޯލިހު މާ މުސްކުޅި! ގާސިމް ބަރާބަރު؟

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ، އުމުރުފުޅުން 61 އަހަރުގެ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ، އެ މަނިކުފާނުގެ ކުރީގެ މިތުރު ހަގީ ފަސް އަހަރެވެ. އެހެންނާ ނަޝީދުގެ މިހާރު އުމުރުފުޅަކީ 56 އަހަރެވެ.

އާދީއްތަ ދުވަހުގެ ރޭ ދި ޑިމޮކްރެޓް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ނަޝީދު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ވެސް އުމުރުފުޅުން 50 އަހަރަށްވުރެ މަތިވެފައިވާތީ މިހާރު މުސްކުޅިފުޅުވެއްޖެ ކަމަށެވެ. އެކަމަކު ސިއްހީ މައްސަލަތަކެއް ނެތްކަން ތަކުރާރުކޮށް ހަމްދުކުރެއްވުމާއެކު ފާހަގަކުރެއްްވި އެވެ. ދެން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ހަނދުމަފުޅުކޮށް ދެއްވީ އެ މަނިކުފާނު ވެސް މުސްކުޅިފުޅުވެއްޖެކަމެވެ. ވެރިކަމުގެ އައު ހިޔާލުތައް އަންނާނީ 50 އަހަރު ނުފުރޭ، 'ޒުވާން' ބޭފުޅުންނަށްކަމަށް ޖޯޝުގައި ވިދާޅުވި އެވެ. މިހާރުގެ ލީޑަޝިޕަށް ވީ ވަރެއް ވަނީ 'ޑިލޭ ސްޕްރޭ ޖަހައިގެން' ކަމަށް މާ ދުރުގައި ތިބި ބަޔަކާ ހަވާލާ ދެއްވައި ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ ފުރަތަމަ ފަހަރަށް އަޑުއަހާ މީހަކަށް ފެންނާނީ އެމަނިކުފާނުގެ ހިތްތިރި ކަމެވެ. ވެރިކަމުގެ އެދުމެއް ނެތްކަމާއި ޒުވާނުންނާ ގައުމު ހަވާލުކުރެއްވުމުގައި ހުރި އިހުލާސްތެރި ރޫހެވެ. އެއީ ފުރަތަމަ ފަހަރަށް އަޑުއެހީމާ ހީވާނޭ ގޮތެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލީ މީގެ ހަތަރު ފަސް މަހެއްހައި ދުވަސް ކުރިންނެވެ. އޭރުވެސް ރައީސް ނަޝީދުގެ އުމުރުފުޅުން 56 އަހަރު ވެއްޖެ އެވެ. އެ މަނިކުފާނުގެ ބަހުންނަމަ މުސްކުޅިފުޅު ވެއްޖެ އެވެ. އެކަމަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަންވީމާ އެއީ ވެރިކަމަށް އެއްވަނަ މަރުކާ އެވެ. ތެދެކެވެ. ނަޝީދުގެ ހަލުވި ހިންގެވުމާއި އަވަސް ހަރަކާތްތަކުން ޒުވާންކަން މެނުވީ ފާޅުނުވާކަމަށް، އެކަކަށް އަޅުގަނޑު ހަމަގައިމުވެސް ބުނާނަމެވެ.

ރިޔާސީ ޕްރައިމަރީ ނަޝީދަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ރައީސް ސޯލިހުގެ މައްޗަށް ކުރި ނުހޯއްދެވި، ބަލިވެވަޑައިގަތުމުން ނަޝީދު ދެން ނިންމެވީ ޕާޓީ ތެރޭގައި ރަސްމީކޮށް ވަކި ހަރަކާތެއް ފައްޓަވާށެވެ. އެ ހަރަކާތް ފުޅާވެ، ޕާޓީއަކަށް ބަދަލުކުރައްވައި، ދެން މަސައްކަތް ކުރެއްވީ 'އީބޫ ނޫންގޮތެއް' ހޯއްދެވުމަށެވެ.

ނަޝީދުގެ ވިސްނުންފުޅު އާދީއްތަ ދުވަހުގެ ރޭ އެ ވިދާޅުވެ ދެއްވީ އެވެ. ވެރިކަމަށް އަންނަންވާނީ ޒުވާނެކެވެ. އުމުރުން ފަންސާސް އަހަރު ނުވާ، ތާޒާ ހިޔާލުތަކުގެ ވެރިއެކެވެ. ޅަދޮނޅު، ހަރަކާތްތެރި، އަދި 'ޑިލޭ ސްޕްރޭ' ބޭނުން ކުރަން ނުޖެހޭނޭ ބޭފުޅެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލިކުރައްވަން، މި ހުރިހާ ޝަރުތެއް ފުރިހަމަވާކަމަށް ނަޝީދަށް ފެނިވަޑައިގެންނެވި ކެންޑިޑޭޓަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހީމް އެވެ. ގާސިމް އަމިއްލަފުޅު ނަފްސަށް ރައްދު ނުކުރައްވާނޭ ކިތަންމެ ތައުރީފަކާއި ސަނާއެއް ނަޝީދުގެ ފަރާތްޕުޅުން ގާސިމަށް ބަރުތީލަކުރި އެވެ. ވެރިކަން ހައްގީ ގާސިމް އިބްރާހީމަށް ކަމަށް ވިދާޅުވި އެވެ.

އެ ހިފެހެއްޓުމެއް ނެތް ތައުރީފުތަކާއެކު ނަޝީދު ގާސިމަށް ހުށަހެޅުއްވީ، ވެރިކަމަށް އިންތިހާބު ވުމާއެކު، ގާސިމަކީ ވެރިކަމުގެ ބާރު ނެތް ރައީސަކަށްވެވަޑައިގަތުމަށްފަހު، ވެރިކަން ހިންގަން ބޮޑުވަޒީރަކު އިންތިހާބު ކުރުމަށެވެ. އެކަން ކުރާނޭ ގޮތުގެ އިޖުރާއީ ތަރުތީބުތައް ބަޔާންކުރާ ނިކަން ދިގު ކަރުދާހެއްވެސް ގާސިމަށް ފޮނުއްވި އެވެ. އެ ކަރުދާހުގައި އޮތްގޮތުން، ނިޒާމީ ވޯޓަކަށް ގޮސް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭނީ ގާސިމް ވެރިކަމުގެ ހުވާކުރެއްވުމުގެ ވެސް ކުރިންނެވެ.

ނަޝީދު ހައްދަވަން އުޅުއްވި ހިންތައަކީ ކޮބައިކަން، އަމިއްލަ މަސައްކަތުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނަށް ވެވަޑައިގެންނެވި، އަދި އެންމެ ފުޅާ ދާއިރާއެއްގައި ބޮޑެތި ވިޔަފާރިތައް ހިންގަވާ ގާސިމަށް ސާފުވެވަޑައިގަތެވެ. ގާސިމް ވިދާޅުވީ ނަޝީދު ބޭނުންފުޅުވަނީ ގާސިމަކީ ޕަޕެޓެއްގެ ގޮތުގައި ހުންނަވައި، ނަޝީދު ވެރިކަން ހިންގާ ގޮތަށް ކަންކަން އަނބުރާލުމަށް ކަމަށެވެ. ވަރަށް ކޯފާވެ ނަޝީދަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑަށް އިނގޭ ރައީސް ނަޝީދު އެ ދައްކަވަނީ ކޮން ވާހަކައެއްކަން. އަޅުގަނޑު ދަންނަން ރައީސް ނަޝީދު ވަރަށް ފުރިހަމައަށް. އެބޭފުޅާއަކަށް [ނަޝީދަށް] ކަމަކުނުދާނެ އެބޭފުޅާ ނޫން އެހެން މީހަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް. އެހެން މީހަކަށް އެ ފުރުސަތު ދީގެން އެބޭފުޅާއަކަށް ކެތެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމާއެކު ނަޝީދަށް ކޯލިޝަން ހެއްދެވޭ ގޮތެއް ނުވި އެވެ. އެކަމަކު ނަޝީދު އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. އަދިވެސް އެބަ ކުރައްވަ އެވެ. އެކަމަކު ގާސިމްގެ އުމުރުފުޅަކީ ސާޅީހެއް ނޫނެވެ. އެއީ ވީހުގެ އަހަރުތައް ގުނަމުންދާ ބޭފުޅެއްވެސް ނޫނެވެ. އެކަމަކު ނަޝީދުގެ ހުށަހެޅުންތަކަށް އާނބަސް ވިދާޅުވާނަމަ، ގައުމުގެ ވެރިކަމަށް ގެންނަން ނަޝީދު ކަނޑައެޅުއްވި ޝަރުތުތަކުގެ އޮޅިގަނޑު ގިރާކުރެވެ އެވެ.

މީގެ ހަތަރު މަސް ދުވަސް ކުރިން ދުނިޔެވީ ގާނޫނުތައް ނިޔާކޮށްފައި އޮތްގޮތުން އުމުރުން ފަންސާސް ފުރުމުން އެމީހާ ވަނީ ދުނިޔޭގެ ތަޖުރިބާތައް ލިބިހުރި ހަރު މީހަކަށެވެ. އެހާރުން ދެން އެވީ އެމީހަކު ކުޅަ ތަޖުރިބާގެ އަލީގައި ގައުމަށް ހިދުމަތް ކޮށްދިނުމައިގެން އުޅޭށެވެ. އުމުރުން ފަންސާސް ފުރުނު ފަހުން ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ އެހެންވެ އެވެ. ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެންނަވަން މަސައްކަތް ކުރެއްވީ ވެސް އެހެންވެ އެވެ. ކޯލިޝަން ހެއްދެވުމަށް މަސައްކަތް ކުރައްވާ އެހެން ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ފަންސާސް ގިނާ ކުރައްވައިފަ އެވެ.

އެކަމަކު، މިހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް ބަދަލު އައިސްފި އެވެ. ފަހުގެ އިސްލާހު ބުނާ ގޮތުން ވެރިކަން ކުރަންވާނީ އުމުރުން ފަންސާސް ނުފުރޭ މީހުންނެވެ. އައު ހިޔާލުތައް އަންނާނީ ފަންސާސް ފުރުމާ ހަމައަށެވެ. ފަންސާސް ފުރޭ ދުވަހު އެ ދޮރު ބަންދުވާނެ އެވެ. މިއީ މިވަގުތަށް އޮތް ގޮތެވެ. ފެނިވަޑައިގަންނަވާ ލާއިގު ވަގުތެއްގައި މިގާނޫނަށް އިތުރު އިސްލާހެއް ނާންނާނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

Newsletter

Get the latest news delivered straight to your inbox