ރައީސްގެ ސިއްހަތަށް ނަޝީދު ފާޑުވިދާޅުވީ ވިއްކޭނެ އެއްޗެއް ނެތުމުން، ގޮތް ހުސްވެގެން: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނަޝީދު އުޅެނީ ސިޔާސީ ގޮތުން ވިއްކާނެ އެއްޗެއް ނެތިގެން ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ނަޝީދު އުޅެނީ ސިޔާސީ ގޮތުން ވިއްކާނެ އެއްޗެއް ނެތިގެން ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރޭ ޑިމޮކްރެޓްސް ގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވީ ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތުމުން ގޮތް ހުސްވެގެން ކަމަށް ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން މި ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސޯލިހުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާއި ނަޝީދު އުޅުއްވަނީ ސިޔާސީ ގޮތުން ވިއްކާނެ އެއްޗެއް ނެތިގެން ކަމަށެވެ.

"އެ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ރައްޔިތުންނަށް ވިއްކާނެ އެއްޗެއް ނެތުމުން، އެއް ގޮތެއް ނުވިއްޔާ އަނެއް ގޮތަކުން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް،" ރައީސްގެ ހިތުގެ އާލާސްކަންފުޅެއް ހުންނަ ކަމަށް ތުހުމަތު ކުރައްވާ ނަޝީދު ރޭ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

އޭގެ އިތުރުން، ނަޝީދު ރޭ މަލާމާތުގެ ރާގަށް ދެއްކެވި ވާހަކަތައްފަދަ އެތައް ވާހަކައެއް ރިޔާސީ އިންތިހާބާ ދެމެދު މިއޮތް ދުވަސްކޮޅުގައި އަދިވެސް އިވޭނެ ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ ހަގީގަތް ގަބޫލު ނުކުރެވުނީމާ ދެކެވޭ ވާހަކަތައް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އުމުރުފުޅުން 61 އަހަރުގެ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ، އެ މަނިކުފާނުގެ ކުރީގެ މިތުރު ހަގީ ފަސް އަހަރެވެ. ނަޝީދުގެ މިހާރު އުމުރުފުޅަކީ 56 އަހަރެވެ.

އުމުރާ ގުޅުވައި ނަޝީދު ފާޑުވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 71 އަހަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުއްވައިފައިވާ، ކުރީގެ ރައީސް ޔާމީނުގެ އުމުރުފުޅަކީ 64 އަހަރުފުޅެވެ.

ޒުވާން ޖީލަކަށް ވެރިކަން ހަވާލުކުރަން ތާއިދު ކުރައްވާ މޭރުމުން މިރޭ ނަޝީދު ވާހަކަ ދެއްކެވި ނަމަވެސް ޖެނުވަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހާ ވާދަ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox