އިލްޔާސް ވިދާޅުވީ މީހެއްގެ މީހަކަށް ނުވާނެ ކަމަށް!

 ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ހަމައެކަނި ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް، އަދަދުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ހަމައެކަނި ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް، އަދަދުގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޑިމޮކްރެޓްސްގެ އުފެއްދުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާ ހޯއްދެވިޔަސް އަމިއްލަ ބާރުގައި ކަންކަން ނިންމެވުމުގެ ފުރިހަމަ އިހުތިޔާރު އެބައޮތް ކަމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ކެންޑިޑޭޓެއްގެ ގޮތުގައި ސަޕޯޓަރުންނަށް ތައާރަފުވުމަށް ރޭ ބޭއްވި ހަރަކާތުގައި ސަޕޯޓަރަކު ކުރި ސުވާލެއްގެ ޖަވާބުގައި އިލްޔާސް ވިދާޅުވީ އޭނާގެ "ސިޔާސީ މުދައްރިސު" ނަޝީދުގެ "މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ.

"އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމްގައި އެއީ ނަޝީދުގެ ނުފޫޒު އިލްޔާސްގެ މައްޗަށް އޮތުންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު ކަންކަން ނިންމެވުމުގައި ފުރިހަމަ ބާރާއި އިހުތިޔާރު އޮންނާނެ ކަމަށެވެ.

Advertisement

"[ވަކި މީހެއްގެ މީހެއް ގޮތުގައި] ނުފެންނާނެ. އަޅުގަނޑު ފެންނާނީ ޑިމޮކްރެޓުން ތަމްސީލްކުރާ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި، ޕާޓީގެ އަސާސްތަކާއި ހަމަތަކާއި ގަބޫލުކުރުންތައް ހިފަހައްޓާ މީހެއްގެ ގޮތުގައި އަޅުގަނޑު ފެންނާނީ،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރައްވާ އިލްޔާސް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ނަޝީދާއި އިލްޔާސް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ނަޝީދާއި އިލްޔާސް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ނަޝީދާއި އިލްޔާސް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، މަޖިލީހުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުންނާއި، ސިޔާސީ ހަރަކާތްތެރިއެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތްތައް ވެސް ކުރަނީ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ދޮށީ އުމުރުގެ ބޭފުޅުންގެ ހިޔާލު ހޯއްދަވާނަން، ހޯދަން ޖެހޭ، ގައުމު ބިނާ ކުރުމުގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭ،" އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކަން ކުރައްވާނެ ގޮތް ވިދާޅުވެ ދެއްވަމުން އިލްޔާން ފާހަގަ ކުރެއްވެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ހިޔާލު ހޯއްދަވަނީ ވެސް އެ ގޮތުގެ މަތިންނެވެ.

"ޕާޓީގެ ލަފައާއި އިރުޝާދު ހޯދާނަން، އަޅުގަނޑު މަގުން ކައްސާލާނަމަ ޕާޓީއަށް އިރުޝާދު ދެވޭނެ، ޕާޓީގައި މި ވަގުތު އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ރައީސް މުހައްމަދު ނަޝީދު،" އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ސަރުކާރާ ދެކޮޅަށް ޕާޓީގެ ތެރޭގައި މަސައްކަތްތަކެއް ކުރުމަށް ފަހުގަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އިންތިހާބުގައި ރައީސް ސޯލިހު ބަލިވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox