މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވެ، ގައުމީ ޓީމު ސުޒޭނާ ހަވާލުކުރަނީ

ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން ސުޒޭން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން ސުޒޭން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް އަންނަ މަހުގެ ނިޔަލަށް ހަމަވުމާ އެކު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އަލީ ސުޒޭންއާ ހަވާލުކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސުޒޭން ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތްކުރި ދެ ކޯޗުން ކަމަށްވާ މާޓިން ކޫޕްމަން އާއި މޮރިއޭރޯގެ އެސިސްޓަންޓް އަކަށް މަސައްކަތްކޮށްފަ އެވެ. ކޫޕްމަން ވަކިކުރުމުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލައިފަ އެވެ.

މޮރިއޭރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅުގަ އެވެ. އޭގެ ފަހުން، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް އަކަށެވެ.

އެފްއޭއެމް އިން ހަމަޖެއްސި އާ ޓެކްނިކަލް ޑިރެކްޓަރު، އިނގިރޭސި ތަޖުރިބާކާރު، ޕޯލް ސްމޯލީ ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ 16 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުންގެ ޓީމު ދެމި އޮންނާނެ ކަމަށެވެ. އެކަމަކު، ގައުމީ ކޯޗު މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، ދެން އާ ކޯޗެއް ގެނައުމުގެ ބަދަލުގައި ޓީމާ ހަވާލުވާން މި ވަގުތު ކަނޑައެޅީ ދާދި ފަހުން ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު ސުޒޭން ކަމަށެވެ.

ޖަޕާން ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ވ) އާއި ސުޒޭން ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މި ވަގުތު އޮތް ވިސްނުމަކީ މިހާރު ވެސް އެ އޮތް އަންޑަ 16 މިހާރު އޮތް ޓީމު މަސައްކަތް ކުރާނެ، އަންޑަ 19 ގައި ވެސް މިހާރު އޮތް ޓީމު ކުރާނެ. އަންޑަ 23 ޓީމާއި ސީނިއާ ޓީމު ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ މިހާރުގެ ކޯޗުގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް، އެ އަށް ފަހު، އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކުރުން، އެ ހިސާބުން، ގައުމީ ޓީމާ ހަވާލުވެގެންދާނީ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން،" ބައްސާމް ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެން ބޭރު މީހަކު އައްޔަނުކުރަން ބޭނުންނުވަނީ، މުބާރާތްތައް ނޫނީ ކޮލިފިކޭޝަން ފަށަން ވާއިރަށް އާ ކޯޗަކު އައިސްގެން ކުޅުންތެރިން ދަސްކޮށް، މެޗުތަކަށް އައިސް ޓީމުތައް ދަސްކޮށް ހުރިހާ ކަމެއް ކުރަންވެއްޖިއްޔާ ވަގުތެއް ނެތް ކަންނޭނގެ، ބަދަލުތައް ގެންނާނީ އިރާދަކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން، މިހާރު ހުރިހާ ކަމެއް ޕޯލް (ސްމޯލީ) އެ ދަނީ މޮނިޓާކުރަމުން،"

ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް މި އަހަރު އޮތީ އޮކްޓޫބަރު މަހު ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިން އެވެ. އޭގެ ކުރިން، ސެޕްޓެމްބަރު މަހު ކުރީކޮޅު ޗައިނާގައި 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ޒުވާން ޓީމު ކުޅޭނެ އެވެ. ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމުގެ ކަންކަން ދެން ކުރިއަށްގެންދާނީ ކޯޗު ސުޒޭން އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު ސުޒޭން ވަނީ މީގެ ކުރިން ވެސް 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކޮށްފަ އެވެ. އެ ގޮތުން ސުޒޭން ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމަށް 2007 ގައި ކޯޗުކޮށްދީފަ އެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި އިންޑޮނީޝިއާއާ ކުޅެ ފުރަތަމަ މެޗުން 1-0 އިން ބަލިވެ ދެ ވަނަ މެޗު 0-0 އިން އެއްވަރުވީ އެވެ. އެގްރިގޭޓުން ކުރި ހޯދީ އިންޑޮނީޝިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox