ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ސުޒޭން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ސުޒޭން ވަނީ އެންމެ ފަހުން ހުރި ގައުމީ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންއާ އެކު މިދިޔަ ޖޫން މަހު ކުރިއަށްދިޔަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މަސައްކަތްކޮށްފަ އެވެ. އެ މުބާރާތަށް ފަހު ބޭއްވި ކޫޕްމަން އާއި އެފްއޭއެމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ވަނީ ކޫޕްމަން ގައުމީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައިފަ އެެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އޮކްޓޫބަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ގޮތުގައި ހުސް ދިވެހިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެއީ އެހާ ކުރު މުއްދަތެއްގައި ބިދޭސީ ކޯޗެއް ގެނެސްގެން އާ ކަންތައްތަކެއް ޓެސްޓްކުރުމުގެ ބަދަލުގައި އަމިއްލަ ފަސްގަނޑުގައި ސާފް ޗެމްޕިއަންޝިޕް ކުޅޭއިރު ދިވެހި ކޯޗަކާ އެކު ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ.

ސުޒޭން ހެޑް ކޯޗަކަށް ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ.3) އާއި ގައުމީ ޓީމުގެ އާ ކޯޗިން ސްޓާފުންގެ ޓީމު.

ތިން އަހަރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އިންމަ ވަނީ 2017 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލުން މާޒިޔާއާ ހަވާލުވެފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރިއިރު، އިންމަ ވަނީ ދެ ފަހަރެއްގެ މަތިން ހެޑް ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ. ސުޒޭން ހަވާލުވުމުގެ ކުރިން އިންމަ އަކީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި ދިވެހި ކޯޗެވެ. އިންމަ މިދިޔަ ދެ ސީޒަނުގައި ކޯޗުކޮށްދިނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ.

އިންމަ ގައުމީ ޓީމަށް އިރުޝާދުދިނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗާއި 2016 އަހަރު ޖޫން މަހު ޔަމަނާ ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުގަ އެވެ. އިމްރާނަކީ 2008 ވަނަ އަހަރު ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ ގޯލްކީޕަރެވެ. އަދި ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދެ ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، ޓީމުގެ ގޯލްކީޕަރު ކޯޗަކަށް ހުރީ އަސްލަމް އެވެ.

މި މަހުގެ 10 ވަނަ ދުވަހު ސުޒޭން ވަނީ ގައުމީ 23 އަހަރުން ދަށުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އާންމު ގޮތެއްގައި 23 އަހަރުން ދަށުގެ ޓީމުގައި މަސައްކަތް ކުރަނީ ސީނިއާ ޓީމުގެ ހެޑް ކޯޗެވެ.

މި ވަގުތު އެކްޓިވްކޮށް މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ ތެރެއިން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު ސުޒޭން ވަނީ މީގެ ކުރިން ވެސް 23 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކޮށްފަ އެވެ. އެ ގޮތުން ސުޒޭން ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމަށް 2007 ގައި ކޯޗުކޮށްދީފަ އެވެ. އެ ފަހަރު ޕްރިލިމިނަރީ ބުރުގައި އިންޑޮނީޝިއާއާ ކުޅެ ފުރަތަމަ މެޗުން 1-0 އިން ބަލިވެ ދެ ވަނަ މެޗު 0-0 އިން އެއްވަރުވީ އެވެ. އެގްރިގޭޓުން ކުރި ހޯދީ އިންޑޮނީޝިއާ އެވެ.

ސުޒޭން ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ކޯޗެއްގެ ގޮތުގައި 11 ތަށި އުފުލާލައިފަ އެވެ. އޭނާ ކޯޗިންގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ވިކްޓްރީ އާއި މާޒިޔާގަ އެވެ. ދެން އޭނާ ވަނީ ދާދި ފަހުން ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ތިނަދޫ ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.

މިހާރު ތާވަލުކޮށްފައި އޮތްގޮތުން ސާފް ޗެމްޕިއަންޝިޕް އޮތީ އޮކްޓޫބަރު މަހު 1-15 އަށް މާލޭގަ އެވެ. އަދި 23 އަހަރުން ދަަށުގެ ޓީމު ކުޅެން ޖެހޭ އޭޝިއަން ކަޕް ކޮލިފައިން އޮތީ އޮކްޓޫބަރު މަހު 23-31 އަށެވެ. ރާއްޖެ އޮތީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ޕީއެސްއެމް އެކްސްލޫސިވް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އޭއެފްސީ ކަޕްގައި ނުކުޅޭ ކުޅުންތެރިންނާ އެކު ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިންނާއި 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ޕްރެކްޓިސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭއެފްސީ ކަޕްގެ މެޗުތަކަށް ފަހު ގައުމީ ޓީމު 30 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ފުރިހަމަ ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"ސާފް ޗެމްޕިއަންޝިޕަށް 30 ދުވަހުގެ ޓްރެއިނިން ކޭމްޕް ހަތަރު ވަރަކަށް ނޫނީ ފަސް ވަރަކަށް މެޗު ވަރުގަދަ މެޗު ލިބިއްޖެނަމަ ރަނގަޅަށް ހުންނާނީ. (ޓްރެއިނިން ކޭމްޕް ދާން) އަޅުގަނޑުމެންގެ ވިސްނުމަކަށް މި އަންނަނީ ދުބާއީ އެއް ސަރަަހައްދު ނުވަތަ ސައުދީ އަރަބިއްޔާ ނޫނީ ބަހްރެއިން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭން ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވަނީ ގަތަރުގައި މަހަކަށް ވުރެ ގިނަ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ފަހަރު ރާއްޖޭން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިންޑިއާ ބަލިކޮށްފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސުޒޭނާ އެކު ގައުމީ ޓީމު ނުކުންނާނީ ތަށި ދިފާއުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox