ވެރިކަން ލިބިއްޖެ ނަމަ ހުންނަވާނީ ނަޝީދުގެ ފަހަތްޕުޅުގައި ކަމަށް އިލްޔާސް ވިދާޅުވެއްޖެ

ޑިމޮކްރޭޓްސް އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް؛ އިލްޔާސް ވިދާޅުވީ ރައީސް ސޯލިހު އަމަލުކުރެއްވި ގޮތަށް ނަޝީދުއާ މެދު އަމަލުނުކުރާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ޑިމޮކްރޭޓްސް އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް؛ އިލްޔާސް ވިދާޅުވީ ރައީސް ސޯލިހު އަމަލުކުރެއްވި ގޮތަށް ނަޝީދުއާ މެދު އަމަލުނުކުރާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އިލްޔާސް ލަބީބް މިރޭ ވިދާޅުވެއްޖެ އެވެ.

ސަޕޯޓަރުންނާއެކު މިއަދު ޕާޓީ ޖަގަހައިގައި ބޭއްވި ހަރަކާތެއްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އޭނާގެ "ސިޔާސީ މުދައްރިސު" ނަޝީދުގެ "މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ" ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ޓީޗަރަކީ، އަޅުގަނޑުގެ މުދައްރިސަކީ ރައީސް ނަޝީދު. އެބޭފުޅާގެ ފަހަތުގައި އަޅުގަނޑު ކުރިއަށްދަނީ އަދި ދެންވެސް ދާން އޮތީ އެ ބޭފުޅާގެ ފަހަތުގައި. އަޅުގަނޑަށް އެބޭފުޅާގެ މައްޗަށް އެރޭނެ ގޮތެއް ނޯންނާނެ،" ލަބީބް ވިދާޅުވި އެވެ.

Advertisement

އޭގެ އިތުރުން ލަބީބް މިރޭ ވިދާޅުވީ "އަޅުގަނޑުމެންގެ ސިޔާސީ މުފައްކިރަކީ" ރައީސް ނަޝީދު ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަން ކުރައްވާ މިހިސާބަށް ގެންދެވި ބޭފުޅަކީ ރައީސް ނަޝީދޭ. އެއީ އަޅުގަނޑުމެންގެ ސިޔާސީ މުފައްކިރު،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިލްޔާސް ވިދާޅުވީ، ރައީސް ސޯލިހުއާ ނަޝީދާ މެދުގައި އޮތްފަދަ ގާތް ގުޅުމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު އަމަލުކުރެއްވި ފަދައިން ނަޝީދަށް ނަހައްދަވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މިރޭ ޑިމޮކްރޭޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކީ އެޕާޓީގެ ޕްރައިމެރީ ކެނޑިޑޭޓު ދަސްކޮށްލުމަށް ބޭއްވި ހަރަކާތެކެވެ. އެ ބައްދަލުވުމުގައި އާންމު މެމްބަރުންނަށް އިލްޔާސްއާ ސުވާލުކޮށް ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ދިނެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ.

ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މިވަގުތު މާފުށީ ޖަލުގައި ހުންނެވި ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox