އިންޓަ މަޔާމީގައި ފެށުން ރަނގަޅުވުމުން މެސީ އުފަލުން

Jul 23, 2023, 4:21 AM
އިންޓަ މަޔާމީގައި ފެށުން ރަނގަޅުވުމުން މެސީ އުފަލުން

މިއާމީ (ޖުލައި 23) - އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ޖެހި ލަނޑާ އެކު އެމެރިކާގެ ލީގު ކަޕްގައި ކްރޫޒް އަޒުލް އަތުން 2-1 އިން އިންޓަ މަޔާމީ މޮޅުވިއިރު، މިއީ ސީޒަންގައި ކުރިއަށް ދިއުމަށް އެ ޓީމަށް މުހިންމު މޮޅެއް ކަމަށް ލިއޮނަލް މެސީ ބުނެފި އެވެ.

އިންޓަ މިއާމީ އަށް ކުޅުނު ފުރަތަމަ މެޗުގައި ރޭ ކްރޫޒް އަޒުލްއާ ދެކޮޅަށް މެސީ ،36، ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ލީގު ކަޕްގެ މެޗުގައި ދެ ޓީމު 1-1 އިން އެއްވަރުވެފައިވަނިކޮށް، މެސީ ވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭޖެހުމެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައި، އިންޓަ މަޔާމީ މޮޅުކޮށްދީފައެވެ.

"އަހަރަމެން ބޭނުންވީ މި މެޗަށްވަދެ ތިބި ސަޕޯޓަރުންނަށްޓަކައި މި މެޗުން މޮޅުވާން،" އިންޓަ މިއާމީގެ ދަނޑަށް ވަދެތިބި 20،000 ސަޕޯޓަރުންނަށް ނިސްބަތްކޮށް މެސީ ބުންޏެވެ.

"އަހަރަމެންނަށް އެނގޭ މި މި މެޗުން މޮޅުވުން ވަރަށް މުހިންމުކަން. އެހެންވެ މި މެޗުން މޮޅުވީމަ ވަރަށް އުފަލުން މިހުރީ."

އިންޓަ މިއާމީ އޮތީ މޭޖާ ލީގު ސޮކާ (އެމް.އެލް.އެސް)ގެ ތާވަލްގެ ފުލުގަ އެވެ. އެހެންކަމުން، މެސީ އުންމީދުކުރަނީ މި މޮޅާ އެކު، އިންޓަ މިއާމީގެ "ކޮންފިޑެންސް" ރަނގަޅުވެ، ލީގުގެ ނަތީޖާތައް ރަނގަޅުކުރެވޭނެ ކަމަށެވެ.

"މިއީ އެހެން މުބާރާތަކަށްވިޔަސް، ވަރަށް މުހިންމު މޮޅެއް ހޯދުން. މިއީ ޓީމަށް ވެސް ލިބޭނެ އިތުރު ކޮންފިޑަންސްއެއް،" މެސީ ބުންޏެވެ.

މި މެޗުގައި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވެސް އިންޓަ މިއާމީގެ ޓީމަށް ކުޅުނެވެ. ބާސެލޯނާގައި ކުރިން އެއްކޮށް ކުޅުނު މެސީ އާއި ބުސްކެޓްސްގެ "ކޮމްބިނޭޝަންސް"ތައް މި މެޗުގައި ވެސް ފެނުނެވެ.

މެސީ އިންޓަ މިއާމީއާ ގުޅުމަކީ އެމް.އެލް.އެސްގެ ޕްރޮމޯޝަނަށް ވެސް ލިބުނު އިތުރު ކުރިއެރުމެވެ. މެސީގެ ފުރަތަމަ މެޗު ބެލުމަށް އެމެރިކާގެ ގިނަ ސެލެބްރިޓީންތަކެއް ދަނޑަށް ވަނެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅައިގެ ތަރި ލެބްރޯން ޖޭމްސް އާއި ޓެނިހުގެ ތަރި ސެރީނާ ވިލިއަމްސް ހިމެނެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox